Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސައުދީ ސަރުކާރުން ރާއްޖެއަށް ދޭ ސްކޮލަރޝިޕް

ސައުދީ ސަރުކާރުން ދިވެހި ދަރިވަރުންނަށް 350 އަށްވުރެ ގިނަ ސްކޮލަރޝިޕްގެ ފުރުސަތު

26 މެއި 2023 | ހުކުރު 07:05

މިއީ ފުލީ ފަންޑެޑް ސްކޮލަރޝިޕްތަކެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 26 މެއި 2023 | ހުކުރު 07:05
އައިޔޫއެމްގެ ގްރެޖުއޭޝަން

އައިޔޫއެމްގެ ގްރެޖުއޭޝަން

ސައުދީ އަރަބިއްޔާގައި ކިޔެވުމަށް އެ ޤައުމުން ދިވެހި ދަރިވަރުންނަށް 350 އަށް ވުރެ ގިނަ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ކުރި އިއުލާނެއްގައި ބުނީ ދިވެހި ދަރިވަރުންނަށް ހާއްސަކޮށްގެން ދިނުމަށް ނިންމާފައިވާ ސްކޯލަރޝިޕްތަކުގެ ދަށުން ހުރިހާ ޚަރަދެއް ކުރާނީ އެ ޤައުމުގެ ސަރުކާރުން ކަމަށެވެ. އަދި އެ ޤައުމުގެ ކޮންމެ ޔުނިވާސިޓީއަކުން ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ސައުދީ ސަރުކާރުގެ ސްކޯލަރޝިޕަށް ފުރުޞަތު ހުޅުވާލާފައިވާ ދާއިރާތަކުގެ ތެރޭގައި ބިޒްނަސް މެނޭޖްމަންޓާއި މީޑިއާ ދާއިރާތަކާއި ކޮމްޕިއުޓަރ ސައިންސް ސްޓަޑީސް އާއި ލޯ ސައިންސެސް އާއި ތައުލީމީ ދާއިރާއާއި ސޯޝަލް ސައިންސެންސް އާއި ދަނޑުވެރިކަމުގެ ދާއިރާ، އިކޮނޮމިކްސް އެންޑް ޕޮލިޓިކްސް އާއި އިންޖިނިއަރިން އާއި އިސްލާމިކް ސްޓަޑީޒް އާއި އަރަބި ބަހާއި އެކި ޤައުމުތަކުގެ ބަސްތަކާ ގުޅުންހުރި ދާއިރާތަކުގެ ކޯސްތައް ހިމެނެއެވެ.

ސައުދީ އެމްބަސީން ބުނެފައިވާ ގޮތުގައި މި ދާއިރާތަކުން ބެޗްލަރސް ޑިގްރީ އާއި ޕޯސްޓް ގްރެޖުއޭޓް އަދި ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ސައުދި އަރަބިއްޔާއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ގިނަ ޔުނިވަރސިޓީތަކެއް ހިމެނޭ ޤައުމެކެވެ. އެގޮތުން ބައިނަލްއަގުވާމީ މަތީ ތައުލީމުދޭ މަރުޒަކުތައް ވަޒަންކުރާ ކުންފުންޏެއްކަމަށްވާ "ކިއު އެސް" އިން މިއަހަރު އެކުލަވާލި ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު 100 ޔުނިވާސިޓީގެ ލިސްޓުގައި އެ ޤައުމުގެ 27 ޔުނިވާސިޓީ ހިމެނެއެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އަންނަ 15،700 ޔުނިވާސިޓީއެއް ހިމަގައިގެން ދަރަޖަ ކޮށްފައިވާ ލިސްޓެކެވެ.

ސައުދީގެ ޔުނިވަރސިޓީތަކުގެ ތެރެއިން ދުނިޔޭގެ އެންމެ ފެންވަރު ރަނގަލު ޔުނިވަރސިޓީތަކުގެ ތެރޭގައި ކިންގް ޢަބްދުލްޢަޒީޒް ޔުނިވާސިޓީއާއި، ކިންގް ފަހުދު ޔުނިވާސިޓީ އޮފް ޕްޓްރޯލިއަމް އެންޑް މިނެރަލްސް އާއި، ކިންގް ޢަބްދުﷲ ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީއާއި، އިމާމް ޢަބްދުއްރަޙްމާން ބިން ފައިޞަލް ޔުނިވާސިޓީ ފަދަ ޔުނިވާސިޓީތައް ހިމެނެއެވެ.

ސައުދީއަކީ މިހާރުވެސް ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ތައުލީމު ހާސިލް ކުރާ ޤައުމެކެވެ.

ސައޫދީ އަރަބިއްޔާސްކޮލަރޝިޕް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

26 އޮކްޓޯބަރު 2025

މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ

26 އޮކްޓޯބަރު 2025
މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ
19 އޮކްޓޯބަރު 2025

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑް 2025 ލިބޭ ދަރިވަރުން ހޮވައިފި

19 އޮކްޓޯބަރު 2025
ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑް 2025 ލިބޭ ދަރިވަރުން ހޮވައިފި
30 އެޕްރީލު 2025

ދަރިވަރުންނަށް ޖަވާބު ދިނުން ލަސްވަނީ ރޭވިފައިވާ ވަރަށްވުރެން ގިނައިން ލޯނުދޭން ޖެހުމުން: މިނިސްޓަރު ހައިދަރު

30 އެޕްރީލު 2025
ދަރިވަރުންނަށް ޖަވާބު ދިނުން ލަސްވަނީ ރޭވިފައިވާ ވަރަށްވުރެން ގިނައިން ލޯނުދޭން ޖެހުމުން: މިނިސްޓަރު ހައިދަރު
30 އެޕްރީލު 2025

ދަރިވަރުންގެ ފައިސާ ޖަމާކުރުމަށް ލަސްވާ މައިގަނޑު ސަބަބަކީ އެކައުންޓުތަކުގެ މައުލޫމާތު ފުރިހަމަ ނުވާތީ: މިނިސްޓަރު ހައިދަރު

30 އެޕްރީލު 2025
ދަރިވަރުންގެ ފައިސާ ޖަމާކުރުމަށް ލަސްވާ މައިގަނޑު ސަބަބަކީ އެކައުންޓުތަކުގެ މައުލޫމާތު ފުރިހަމަ ނުވާތީ: މިނިސްޓަރު ހައިދަރު
27 އޮކްޓޯބަރު 2024

ސައުދީ އަރަބިއްޔާގެ ފުރަތަމަ ލަގްޒަރީ އައިލެންޑް ރިސޯޓު ހުޅުވައިފި

27 އޮކްޓޯބަރު 2024
ސައުދީ އަރަބިއްޔާގެ ފުރަތަމަ ލަގްޒަރީ އައިލެންޑް ރިސޯޓު ހުޅުވައިފި
12 އޮކްޓޯބަރު 2024

އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީއަށާއި ޔޫއޭއީ އަށް ވިއްކުމަށް އެމެރިކާ އިން ނިންމައިފި

12 އޮކްޓޯބަރު 2024
އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީއަށާއި ޔޫއޭއީ އަށް ވިއްކުމަށް އެމެރިކާ އިން ނިންމައިފި
09 އޮކްޓޯބަރު 2024

އެމެރިކާއިން އަބަދުވެސް ސައުދީ އަރަބިއްޔާ ދިފާއުކުރާނެ: ފެންޓަގަންގެ ޗީފް

09 އޮކްޓޯބަރު 2024
އެމެރިކާއިން އަބަދުވެސް ސައުދީ އަރަބިއްޔާ ދިފާއުކުރާނެ: ފެންޓަގަންގެ ޗީފް
19 ސެޕްޓެމްބަރު 2024

އެކިއެކި ސްކޮލަރޝިޕްތަކަށް މިއަހަރުގެ މިހާތަނަށް 103 މިލިއަނަށް ވުރެ ގިނަ ފައިސާ ދޫކޮށްފައިވޭ: މިނިސްޓަރު މާރިޔާ

19 ސެޕްޓެމްބަރު 2024
އެކިއެކި ސްކޮލަރޝިޕްތަކަށް މިއަހަރުގެ މިހާތަނަށް 103 މިލިއަނަށް ވުރެ ގިނަ ފައިސާ ދޫކޮށްފައިވޭ: މިނިސްޓަރު މާރިޔާ
26 އޯގަސްޓު 2024

އެމެރިކާ އާއި ސައުދީ އިން ތާރީޚީ އެއްބަސްވުންތަކަކާ ދިމާލަށް

26 އޯގަސްޓު 2024
އެމެރިކާ އާއި ސައުދީ އިން ތާރީޚީ އެއްބަސްވުންތަކަކާ ދިމާލަށް
22 ޖުލައި 2024

ޔަމަން އަށް އިޒްރޭލުން ދިން ހަމަލާ ގައި ބައިވެރި ނުވާ ކަމަށް ސައުދީ އިން ބުނެފި

22 ޖުލައި 2024
ޔަމަން އަށް އިޒްރޭލުން ދިން ހަމަލާ ގައި ބައިވެރި ނުވާ ކަމަށް ސައުދީ އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް