Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖޭޕީގެ ކެމްޕެއިން

ޖޭޕީއަށް ޒުވާނުން އިތުބާރުކުރުމަށް ގާސިމް އެދިވަޑައިގެންފި

27 މެއި 2023 | ހޮނިހިރު 07:45

މުސްތަގުބަލުގައި ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 27 މެއި 2023 | ހޮނިހިރު 07:45
ސެންޓްރަލް ޕާކުގައި ބޭއްވި ފުރަވީރުންގެ ރަސްމިއްޔާތުގެ ތެރެއިން

ސެންޓްރަލް ޕާކުގައި ބޭއްވި ފުރަވީރުންގެ ރަސްމިއްޔާތުގެ ތެރެއިން

ޖުމްހޫރީ ޕާޓީއަށް ޒުވާނުން އިތުބާރުކުރުމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެދިވަޑައިގެންފިއެވެ.

މިމަހުގެ 25ވީ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ވަނީ ފުރަވީރުންގެ ނަމުގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ބައެއް މީހުން ޖޭޕީއަށް ސޮއިކޮށްފައިވާ ފޯމް ހަވާލުކޮށްފައިވެއެވެ.

Advertisement - newsAdvertisement

މިރަސްމިއްޔާތާ ގުޅޭގޮތުން ގާސިމް ވިދާޅުވީ، އެޕާޓީއަށް ޒުވާނުން އިތުބާރުކުރަން ޖެހޭކަމަށާއި، މުސްތަގުބަލުގައި ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހޯއްދަވައިދެއްވާނެކަމަށެވެ. ފުރަވީރުންގެ ރަސްމިއްޔާތުގައި، ޖުމްހޫރީ ޕާޓީއާ ގުޅުނު 2023 މެންބަރުންނަށް ޝުކުރު އަދާކުރައްވައި ގާސިމް ވިދާޅުވީ، މިފަދަ ރަސްމިއްޔާތެއްގައި ސިޔާސީ ޕާޓީއަކަށް އެއްފަހަރައި ގިނައަދަދެއް ފޯމް ހަވާލުކުރެވުނު މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ޒުވާނުން ޚާއްސަކޮށްގެން އެކިއެކި ހަރަކާތްތައް ކުރިއަށް ގެންދާނެކަމަށާއި، ޒުވާނުންނަށް ފުރުސަތުތައް ހޯދައިދިނުމަށް އެޕާޓީން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

ބޮޑުބެރާއި ނެށުމުގެ ހަރަކާތްތަކާއެކު ކުރިއަށް ގެންދިޔަ މިރަސްމިއްޔާތުގައި، ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ، ޖޭޕީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ހަދާނެކަމަށެވެ. އެ މަގުސަދު ހާސިލްކުރުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރަންޖެހޭކަމަށާއި، ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި މަސައްކަތްތައް ފުޅާކުރެވޭނެކަމަށެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ގާސިމް ވާހަދަކުރައްވަން ނިންމައި ކެމްޕޭން ފައްޓަވާފައިވާއިރު، ޖޭޕީއަކީ މިސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޕާޓީއެކެވެ. އެ ޕާޓީގައި ތިއްބެވި ބައެއް ބޭފުޅުންނަކީ މިސަރުކާރުގެ ބައެއް ސިޔާސީ މަގާމުތަކުގައިވެސް ތިއްބެވި ބޭފުޅުންނެވެ. އެހެންކަމުން އެބޭފުޅުން މަގާމުން ދުރުކުރަންޖެހޭކަމަށް، މިސަރުކާރަށް ތާއީދުކުރާ މީހުން ބުނިނަމަވެސް ސަރުކާރުން ބުނެފައިވަނީ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރާނެކަމަށާއި، ސަރުކާރު ހިންގުމުގައި އިހުމާލުވެފައި ނުވާނަމަ ފިޔަވަޅު ނާޅާނެކަމަށެވެ.

ޖޭޕީޖުމްހޫރީ ޕާޓީ

އެންމެ ހިނގާ

1

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

2

އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

3

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

4

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

5

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
07 އޮކްޓޯބަރު 2025

ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!

07 އޮކްޓޯބަރު 2025
ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!
27 އޮކްޓޯބަރު 2024

ޑީއެންއާރް ތެރޭގައި ޕާޓީއަށް މީހުން ވައްދަން ޕީއެންސީގެ ފޯމު ފުރާކަން ފަޅާ އަރައިފި!

27 އޮކްޓޯބަރު 2024
ޑީއެންއާރް ތެރޭގައި ޕާޓީއަށް މީހުން ވައްދަން ޕީއެންސީގެ ފޯމު ފުރާކަން ފަޅާ އަރައިފި!
10 ޑިސެމްބަރު 2023

ޖުމްހޫރީ ޕާޓީގެ އެތެރޭގެ އިންތިޚާބު އާދީއްތަ ދުވަހު، ނާއިބު ރައީސްކަމުގެ މަގާމަށް 4 ބޭފުޅަކު ކުރިމަތިލައްވައިފި

10 ޑިސެމްބަރު 2023
ޖުމްހޫރީ ޕާޓީގެ އެތެރޭގެ އިންތިޚާބު އާދީއްތަ ދުވަހު، ނާއިބު ރައީސްކަމުގެ މަގާމަށް 4 ބޭފުޅަކު ކުރިމަތިލައްވައިފި
22 ނޮވެމްބަރު 2023

ޖުމްހޫރީ ޕާޓީގެ ކައުންސިލުގެ 11 މަގާމަކަށް ކުރިމަތިލުމަށް ހުޅުވާލައިިފި

22 ނޮވެމްބަރު 2023
ޖުމްހޫރީ ޕާޓީގެ ކައުންސިލުގެ 11 މަގާމަކަށް ކުރިމަތިލުމަށް ހުޅުވާލައިިފި
04 އޮކްޓޯބަރު 2023

ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުން މެންދުރު

04 އޮކްޓޯބަރު 2023
ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުން މެންދުރު
21 ސެޕްޓެމްބަރު 2023

ރިޔާޒު ރަޝީދުގެ ތާއީދު ރައީސް ޞާލިހަށް

21 ސެޕްޓެމްބަރު 2023
ރިޔާޒު ރަޝީދުގެ ތާއީދު ރައީސް ޞާލިހަށް
20 ސެޕްޓެމްބަރު 2023

ގާސިމްގެ އިންތިޚާބީ އެޖެންޓް އަލީ ވަހީދު، ޖޭޕީން ވަކިވެ ވަޑައިގެންފި

20 ސެޕްޓެމްބަރު 2023
ގާސިމްގެ އިންތިޚާބީ އެޖެންޓް އަލީ ވަހީދު، ޖޭޕީން ވަކިވެ ވަޑައިގެންފި
17 ސެޕްޓެމްބަރު 2023

ޖޭޕީގެ ސެކެޓްރީ ޖެނެރަލަކަށް އަޒްލީން

17 ސެޕްޓެމްބަރު 2023
ޖޭޕީގެ ސެކެޓްރީ ޖެނެރަލަކަށް އަޒްލީން
16 ސެޕްޓެމްބަރު 2023

އަލީ އާރިފް ޖޭޕީގެ ސެކެޓްރީ ޖެނެރަލްކަމުން އިސްތިއުފާ ދެއްވައިފި

16 ސެޕްޓެމްބަރު 2023
އަލީ އާރިފް ޖޭޕީގެ ސެކެޓްރީ ޖެނެރަލްކަމުން އިސްތިއުފާ ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް