Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕީއެސްޖީ

ކުރިމަގާ ގުޅޭ ގޮތުން ކުރާ ސުވާލުތަކަށް އެމްބާޕޭގެ ސާފު ޖަވާބެއް

ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 މެއި 2023 | ހޯމަ 05:24
ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ކެޕްޓަން އެމްބާޕޭ

ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ކެޕްޓަން އެމްބާޕޭ

މުސްތަޤުބަލާ ގުޅޭ ގޮތުން ކުރެވެމުން އަންނަ ސުވާލުތަކަށް ކީލިއަން އެމްބާޕޭ ސާފު ޖަވާބެއް ދީފި އެވެ.

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ އުމުރުން 24 އަހަރުގެ ކުޅުންތެރިޔާ ހޯދުމަށް ގިނަ ކުލަބުތަކުން ޝައުޤުވެރިވެ އެވެ. އެގޮތުން މިދިޔަ އަހަރު އޭނާ ހޯދުމަށް ސްޕެއިންގެ ރެއާލް މެޑްރިޑުން މަސައްކަތް ކުރި އެވެ. އެކަން ކާމިޔާބުވުމާ ގާތަށް ގޮސްފައި ވަނިކޮށް، ޕީއެސްޖީގައި މަޑު ކުރުމަށް އެމްބާޕޭ ނިންމި އެވެ. އެއީ ކުލަބުން އޭނާ އަށް ބޮޑެތި ބާރުތަކެއް ވެސް ލިބޭ ގޮތުގެ މަތިންނެވެ. މި ސީޒަނަށްފަހު އެމްބާޕޭ ޕީއެސްޖީ ދޫކޮށްލަފާނެ ކަމުގެ އަޑުތައް އަނެއްކާ ވެސް ގަދަވި އެވެ.

އެކަމާ ގުޅިގެން އެކި މީޑިއާތަކުގައި އެ ވާހަކަ ރިޕޯޓު ކުރަމުން އަންނަނިކޮށް އެމްބާޕޭ ބުނީ، އެހެން ކުލަބަކަށް ބަދަލުވުމަށް އެއްވެސް ކަހަލަ މަޝްވަރާއެއް ކުރިއަށްނުގެންދާ ކަމަށެވެ. އޭނާ ބުނީ ޕީއެސްޖީގައި ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށާއި، މުސްތަޤުބަލަށް ޕީއެސްޖީން އެކުލަވާލަފައިވާ ޕްލޭންގައި އޭނާ އަކީ ބޮޑު ބައިވެރިއެއް ކަމަށެވެ. އެކަން ފާހަގަކޮށް އޭނާ ބުނީ އަންނަ ސީޒަނުގައި ވެސް ފެންނާނީ ޕީއެސްޖީން ކަމަށެވެ. ޕީއެސްޖީގައި މޮޅު ކުޅުމެއް މި ސީޒަނުގައި ވެސް ދައްކާފައިވާ އެމްބާޕޭ ބުނީ، ޕީއެސްޖީ އަށް ކުޅުމުގެ ފުރުސަތު ލިބުމަކީ އޭނާ އަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. އޭނާ ވަނީ ޕީއެސްޖީގެ ރައީސް، ކޯޗިން އޮފިޝަލުން އަދި އެހެނިހެން މުވައްޒަފުންގެ އިތުރުން ކުލަބުގެ އެންމެހައި ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް ވެސް އަދާކޮށްފަ އެވެ.

މޮނާކޯ ދޫކޮށް އެންމެ ފުރަތަމަ އެމްބާޕޭ ޕީއެސްޖީ އަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެއަަށްފަހު އެ ކުލަބާއެކު ދާއިމީ އެއްބަސްވުމެއް އެކުލަވާލީ 2018 ވަނަ އަހަރު އެވެ. އޭގެ ފަހުން 2022 ވަނަ އަހަރު އޭނާ ވަނީ އެ ކުލަބުގެ އެއްބަސްވުން އައުކޮށްފަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރު އެވެ. އެމްބާޕޭ ވަނީ މިހާތަނަށް ޕީއެސްޖީ އަށް ކުޅެދިން 259 މެޗުގައި 211 ލަނޑު ޖަހައިފަ އެވެ. އޭނާ އަކީ ފްރާންސް ލީގުގައި ޕީއެސްޖީ އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. މީގެ އިތުރުން އޭނާ ވަނީ އެ ކުލަބާއެކު 12 ތައްޓެއް ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ފުޓުބޯޅައާ ބެހޭ ގޮތުން ރޮނާލްޑީނިއޯ އާއި ބައްސާމް މަޝްވަރާކުރައްވައިފި

ރާއްޖޭގެ ފުޓުބޯޅައާ ބެހޭ ގޮތުން ރޮނާލްޑީނިއޯ އާއި ބައްސާމް މަޝްވަރާކުރައްވައިފި

25 ޑިސެމްބަރު 2017
ކޮންފެޑެރޭޝަންސް ކަޕަށްފަހު ކުރިމަގާމެދު ގޮތެއް ނިންމާނަން: ސަންޗޭޒް

ކޮންފެޑެރޭޝަންސް ކަޕަށްފަހު ކުރިމަގާމެދު ގޮތެއް ނިންމާނަން: ސަންޗޭޒް

30 ޖޫން 2017
ބޫޓާން މެޗަށް ތައްޔާރުވުމުގެ ގޮތުން ބެންގްކޮކްގައި ގައުމީ ޓީމު ފަރިތަކުރުންތައް ފަށައިފި

ބޫޓާން މެޗަށް ތައްޔާރުވުމުގެ ގޮތުން ބެންގްކޮކްގައި ގައުމީ ޓީމު ފަރިތަކުރުންތައް ފަށައިފި

08 ޖޫން 2017
ގަތަރުން ހުޅުމާލޭގައި އަޅައިދޭން ބުނި ސްޓޭޑިއަމްއާ ބެހޭގޮތުން ވަކި އެއްޗެއް ދަންނަވާކަށް ނޭނގޭ: އަނިލް

ގަތަރުން ހުޅުމާލޭގައި އަޅައިދޭން ބުނި ސްޓޭޑިއަމްއާ ބެހޭގޮތުން ވަކި އެއްޗެއް ދަންނަވާކަށް ނޭނގޭ: އަނިލް

06 ޖޫން 2017
އަހަރެންގެ ކުރިމަގާ މެދު ވަނީ ގޮތެއް ނިންމިފައި: ލުކާކޫ

އަހަރެންގެ ކުރިމަގާ މެދު ވަނީ ގޮތެއް ނިންމިފައި: ލުކާކޫ

06 ޖޫން 2017

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު