Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ޗެމްޕިއަން ސިޓީއާ އެއްވަރުކޮށް، ބްރައިޓަން އިން ޔޫރޮޕާ ލީގުގެ ޖާގައެއް ކަށަވަރުކޮށްފި

މެޗު އެއްވަރުވީ 1-1 ން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 25 މެއި 2023 | ބުރާސްފަތި 02:56
ސިޓީގެ ކޯޗު ގާޑިއޯލާ ބްރައިޓަން ކުޅުންތެރިންނަށް މަރުހަބާ ކިޔަނީ

ސިޓީގެ ކޯޗު ގާޑިއޯލާ ބްރައިޓަން ކުޅުންތެރިންނަށް މަރުހަބާ ކިޔަނީ

އިނގިރޭސި ޕްރިިމިއަރ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއާ އެއްވަރުކޮށް, ބްރައިޓަންއިން ކުރިއަށް އޮތް ސީޒަންގެ ޔޫރޮޕާ ލީގުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ސިޓީއަތުން ހޯދި ޕޮއިންޓާއެކު ބްރައިޓަންއިން ވަނީ 62 ޕޮއިންޓާއެކު ހަ ވަނަ ޔަޤީންކޮށްފައެވެ. ހަތްވަނާގައި އޮތް އެސްޓަން ވިލާއަށް ލިބެނީ 58 ޕޮއިންޓެވެ. ކޮންމެ ޓީމަކަށްވެސް ބާކީ އޮތީ އެއް މެޗެވެ. އެހެންކަމުން ބްރައިޓަންއަށް ހަ ވަނަ ގެއްލޭނެ އެއްވެސް ގޮތެއް ނެތެވެ. ސިޓީ އަތުން ބްރައިޓަން ޕޮއިންޓެއް ހޯދީ 1-1 ން މެޗު އެއްވަރުކޮށްގެންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ލީޑް ނެގީ ސިޓީންނެވެ. ސިޓީއަށް ލީޑް ނަގައިދިނީ މިސީޒަންގައި ޢާއްމުކޮށް ފުރަތަމަ އެގާރައިން ޖާގަ ނުލިބޭ ފޮޑެންއެވެ. އޭނާއަށް ލަނޑުޖަހަން ފުރުޞަތު ތަނަވަސްކޮށްދިނީ ހާލަންޑެވެ. މެޗުގައި ހާލަންޑް ގޯލެއްވެސް ޖެހިއެވެ. އެކަމަކު ވީއޭއާރުން ބެލުމަށްފަހު ގޯލް ބަލައިނުގަތީ އެޓޭކްގައި ފައުލްކޮށްފައިވާތީއެވެ. ހާފް ނިމުމުގެ ކުރިން ބްރައިޓަންއިން ނަތީޖާ ހަމަހަމަކުރީ 19 އަހަރުގެ އެންސީސޯ ޖެހި ލަނޑުންނެވެ.

ސިޓީ އަތުން ޕޮއިންޓް މިގެއްލުނީ ވިދިވިދިގެން 12 މެޗުން މޮޅުވުމަށްފަހުއެވެ. އަދި މެޗުން ޕޮއިންޓް ގެއްލުނު އިރު ސިޓީން ވަނީ ލީގު ޗެމްޕިއަން ޓްރޮފީވެސް އުފުލާލާފައެވެ.

ޕްރިމިއަރ ލީގުމެންޗެސްޓަރ ސިޓީބްރައިޓަން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު