Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެމްޕިއަންޝިޕް ޕްލޭ އޮފް

31 އަހަރަށްފަހު ލޫޓަން ޓައުން، އިނގިރޭސި އެންމެ މަތީ ލީގަށް

28 މެއި 2023 | އާދީއްތަ 11:13

މިއީ ލޫޓަން ޓައުންއަށް ޕްރިމިއަރ ލީގުން ޖާގަ ލިބުނު ފުރަތަމަ ފަހަރު

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 28 މެއި 2023 | އާދީއްތަ 11:13
ޕްލޭ އޮފް ކާމިޔާބު ކުރުމަށްފަހު ލޫޓަން ޓައުން އުފާ ފާޅުކުރަނީ

ޕްލޭ އޮފް ކާމިޔާބު ކުރުމަށްފަހު ލޫޓަން ޓައުން އުފާ ފާޅުކުރަނީ | ރޮއިޓާސް

އިނގިރޭސި ޕްރިމިއަރ ލީގުގެ ފަހު ޖާގަ ހޯދުމަށް ކުޅެވުނު ޗެމްޕިއަންޝިޕް ޕްލޭ އޮފް ފައިނަލުގައި ޕެނަލްޓީ ޖަހައިގެން މޮޅުވެ، 31 އަހަރު ފަހުން ލޫޓަން ޓައުންއަށް ފުރަތަމަ ޑިވިޝަންގައި ކުޅުމުގެ ފުރުސަތު ލިބިއްޖެއެވެ.

1992 ވަނަ އަހަރު ޕްރިމިއަރ ލީގު އުފެދުމުގެ ކުރިން ލޫޓަން ޓައުން ވަނީ ރެލިގޭޓުވެފައެވެ. މި ސީޒަނުގައި ޗެމްޕިއަންޝިޕްގެ ތިން ވަނައިގައި ނިންމާލިއިރު، ޕްރިމިއަރ ލީގުން ޖާގަ ހޯދުމަށް ޕްލޭ އޮފް މެޗުތަކެއް ކުޅެން ޖެހެއެވެ. ޕްލޭ އޮފް ސެމީގައި ލޫޓަން ޓައުން ވަނީ 3-2 ގެ އެގްރިގޭޓް ނަތީޖާއަކުން ސަންޑަލެންޑް ބަލިކޮށްފައެވެ. އަދި ކޮވެންޓްރީ ފައިނަލަށް ދިޔައީ މިޑިލްސްބްރޯ ކައިރިން 1-0 ން މޮޅުވެގެނެވެ.

ލޫޓަން އާއި ކޮވެންޓްރީ ބައްދަލުކުރި ފައިނަލް މެޗުގައި ފުރަތަމަ ލީޑު ނެގީ ލޫޓަން އެވެ. މެޗުގެ 23 ވަނަ މިނެޓުގައި އެ ލަނޑު ޖެހީ ޖޯޑަން ކްލާކެވެ. ނަމަވެސް، މެޗުގެ 66 ވަނަ މިނެޓުގައި ގުސްތާވޯ ހެމާ ވަނީ ކޮވެންޓްރީ އަށް ލަނޑެއް ޖަހާ، ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މެޗުގެ 90 މިނެޓު ހަމަވެ، އެކްސްޓްރާ ޓައިމް ނިމުނުއިރުވެސް އެއްވަރުވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެނެވެ. ދެ ޓީމުންވެސް ވަނީ ފުރަތަމަ ފަސް ޕެނަލްޓީ އެތެރެކޮށްފައެވެ. ލޫޓަންގެ ހަ ވަނަ ޕެނަލްޓީ ޑޭން ޕޮޓްސް ކާމިޔާބުކުރިއިރު، ކޮވެންޓްރީގެ ހަ ވަނަ ޕެނަލްޓީ ފެންކަޓީ ޑާބޯ އަށް ވައްދާލެވޭ ގޮތެއް ނުވިއެވެ. ލޫޓަން މެޗު ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ.

ޕްލޭ އޮފް ފައިނަލުން މޮޅުވުމާއެކު، އޯގަސްޓުގައި ފެށުމަށް ހަމަޖެހިފައިވާ ޕްރިމިއަރ ލީގުގެ އައު ސީޒަނުގައި ލޫޓަން ޓައުން ވާދަކުރާނެއެވެ. ލޫޓަންގެ އިތުރުން ޕްރިމިއަރ ލީގަށް އެނބުރި އަންނާނީ ޗެމްޕިއަންޝިޕުގެ އެއްވަނަ ބާންލީ އާއި ދެވަނަ ޝެފީލްޑް ޔުނައިޓެޑެވެ.

ޕްރިމިއަރ ލީގު

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
03 ނޮވެމްބަރު 2025

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް