Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ނޭޝަންސް ލީގު

ރޮނާލްޑޯ ބޭނުން ވަނީ ޕޯޗުގަލް މޮޅުވާން!

ރޮނާލްޑޯ ބުނީ، ހަމައެކަނި ފޯކަސް ކުރަނީ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ޕޯޗުގަލް ޤައުމީ ޓީމުގެ ބެޖު ދިފާއު ކުރުމަށް ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 މާރިޗު 2025 | އާދީއްތަ 05:14
ޕޯޗުގަލް އިން ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ

ޕޯޗުގަލް އިން ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ

ޔުއެފާ ނޭޝަންސް ލީގުގެ ދެ ވަނަ ލެގުގައި ޑެންމާކާ ދެކޮޅަށް ނިކުންނައިރު، މުހިންމީ އޭނާ ލަނޑު ޖެހުން ނޫން ކަމަށާއި، މުހިންމީ ޕޯޗުގަލް މޮޅުވުން ކަމަށް އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

މި ދެ ޓީމު ބައްދަލު ކުރި ފުރަތަމަ ލެގުގެ މެޗުގައި ޑެންމާކުން ވަނީ 1-0 އިން ޕޯޗުގަލް ބަލިކޮށްފަ އެވެ. އެހެން ކަމުން، ދެ ވަނަ ލެގުގައި ޕޯޗުގަލް އަށް ވަނީ ޑެންމާކު ބަލި ކުރަންް މަޖުބޫރުވެފަ އެވެ.

އެ މެޗުގެ ކުރިން ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ، މުހިންމީ އޭނާ ލަނޑުތަކެއް ޖެހުން ކަމަށާއި، އޭނާ އަށް ލަނޑު ޖެހުން މުހިންމު ނޫން ކަމަށެވެ. އޭގެ ބަދަލުގައި، އޭނާ ހަމައެކަނި ބޭނުން ވަނީ ޕޯޗުގަލް މޮޅުވާންކަން ފާހަގަކޮށް ރޮނާލްޑޯ ބުނީ، އޭނާ އަށް މުހިންމީ ޓީމު ކަމަށެވެ.

މީގެ އިތުރުން ރޮނާލްޑޯ ބުނީ، ހަމައެކަނި ފޯކަސް ކުރަނީ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ޕޯޗުގަލް ޤައުމީ ޓީމުގެ ބެޖު ދިފާއު ކުރުމަށް ކަމަށެވެ. ޚާއްސަކޮށް ޑެންމާކާ ދެކޮޅަށް ކުޅޭ ދެ ވަނަ ލެގުން ޕޯޗުގަލް މޮޅުވެ، އެ މެޗުގައި އިތުރު އެހެން ކުޅުންތެރިޔަކު ލަނޑު ޖެހުމަކީ އޭނާ އަށް ލިބޭނެ ބޮޑު އުފަލެއް ކަމަށް ވެސް ރޮނާލްޑޯ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ ދެ ވަނަ ލެގުގެ މެޗު ޕޯޗުގަލް އަށް ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާ އަށް އޮތް ކަމަށެވެ. ޚާއްސަކޮށް އެ ޓީމުގެ ކޮންމެ ކުޅުންތެރިޔަކު ވެސް ހުރީ މެޗުން މޮޅުވާން ބޭނުންވެފައި ކަމަށާއި، އޭނާ ވެސް ހުރީ އެ އަޒުމުގައި ކަމަށް ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ އަކީ ޕޯޗުގަލް ޤައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީ، އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ އެ ޓީމަށް ކުޅެދިން 218 މެޗުގައި 135 ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން ރޮނާލްޑޯ އަކީ ބައިނަލްއަޤުވާމީ މައިދާނުގައި ވެސް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާ އެވެ.

ޑެންމާކާ ދެކޮޅަށް ޕޯޗުގަލް ކުޅޭ ދެ ވަނަ ލެގުގެ މެޗު އޮންނާނީ އާދީއްތަ ދުވަހުގެ ރޭ ދަންވަރު 12:45 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް

ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް

16 ފެބުރުއަރީ 2017
އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

15 ފެބުރުއަރީ 2017
ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ

ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ

09 ފެބުރުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު