Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ޔުނައިޓެޑު

ޓެން ހާގްގެ އިންޒާރެއް: ރަނގަޅު ގޮތުގައި ޚަރަދު ނުކޮށްފިނަމަ ޗެލްސީ އަށް ދިމާވި ހާލަތު ދިމާވެދާނެ!

ފައިސާ ޚަރަދު ކުރަންވާނީ އެންމެ އެކަށީގެންވާ ގޮތުގައިކަން ފާހަގަކޮށް ޓެން ހާގް ބުނީ، އެކަމަށް ޚާއްސަ ޕްލޭނެއް އޮންނަން ވާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 މެއި 2023 | ބުރާސްފަތި 04:03
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް

މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް

ރަނގަޅު ގޮތުގައި ފައިސާ ޚަަރަދު ނުކޮށްފިނަމަ، ޗެލްސީ އަށް ދިމާވި ޙާލަތު މެންޗެސްޓަރ ޔުނައިޓެޑަށް ދިމާވެދާނެ ކަމަށް ބުނެ އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް އިންޒާރު ދީފި އެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ޗެލްސީއާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. ޓެން ހާގް މިހެން ބުނީ ޔުނައިޓެޑު ވިއްކާލުމުގެ މަރުހަލާ ކުރިއަށްދާ ވަގުތެއްގަ އެވެ. އޭނާ ބުނީ، ކުލަބާ ހަވާލުވާން ޖެހޭނީ ރަނގަޅު ޕްލޭނަކާ، ކުރިއަށް ދާނެ ގޮތްތަކަކާއެކު ކަމަށާއި، ކޮންމެ ކަމަކަށް ފައިސާ ބޭނުން ނުވާނެ ކަމަށެވެ. އޭނާ ބުނީ ކުލަބެއްގެ ހައިސިއްޔަތުން ކޮންމެ ބަޔަކު ވެސް ފައިސާ ޚަރަދު ކުރަން ވާނެ ކަމަށާއި، ކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެ ފައިސާ ޚަރަދު ކުރަންވާނީ އެންމެ އެކަށީގެންވާ ގޮތުގައިކަން ފާހަގަކޮށް ޓެން ހާގް ބުނީ، އެކަމަށް ޚާއްސަ ޕްލޭނެއް އޮންނަން ވާނެ ކަމަށާއި، ނޫން ނަމަ ކުލަބަށް ދިމާވާނީ އުނދަގޫ ހާލަތެއް ކަމަށެވެ. ޓެން ހާގް މިފަދައިން ޖަވާބު ދިނީ ނޫސްވެރިޔަކު ކުރި ސުވާލަކަށް ގުޅުވައިގެންނެވެ. ނޫސްވެރިޔާގެ ސުވާލަކީ ކުލަބުގެ ވެރިން ބަދަލުވާ ހާލަތުގައި ދަތިތަކެއް ކުރިމަތިވާނެކަން ޗެލްސީ މިހާރު އޮތް ހާލަތުން ބުނެވޭނެތޯ އެވެ.

މީގެ އިތުރުން ޓެން ހާގް ވަނީ ޔުނައިޓެޑު މިހާރު އޮތް ހާލަތުގެ މައްޗަށް ވެސް ވާހަކަ ދައްކައިފަ އެވެ. ޓެން ހާގް ބުނީ އޭނާ ޤަބޫލު ކުރާ ގޮތުގައި ޔުނައިޓެޑު މިހާރު ކުރިއަށް ދަނީ ރަނގަޅު މިސްރާބުގަ އެވެ. ނަމަވެސް މިހާރު ކުރިއަށް ދާ ސީޒަނުން ޔުނައިޓެޑު ފިލާވަޅު ލިބިގަންނަން ޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށް އޭނާ ދެކެ އެވެ. އެގޮތުން ސީޒަން ނިމުމާއެކު އެކަންކަން ވަޒަން ކުރަން ޖެހޭނެ ކަަމަށާއި، އެއަށްފަހު އަންނަ ސީޒަނަށް ތައްޔާރުވުމުގައި އެކަންކަމަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

އޭނާ ބުނީ ޔުނައިޓެޑުން ބޭނުން ވަނީ ޓީމުގެ އެންމެ މޮޅު ކުޅުން ދައްކައިގެން ޔުއެފާ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމަށް ކަމަށެވެ. އެގޮތުން ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި އޮންނަން ޖެހޭ ކަމަށާއި، އެއީ ހާސިލްކުރުމަށް ފަސޭހަ ކަމެއް ނޫން ކަމަށް ވެސް ޓެން ހާގް ބުންޏެވެ. އިތުރަށް އޭނާ ބުނީ، ގިނަ ޓީމުތަކެއް އެކަމަށް މަސައްކަތް ކުރާ ކަމަށާއި، ޔުނައިޓެޑަށް ގަދަ ހަތަރެއްގައި އޮވެވެނީ ޓީމެއްގެ ގޮތުގައި ކުރާ މަސައްކަތުން ކަަމަށެވެ. އެކަމަށް މިހާރު ކުރަން ޖެހޭ ކަމަކީ ޗެލްސީ މެޗު ކާމިޔާބުކޮށް، ޗެމްޕިއަންސް ލީގުގެ ޖާގަ ޔަގީން ކުރުން ކަމަށް އޭނާ ބުންޏެވެ.

ޕްރިމިއާ ލީގުގައި ޔުނައިޓެޑުން ޗެލްސީއާ ދެކޮޅަށް ކުޅޭނީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 12 ޖަހާއިރު އެވެ.

މެންޗެސްޓަރ ޔުނައިޓެޑްއެރިކް ޓެން ހާގްޗެލްސީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު