Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ބިންހިއްކުން

އައްޑޫ ބިންހިއްކުން: ނެދަލޭންޑްސްގެ ވެން އޫޑް ޑްރެޖަރ އައްޑޫ ސިޓީއަށް ބަނދަރުކޮށްފި

28 މެއި 2023 | އާދީއްތަ 12:34

މިމަޝްރޫއުގެ ދަށުން 194.3 ހެކްޓަރުގެ ބިން ހިއްކާނެ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 28 މެއި 2023 | އާދީއްތަ 12:34
އައްޑޫ ބިން ހިއްކުމަށް ބޭނުންކުރާ ނެދަލޭންޑްސްގެ ވެން އޫޑްގެ ޑްރެޖަރ އައްޑޫސިޓީގައި ބަނދަރުކޮށްފައި

އައްޑޫ ބިން ހިއްކުމަށް ބޭނުންކުރާ ނެދަލޭންޑްސްގެ ވެން އޫޑްގެ ޑްރެޖަރ އައްޑޫސިޓީގައި ބަނދަރުކޮށްފައި

އައްޑޫ ސިޓީގައި ކުރިއަށްދާ އެންމެ ބިޔަ ބޮޑު މަޝްރޫއު ކަމަށްވާ، ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެއްޓުމުގެ ގޮތުން ނެދަލޭންޑްސްގެ ވެން އޫޑް ޑްރެޖިންގެ، ޑްރެޖަރ އައްޑޫ ސިޓީގައި ބަނދަރުކޮށްފިއެވެ.

މިކަމާއި ގުޅިގެން އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ރާއްޖެއެމްވީއާއި ވާހަކަދައްކަވަމުން ވިދާޅުވީ މިއީ އައްޑޫ ސިޓީގެ ރައްޔިތުންގެ ވަރަށް ބޮޑު ހުވަފެނެއް ކަމަށާއި، މާދަމާ ހެނދުނު ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ޓެސްޓަށް ވެލި އަޅަން ފައްޓާނެ ކަމަށެވެ.

Advertisement - newsAdvertisement

މި މަސައްކަތަށް ހޭދަވާނީ ގިނަވެގެން 2 މަސް ދުވަސް ކަމަށާއި، ޖުލައި މަސް ނިމުމުގެ ކުރިން ބިން ހިއްކައި ނިމޭނެކަމަށް އުންމީދުކުރައްވާކަމަށް ނިޒާރު ވިދާޅުވިއެވެ. މި މަސައްކަތް ނިމުމުން މަރަދޫ އަދި މަރަދޫފޭދޫގެ ރަށްގިރުމުގެ މައްސަލަ ހައްލުވާނެކަމަށް ނިޒާރު ވިދާޅުވިއެވެ.

އައްޑޫން ބިން ހިއްކަނީ ރިސޯޓު ތަރައްގީ ކުރުމަށާއި ގެދޮރުގެ މަޝްރޫތައް ހިންގުމުގެ އިތުރުން ވިޔަފާރި ބޭނުންތަކަށް ހާއްސަކޮށްގެން ކަމަށާއި ބިން ހިއްކަނީ ހިތަދޫ އާއި ހުޅުދޫ/މީދޫގެ އިތުރުން މަރަދޫ އާއި މަރަދޫފޭދޫން ކަމަށް ނިޒާރު ވިދާޅުވިއެވެ. އަދި ރިސޯޓު ހިންގަން މުޅިން އަލަށް ފަސް ރަށެއް އުފެއްދުމަށް ނިންމައިފައިވާއިރު ޖުމްލަ މިމަޝްރޫއުގެ ދަށުން 194.3 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ.

އައްޑޫ ސިޓީން ބިން ހިއްކުމަށް ރޭވިފައިވާ ގޮތް:

* ހިތަދޫން 90 ހެކްޓަރުގެ ބިން

* މަރަދޫ / މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކުން

* ހުޅުދޫމީދޫން 3 ހެކްޓަރުގެ ބިން

* ހުޅުމީދޫ ކައިރީގައި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ދެ ރަށް ހިއްކުން

* ޓޫރިޒަމަށް ހާއްސަކޮށްގެން 3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކުން

މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއަކަށްވާއިރު، މިމަޝްރޫއުއަށް 70-75 މިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށް ލަފާކުރެވެއެވެ. އަދި އައްޑޫ ބިން ހިއްކުމުގެ މަސައްކަތް އަންނަ އޯގަސްޓް އަދި ސެޕްޓެމްބަރު ހިސާބުގައި އެއްކޮށް ނިންމާލެވޭނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ. 

އައްޑޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ވެން އޫޑް ޑްރެޖިން އާއެވެ. އައްޑޫ ބިން ހިއްކުމުގެ މަޝްރޫ އާއި ހިއްކާ ސަރަހައްދު ހިމާޔަތް ކުރުމަށް 1.3 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ނިންމާފައިވާއިރު، މިމަޝްރޫއުގެ މަސައްކަތާއި އެކު އައްޑޫގެ ތަރައްޤީގެ މާސްޓަރ ޕްލޭނަށް ބޭނުންވާ ގިނަ ކަންކަން ފުރިހަމަވެގެންދާނެ އެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

3

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

4

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

5

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
02 ފެބުރުއަރީ 2017

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް