Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭން

ފަތުރުވެރިކަމުގެ 5ވަނަ މާސްޓަރ ޕްލޭން ލޯންޗުކޮށްފި

މިއީ 2023 އިން 2027 އަށް އެކުލަވާލާފައިވާ ޕްލޭނެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 25 މެއި 2023 | ބުރާސްފަތި 07:47
ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން ލޯންޗުކުރުން

ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން ލޯންޗުކުރުން

ދިވެހިރައްޖޭގެ ފަތުރުވެރިކަމުގެ 5 ވަނަ މާސްޓަރ ޕްލޭން ލޯންޗުކޮށްފިއެވެ.

ފަތުރުވެރިކަމުގެ 5 ވަނަ މާސްޓަރ ޕްލޭން ލޯންޗުކޮށްފައިވަނީ މިކަމަށްޓަކައި ބުރާސްފަތި ދުވަހުގެ ހެނދުނު އެމްއެންޔޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ. މި ޕްލޭން ރަސްމީކޮށް ލޯންޗުކޮށްދެއްވީ އިކޮނޮމިކެ މިނިސްޓަރު ފައްޔާޒް އިސްމާއީލްއެވެ.

މިއީ 2023 އިން 2027 އަށް އެކުލަވާލާފައިވާ ޕްލޭނެކެވެ. މިޕްލޭންގައި ފަތުރުވެރިކަމުގެ 5 އަހަރުގެ ވިޝަން ދައްކުވައިދޭނެއެވެ. މި ޕްލޭން އެކުލަވަލުމުގެ މަގުސަދަކީ މަޝްވަރާއާއި ދިރާސާގެ މައްޗައް ބިނާކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގްބަލް ބައްޓަންކުރަން ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމެވެ.

ދެމެހެއްޓެނވި ފަތުރުވެރިކަމުގެ އުސޫލުތަކާއި އިޖުރާއަތުތަކަށް ބިނާކޮށް، މުޅި ދާއިރާގައި ފަތުރުވެރިކަމުގެ ސިޔާސަތު ރާވައި, މީހުން ބިނާކޮށް ގާބިލްކަން އިތުރުކުރުމަށް މި ޕްލޭން އެކުލަވާލާފައިވާއިރު މި ޕްލޭގައި 2 ވޮލިއުމެއް އެކުލެވެއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް 15 އަމާޒެއް ކަނޑައަޅާފައިވެއެވެ.

މި ޕްލޭންގައި ހިމެނޭ ބައިތައް ތަފްސީލުކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިހިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. ނައުޝާދު މުހައްމަދު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން ސަރުކާރުން ކަނޑައަޅާފައިވާ ކަންކަން ހާސިލްކުރުމަށް ކުރެވޭނެ ކަންކަން މި ޕްލޭންގައި ހިމަނާފައިވާނެކަމަށެވެ. މިގޮތުން ދާއިރާގައި ހުރި މައްސަލަތަކާއި މައްސަލަތައް ހައްލުކުރުމަށް ކުރެވޭނެ ކަންކަން ހިމެނޭނެކަމަށް ވިދާޅުވިއެވެ.

އަދި ރާއްޖެއިން ފަތުރުވެރިކަމަށް ގެންގުޅޭ ވިޝަންއާއި ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ހާސިލްކުރުމަށް ކުރެވޭނެ ކަންކަން ބަޔާންކޮށްފައިވާ ކަމަށެވެ.

މިގޮތުން މި ޕްލޭން ވެގެންދާނީ ކަމާގުޅޭ ދާއިރާތަކާ ހިއްސާކޮށް ކުރިމަގު ބިނާކުރުމަށް ގެންގުޅޭ ޑޮކިއުމެންޓަކަށް ކަމަށާއި ޕްލޭން ލޯންޗުކުރުމާއެކު މާސްޓަރ ޕްލޭންގެ ކަންކަން ހާސިލްކުރުމުގެ މަސައްކަތް ފެށުނީ ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެކި ދާއިރާތަކާ ގުޅިގެން ކަންކަން ހާސިލްކުރުމަށް މަސައްކަތް ފެށޭނެ ކަމަށް ނައުޝާދު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އިފްތިތާހު ކޮށްދެއްވީ 2019 ވަނަ އަހަރުގައެވެ. އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވީ އަލީ ވަހީދެވެ.

އޭރު ޓޫރިޒަމް މިނިސްޓްރީން ބުނީ، އަލަށް އެކުލަވާލާ ޓޫރިޒަމް މާސްޓަރ ޕްލޭނުގެ ބޭނުމަކީ، ފަތުރުވެރިކަން ތަރައްގީކޮށް ފުޅާކުރުމުގައި ދިވެހި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކާތެރިކުރުމާއި ތަރައްގީކުރުމާއި، ދެމެހެއްޓެނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކޮށް، އަދި ދިވެހިރާއްޖޭގައި ހެދިފައި ހުރި ޓޫރިޒަމާބެހޭ ގާނޫނުތަކާއި ގަވާއިދުތައް ހަރުދަނާކުރުން ކަމަށެވެ. އަދި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ދެނެގަތުމާއި، ފަތުރުވެރިކަމުން ލިބޭ ފައިސާ ދިވެހިރާއްޖޭގެ އިގްތިސާދުގައި ހިފެހެއްޓޭނެ ގޮތެއް ހޯދައި ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުންކަމަށެވެ.

އޭޑީބީގެ އެހީއާއެކު މި މާސްޓަރޕްލޭން އެކުލަވާލާފައިވާއިރު، މި މަސައްކަތުގައި ޖުމްލަ 10 ކޮންސަލްޓެންޓުން މަސައްކަތްކޮށްފައިވެއެވެ. މީގެ ތެރެއިން 8 ކޮންސަލްޓެންޓުން އައްޔަންކޮށްފައިވަނީ ލޯކަލް ކޮންސަލްޓެންސީގެ އުސޫލުންނެވެ.

ރާއްޖޭގެ ފަތުރުވެރިކަން5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭން

ކޮމެންޓް

އިތުރަށް ކިޔާލަން

 އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

06 ސެޕްޓެމްބަރު 2025
ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

30 އޯގަސްޓު 2025
ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު

ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު

30 އޯގަސްޓު 2025
ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި އުސޫލު ބަދަލުކޮށް، ބޭރު ފައިސާ މާރުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި

ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި އުސޫލު ބަދަލުކޮށް، ބޭރު ފައިސާ މާރުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި

09 ޑިސެމްބަރު 2024
ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި އައި ފަތުރުވެރިންގެ ނިސްބަތް ދަށަށް

ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި އައި ފަތުރުވެރިންގެ ނިސްބަތް ދަށަށް

08 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު