Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޓީޑީގެ ފާޑުކިޔުން ދަ ޑިމޮކްރެޓްސްއަށް

ކުލަޔާއި ނަން ނަކަލުކުރުމުން، ނަޝީދުގެ ދަ ޑިމޮކްރެޓްސްއަށް އެމްޓީޑީން ފާޑުކިޔައިފި

ސްކައި ބްލޫ ޚިޔާރުކުރީ ތިން އަހަރު ވަންދެން އަދީބަށް ގޮޅިން ފެނިވަޑައިގަންނަވާ ހަމައެކަނި އުންމީދަށް ވާތީ

އަމްނާ އިމާދު
އަމްނާ އިމާދު | 24 މެއި 2023 | ބުދަ 12:21
"ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމަށް ފޯމް ހުށަހެޅުން

"ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމަށް ފޯމް ހުށަހެޅުން

ކުލަޔާއި ނަން ނަކަލުކުރުމުން، ''ނަޝީދުގެ ދަ ޑިމޮކްރެޓްސް'' އަށް މޯލްޑިވްސް ތަރޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ)ން ފާޑުކިޔައިފިއެވެ.

އެމްޓީޑީން ބުނީ އެ ޕާޓީގެ ފަލްސަފާއާއި، ނަމާއި، ފިކުރާއި، އަދި ޚިޔާރުކުރި ކުލަތަކަކީ އެ ޕާޓީގެ ލީޑަރު އަހުމަދު އަދީބު ދޫނިދޫގެ އެކަހެރި ގޮޅިއެއްގައި ބަންދުކޮށްފައި ހުންނެވި ދުވަސްވަރު، ޕާޓީގެ ލީޑަރު ޚިޔާރުކުރެއްވި ކުލައާއި ނަން ކަމަށެވެ. އަދި ސެންޓްރިސްޓް ޑިމޮކްރެޓިކް ސިޔާސީ ފިކުރުތައް ފުރިހަމައަށް ގަބޫކުރާތީ، ތަރޑްވޭ ޑިމޮކްރެޓުންގެ ނަން ޚިޔާރުކުރީކަމަށް އެމްޓީޑީން ބުނެއެވެ.

Advertisement - newsAdvertisement

އަދީބު ސްކައި ބްލޫ ޚިޔާރުކުރެއްވިގޮތަށް އިޝާރާތްކޮށް އެމްޓީޑީން ބުނީ، އެއީ ތިން އަހަރު ވަންދެން އޭނާގެ ގޮޅިން ފެނިވަޑައިގަންނަވާ ހަމައެކަނި އުންމީދަށް ވާތީ ކަމަށެވެ.

މީގެ އިތުރުން އެމްޓީޑީން ބުނީ، އައު ސިޔާސީ އެހެން ޕާޓީތަކުގެ ނަންތަކާއި ކުލަތައް އެ ޕާޓީން އިންސްޕަޔަރވެފައި ވާތީ އެކަމާ އުފާކުރާ ކަމަށެވެ. ނަމަވެސް އާ ސިޔާސީ ޕާޓީތައް އުފެއްދުމުގައި އެޕާޓީތަކުން ނަންތަކާއި ކުލަތައް ކޮޕީނުކޮށް ޚިޔާރުކުރުމަށް އެމްޓީޑީން ވަނީ އެދިފައެވެ.

ގަވާއިދުގައި ވާގޮތުން؛ ސިޔާސީ ޕާޓީއެއްގެގޮތުގައި ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީކުރާ ޕާޓީއެއްގެ ނަމާއި، ނިޝާނާއި، ސިއްކައާއި، އެނޫންވެސް ޕާޓީ ރަމްޒުކޮށްދޭ އެއްޗެހި، އެ ދަފްތަރުގައި ކުރިން ރަޖިސްޓްރީކޮށްފައިވާ އެހެން ޕާޓީއެއްގެ ނަމާއި، ނިޝާނާއި، ސިއްކައާއި، އެނޫންވެސް ޕާޓީގެ ރަމްޒުކޮށްދޭ އެއްޗެއްސާ އެއްގޮތްވެގެން ނުވާނެއެވެ.

ކުލަޔާއި ނަން ނަކަލުކުރުމުން ނަޝީދުގެ ދަ ޑިމޮކްރެޓްސް އެމްޓީޑީން ފާޑުކިޔާފައިވާއިރު، ދަ ޑިމޮކްރެޓްސްގެ ކުލައަކީ ކޯރންފްލާވަރ ބްލޫއެވެ.

އެމްޓީޑީދަ ޑިމޮކްރެޓްސް ޕާޓީ

އިތުރަށް ކިޔާލަން

30 ސެޕްޓެމްބަރު 2025

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

30 ސެޕްޓެމްބަރު 2025
އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް
02 ސެޕްޓެމްބަރު 2025

އަދީބުގެ އެމްޓީޑީ ރަސްމީކޮށް އުވާލައިފި

02 ސެޕްޓެމްބަރު 2025
އަދީބުގެ އެމްޓީޑީ ރަސްމީކޮށް އުވާލައިފި
04 ޖޫން 2025

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

04 ޖޫން 2025
ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ
31 އޯގަސްޓު 2024

ބަންގްލަދޭޝްގެ ޗިޓަގޮން މެޑިކަލް ކޮލެޖުގައި ދިވެހި ޑޮކްޓަރުންނަށް ހަމަލާ ދިނުން އެމްޓީޑީ އިން ކުށްވެރިކޮށްފި

31 އޯގަސްޓު 2024
ބަންގްލަދޭޝްގެ ޗިޓަގޮން މެޑިކަލް ކޮލެޖުގައި ދިވެހި ޑޮކްޓަރުންނަށް ހަމަލާ ދިނުން އެމްޓީޑީ އިން ކުށްވެރިކޮށްފި
30 އެޕްރީލު 2024

ޑިމޮކްރެޓްސް އުފެއްދުމަށް ކުރީގެ ރައީސް ނަޝީދު ވަރަށް ބޮޑަށް ދެކޮޅު ހެއްދެވި: މެންބަރު އާޒިމް

30 އެޕްރީލު 2024
ޑިމޮކްރެޓްސް އުފެއްދުމަށް ކުރީގެ ރައީސް ނަޝީދު ވަރަށް ބޮޑަށް ދެކޮޅު ހެއްދެވި: މެންބަރު އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު