Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މެޑަލިން މެކެއިން ގެއްލުން

16 އަހަރު ކުރިން ގެއްލުނު މެޑަލިން މެކެއިން ހޯދުމުގެ އޮޕަރޭޝަނަށް އާ ކުރިއެރުމެއް؟

މެޑަލިން މެކެއިންއަށް މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓުނީ، އޭނާގެ ޢާއިލާއާއެކު ޕޯޗުގަލްގައި ޗުއްޓީ ހޭދަ ކުރަމުން ދަނިކޮށް، މެއި 3، 2007 ވަނަ ދުވަހު އޭނާ ގެއްލުނު ހިސާބުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 25 މެއި 2023 | ބުރާސްފަތި 02:09
މެޑަލިން ބެތް މެކެއިން

މެޑަލިން ބެތް މެކެއިން

12 މެއި 2003 ގައި އުފަންވި މެޑަލިން ބެތް މެކެއިން ނުވަތަ މެޑަލިން މެކެއިންގެ ނަން އަޑު އިވިފައި ނުވަތަ ކޮންމެވެސް ގޮތަކުން އެ ނަމާ ބައްދަލުވެފައި ނުވާ މީހަކު މަދުވާނެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. މެޑަލިން މެކެއިންއަށް މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓުނީ، އޭނާގެ ޢާއިލާއާއެކު ޕޯޗުގަލްގައި ޗުއްޓީ ހޭދަ ކުރަމުން ދަނިކޮށް، މެއި 3، 2007 ވަނަ ދުވަހު އޭނާ ގެއްލުނު ހިސާބުންނެވެ. އޭރު މެޑަލިން މެކެއިންގެ ޢުމުރުން އެންމެ 3 އަހަރެވެ.

މެޑަލިން މެކެއިން ގެއްލުނު ހާދިޘާއަކީ، އަދުގެ ޒަމާނީ ތާރީޚުގައި މީހަކު ނުވަތަ ކުއްޖަކު ގެއްލިގެން އެންމެ ގަދައަށް މީޑިއާތަކުން ރިޕޯޓްކުރި ޚަބަރޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. އަދާ ޖެހުނުއިރުވެސް މެޑަލިން މެކެއިންގެ ނިޝާނެއްވެސް ފެނިފައެއް ނުވެއެވެ. ނަމަވެސް، ޖަރުމަނު ޕްރޮސެކިއުޓަރުން ވަނީ އޭނާ މަރުވެއްޖެ ކަމަށް ޤަބޫލު ކުރެވޭ ކަމަށް ނިންމާފައެވެ.

މި ދުވަސްވަރަކީ އަނެއްކާވެސް މެޑަލިން މެކެއިންގެ ނަން، މީޑިއާގައި ގަދަވަމުން އަންނަ ދުވަސްވަރެކެވެ. މެއި 23 ވަނަ ދުވަހު ޕޯޗުގީޒު ފުލުހުން ތައްޔާރު ވަމުން އެ ދަނީ 2007 ވަނަ އަހަރު މެޑަލިން މެކެއިން ގެއްލުނު ސަރަޙައްދު ބަލާ، ފާސް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ. މިއީ އެތައް އަހަރެއްގެ ތެރޭގައި މި މައްސަލައަށް، އަމަލީ ސިފައެއްގައި ކުރިއެރުމެއް ލިބުނު ފުރަތަމަ ފަހަރު ކަމަށްވެސް ބުނެވެއެވެ.

މީޑިއާއާ ވާހަކަދެއްކެވި ފަޔަރ ބްރިގޭޑްއަކު ވިދާޅުވި ގޮތުގައި ފުލުހުންގެ ބަލާ ފާސް ކުރުމުގެ އޮޕަރޭޝަން ހާއްސަ ކޮށްފައި ވަނީ މެޑަލިން މެކެއިން ގެއްލުނު ކަމަށް ބަލާ ސަރަޙައްދު ނުވަތަ ގޮނޑުދޮށު ރިސޯޓް ސަރަޙައްދުން ފެށިގެން 50 ކިލޯމީޓަރު އެއްގަމަށް ވާ ދެކުނުގެ ހިސާބުގަނޑެވެ.

ތަޙުޤީޤުތަކުގެ މަޢުލުމާތު އެނގޭ މަސްދަރަކާ ހަވާލާދީ ރޮއިޓަރޒްއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ފުލުހުންގެ ބަލާ ފާސް ކުރުމުގެ އޮޕަރޭޝަނަކީ ޖަރުމަނުވިލާތުގެ ކަމާ ބެހޭ ފަރާތްތަކުގެ ހުށަހެޅުމަކަށް ކުރިއަށް ގެންދާ އޮޕަރޭޝަންއެކެވެ. ޖަރުމަނުވިލާތުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ މެޑަލިން މެކެއިން ގެއްލުނު ހާދިޘާގައި ތުހުމަތު ކުރެވޭ މީހަކީ، ޖަރުމަނުވިލާތަށް ނިސްބަތްވާ، ކްރިސްޗަން ބްރޮކްނަޔަރ ނަމަކަށް މީހެއް ކަމަށް ރަސްމީކޮށް އިޢުލާން ކޮށްފައެވެ. 

މިކަމާ ބެހޭ ގޮތުން އެއްޗެއް ބުނުމަށް ޕޯޗުގަލްގެ އިންވެސްޓިގޭޓިވް ޖުޑީޝަލް ފުލުހުންވެސް އިންކާރު ކޮށްފައި ވާ އިރު، ޖަރުމަނުވިލާތުގެ ކަމާ ބެހޭ ފަރާތްތަކުން މިވަގުތު ބުނާނެ އެއްޗެއް ނެތް ކަމަށް ރޮއިޓަރޒްއިން ޚަބަރު ދެއެވެ.

ތަޙުޤީޤުތަކާ ބެހޭ މަޢުލުމާތު އެނގޭ އެހެން މަސްދަރަކުން ހާމަ ކުރި ގޮތުގައި، މެޑަލިން މެކެއިން ގެއްލުނު ހާދިޘާއާ ގުޅިގެން ހިންގާ ބަލާ ފާސް ކުރުމުގެ އޮޕަރޭޝަނުން މާ ބޮޑު ކުރިއެރުމެއް ނުލިބޭނެއެވެ.

ކްރިސްޗަން ބްރޮކްނަޔަރއަކީ ޖިނާއީ ބޮޑެތި ކުށްތަކެއްގެ ރެކޯޑް އޮންނަ މީހެކެވެ. ކުޑަކުދިންނަށް ލާއިންސާނީ އަނިޔާ ދިނުމާއި ޑްރަގްގެ ޑީލް ކުރުމުގެ މައްސަލާގައި އޭނާގެ މައްޗަށް ކުށް ސާބިތުވެފައި ވާ ކްރިސްޗަން ބްރޮކްނަޔަރ މި ވަގުތު ޖަލުގައި ހުރީ، މެޑަލިން މެކެއިން ގެއްލުނު ސަރަޙައްދުގައި، 72 އަހަރުގެ އަންހެނަކު ރޭޕް ކުރި މައްސަލާގައެވެ.

މެޑަލިން މެކެއިން މަރުވެފައި ވާ ކަމަށް ޤަބޫލު ކުރެވޭ ކަމަށް ޖަރުމަނު ފުލުހުން ޢިއުލާން ކުރީ ޖޫން 2020 ގައެވެ. އެކަމުގައި ޒިންމާ ވާ ފަރާތަކީ ކްރިސްޗަން ބްރޮކްނަޔަރއަށް ވުން ގާތް ކަމަށް ޖަރުމަނުން ބުނި ނަމަވެސް، އޭނާ އެކަމަށް އިންކާރު ކުރެއެވެ. މެޑަލިން މެކެއިން ގެއްލުނު ހާދިޘާގެ އެއްވެސް ކަމެއްގައި އަދި މިހާތަނަށް ކްރިސްޗަން ބްރޮކްނަޔަރއަށް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

މެޑަލިން މެކެއިން ގެއްލުނު ހާދިޘާގައި ތުހުމަތު އަމާޒުވާ މީހުންގެ ގޮތުގައި އެންމެ ފުރަތަމަ ޕޯޗުގީޒް ފުލުހުން ސުވާލު ކުރި ބަޔަކީ ކެޓްއާއި ގޭރީ މެކެއިންއެވެ. އެއީ މެޑަލިން މެކެއިންގެ މައިންބަފައިންނެވެ. ނަމަވެސް، އެމީހުންގެ ބައިވެރިވުމެއް އެކަމުގައި އެކުލެވޭ ކަމަށް ބާރުދޭ ހެކި ސާފުވާން ނެތިގެން، ޖެހިގެން އައި 2008 ވަނަ އަހަރު، އެ ތަޙުޤީޤުތަކުން އެ 2 މީހުންވެސް މިންޖުވިއެވެ. އޭގެ ފަހުން ކޭޓްއާއި ގޭރީ މެކެއިން ދަނީ، މެޑަލިން މެކެއިން ގެއްލުނު ހާދިޘާއަށް މީހުންގެ ސަމާލުކަން ހޯދުމަށް، އެކި ގޮތް ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޕޯޗުގަލްމެޑަލިން މެކައިންދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ފަލަސްތީނު ދައުލަތް ގަބޫލު ކުރަން ޕޯޗުގަލުން ނިންމައިފި

ފަލަސްތީނު ދައުލަތް ގަބޫލު ކުރަން ޕޯޗުގަލުން ނިންމައިފި

20 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު

ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު

13 ސެޕްޓެމްބަރު 2025
ޕޯޗުގަލްއާ އެއްވަރުކޮށް، ކްރޮއޭޝިއާ ކުއާޓާ ފައިނަލަށް

ޕޯޗުގަލްއާ އެއްވަރުކޮށް، ކްރޮއޭޝިއާ ކުއާޓާ ފައިނަލަށް

19 ނޮވެމްބަރު 2024

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު