Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައި.ވީ.އެފް ފަރުވާ

އައި.ވީ.އެފް ފަރުވާ އަށް 28 އިންސައްތަ މީހުން ޝަރުތު ހަމަ ނުވަނީ ސިނގިރެޓް ބުއިމުގެ ސަބަބުން

63 % މީހުން ޝަރުތު ހަމަނުވަނީ ބީއެމްއައިގެ ސަބަބުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 2 ޖުލައި 2024 | އަންގާރަ 11:31
އާސަންދަ އޮފީސް

އާސަންދަ އޮފީސް

އައި.ވީ.އެފް ފަރުވާ އަށް 28% މީހުން ޝަރުތު ހަމަ ނުވަނީ ސިނގެރެޓް ބުއިމުގެ ސަބަބުން ކަމަށް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ އިން ބުނެފިއެވެ.

"އައި.ވީ.އެފް" ގެ ފަރުވާ އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާ ގުޅޭގޮތުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ އިން އާއްމުކޮށްފައިވާ މައުލޫމާތުތަކުގައި ވަނީ އެކަމާއި ގުޅޭ ތަފްސީލްތައް ވަނީ ހިއްސާކޮށްފައެވެ. އެ މައުލޫމާތުން އެނގޭ ގޮތުން އައި.ވީ.އެފް ފަރުވާއަށް އެދި ފުރަތަމަ ބުރުގައި ހުށަހެޅި 153 މީހުންގެ ތެރެއިން ޝަރުތު ހަމަވީ 37 މީހުންނެވެ.

"އައި.ޔޫ.އައި" އަދި "އައި.ވީ.އެފް"ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމަށްޓަކައި، ހުޅުވާލު ފުރުސަތުގައި ޚިދުމަތަށް އެދިފައިވާ ފަރާތްތްތަކުގެ ތަފްސީލް ވަނީ ހިއްސާކޮށްފައެވެ. އެއީ 15 މޭ 2024 ގެ ނިޔަލަށް ""އައި.ވީ.އެފް" ގެ ފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހަޅާ ފޯމް" މެދުވެރިކޮށް އެހީއަށް އެދި ހުށަހަޅުއްވާފައިވާ ފަރާތްތަކެވެ.

އެ އިދާރާއިން އާއްމުކުރި ހިސާބުތަކުން އެނގޭ ގޮތުން އެންމެ ގިނަ މީހުން ޝަރުތު ހަމަ ނުވަނީ ބީއެމްއައިގެ ސަބަބުންވެެ. ބީއެމްއައި އަކީ އިސްކޮޅާއި އުމުރާއި އަޅާ ބަލާ އިރު ބަރުދަން ހުންނަން ޖެހޭ ނިސްބަތެވެ. 63% މީހުން ޝަރުތު ހަމަނުވަނީ އެ ސަބަބާއި ހުރެއެވެ. ކައިވެނީގެ މުއްދަތު ހަމަ ނުވާތީ 3% މީހުން، އުމުރުގެ ސަބަބުން 9%، ސިނގިރެޓް ބުއިމުގެ ސަބަބުން 28% މީހުން، އައިވީއެފްގެ 3 ސައިކަލް ފުރިހަމަވުމުގެ ސަބަބުން 3% މީހުން އަދި އޭއެމްއެޗް ނުވަތަ އެންޓި މުލެރައިން ހޯމޯންގެ ސަބަބުން 13% މީހުން ޝަރުތު ހަމަނުވާ ކަމަށް އެ އިދާރާއިން ހާމަކުރި މައުލޫމާތުތަކުން އެނގެއެވެ.

ސަރުކާރުން ބުނީ 2024 ވަނަ އަހަރު "އައި.ވީ.އެފް"ގެ ފަރުވާއަށް އެހީ ހަމަޖައްސާދިނުމަށް ހަމަޖެހިފައިވަނީ 100 ދެމަފިރިންނަށް ކަމަށެވެ. 15 މޭ 2024 ގެ ނިޔަލަށް ފޯމު ހުށަހެޅި 153 ފަރާތްތަކުގެ ތެރެއިން އެހީއަށް ޝަރުތު ހަމަވެފައިވާ 37 ފަރާތަށް ކަމަށް ވެސް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއިން ވަނީ ބުނެފައެވެ. މީގެ އިތުރުން ފުރަތަމަ ބުރުގައި އެހީ ހަމަޖެހިފައިވާ ފަރާތްތަކަށް، 30 ޖުލައި 2024 ގެ ކުރިން ފަރުވާ ކުރިއަށްގެންދާނެގޮތުގެ ޕްލޭން ހިއްސާކުރުމާގުޅޭގޮތުން އެ އެޖެންސީން އެފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދޭނެކަމަށް ވެސް އެ އެޖެންސީން ވަނީ ބުނެފައެވެ.

އެ އިދާރާ އިން ބުނީ 15 މޭ 2024 ގެ ނިޔަލަށް ލިޔެކިޔުން ހަމަކޮށް ހުށަހަޅާފައިނުވާ ފަރާތްތަކާއި، އަލަށް އެހީއަށްއެދި ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކަށް 31 ޖުލައި 2024 ގެ 14:00 ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެކަމަށް އެދޭ ފަރާތްތަކުން ފޯމާއި، ލިޔެކިޔުން ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށްދެވިފައިވާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. މިއެހީއަށް ޝަރުތުހަމަނުވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ހާލަތުބަދަލުވެފައިވާ ފަރާތްތަކަށްވެސް، 31 ޖުލައި 2024 ގެ 14:00 ނިޔަލަށް އެހީއަށް އެދި އަލުން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މީގެ އިތުރުން މިހާރު އާއްމުކޮށްފައިވާ ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 10 ޖުލައި 2024 ގެ 14:00 ގެ ކުރިން complaints@nspa.gov.mv އަށް އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމަށް ވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ. 10 ޖުލައި 2024 ގެ ނިޔަލަށް ޝަކުވާ ހުށަހަޅުއްވާ ފަރާތްތަކުގެ ޝަކުވާތަކަށް ބެލުމަށް ފަހުގަ މިހާރު ޝާއިޢު ކުރެވިފައިވާ ލިސްޓަށް ބަދަލު ގެންނަންޖެހޭކަމުގައިވާނަމަ، މުރާޖަޢާ ކުރެވިފައިވާ ލިސްޓު 15 ޖުލައި 2024 ގައި ޝާއިޢުކުރާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

އެ އިދާރާއިން ވަނީ މިކަމާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް އެދިލައްވާނަމަ ނުވަތަ ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާ ނަމަ، އެ އެޖެންސީގެ ހޮޓްލައިން 1402 އަށް ގުޅުއްވުމަށް ނުވަތަ info@nspa.gov.mv އަށް އީމެއިލް ކުރެއްވުމަށް އެދިފައެވެ.

އާސަންދައައިވީއެފް

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
16 އެޕްރީލު 2025

ބޭހުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ރައީސް މުއިއްޒު ދެއްވި ތާރީހު ފަހަނައަޅައި ގޮސްފި

16 އެޕްރީލު 2025
ބޭހުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ރައީސް މުއިއްޒު ދެއްވި ތާރީހު ފަހަނައަޅައި ގޮސްފި
26 ޖެނުއަރީ 2025

އާސަންދަ ކުންފުނީގެ އޮނިގަނޑަށް ގެންނަ ބަދަލާ އެކު މުވައްޒަފުންގެ މެދުގައި ނުތަނަވަސް ކަމާއި ކަންބޮޑުވުން

26 ޖެނުއަރީ 2025
އާސަންދަ ކުންފުނީގެ އޮނިގަނޑަށް ގެންނަ ބަދަލާ އެކު މުވައްޒަފުންގެ މެދުގައި ނުތަނަވަސް ކަމާއި ކަންބޮޑުވުން
13 ޑިސެމްބަރު 2024

ކަލާފާނު ސްކޫލުން ދަރިވަރެއްގެ ބޭސް ފަރުވާ އަށް އެހީ ހޯދަނީ

13 ޑިސެމްބަރު 2024
ކަލާފާނު ސްކޫލުން ދަރިވަރެއްގެ ބޭސް ފަރުވާ އަށް އެހީ ހޯދަނީ
18 ނޮވެމްބަރު 2024

އާސަންދަ ރިފޯމްކުރުމާއި މެދު ނާޒިމް އާއި ސަރުކާރުގެ ޚިޔާލު ތަފާތު

18 ނޮވެމްބަރު 2024
އާސަންދަ ރިފޯމްކުރުމާއި މެދު ނާޒިމް އާއި ސަރުކާރުގެ ޚިޔާލު ތަފާތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު