Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނިޒާމީ ވޯޓުނެގުމަށް އެމްޑީޕީން ތާއީދުކުރުން

އެމްޑީޕީން ހުށަހަޅަނީ ރިޔާސީ އިންތިޚާބަށްފަހު، ނޮވެމްބަރ 17ގެ ކުރިން ނިޒާމީ ވޯޓު ނަގަން: ރައީސް

ނިޒާމު ކަނޑައެޅުމާގުޅޭ ގަރާރަށް މަޖިލީހުން ގޮތެއް ނިންމުމުން އެކަމާ ގުޅޭގޮތުން ކުރިޔަށްދެވޭނެކަމަށް ރައީސް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2023 | ހޯމަ 14:09
ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން

ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހާއި ޑިމޮކްރަޓްސް ލީޑުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެކުގައި ކުރިޔަށްދެވިދާނެ ގޮތަކާ ގުޅޭގޮތުން ފޯނުން މަޝްވަރާކުރައްވައިފިއެވެ.

އެމްޑީޕީގެ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކާއެކު ޕާޓީން ވަކިވެވަޑައިގެން ޑިމޮކްރަޓްސްގެ ނަމުގައި ޕާޓީ ހިންގަވަމުންގެންދަވާ ރައީސް ނަޝީދު އެންމެ ބޮޑަށް ބާރުއަޅުއްވަމުން ގެންދަވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން މިމަހުގެ 25 ވަނަ ދުވަހު ނިޒާމީ ވޯޓު ނެގުމަށެވެ. އެކަމުގެ ނުރަސްމީ މަޝްވަރާތައް އެމްޑީޕީއާއެކު ކުރިޔަށްދާކަމަށް މީގެކުރިން ޑިމޮކްރަޓްސްއިން ވަނީ ބުނެފައެވެ.

ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރެއްވުމަށް ހޯމަ ދުވަހު ދޮރުން ދޮރަށް ހިންގަވަން ނިކުމެވަޑައިގެން ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ސާލިހު ވިދާޅުވީ، ރައީސް ނަޝީދު ބޭނުންފުޅުވަނީ މިމަހުގެ 25 ވަނަ ދުވަހު ނިޒާމީ ވޯޓެއް ނެގުމަށްކަމަށާއި ނަމަވެސް އެއީ އެންމެ ޕްރެކްޓިކަލް ކަމެއް ކަމުގައި ނުވާނެ ކަމަށް ނަޝީދު އަރިހު ވިދާޅުވިކަމަށެވެ.

ނަމަވެސް ރިޔާސީ އިންތިޚާބުގެ ފަހުން ނިޒާމީ ވޯޓު ނެގޭނެ ތާރީޚަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށް ރައީސް ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ، ނިޒާމު ކަނޑައެޅުމާގުޅޭ ގަރާރަށް މަޖިލީހުން ގޮތެއް ނިންމުމުން އެކަމާ ގުޅޭގޮތުން ކުރިޔަށްދެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާއަށް ވަނީ، ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމާ ގުޅޭގޮތުން ހުޅުދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސްކުރުމަށް އެޖެންޑާކޮށްފައެވެ. އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ ގަރާރުގައި ވަނީ ނިޒާމީ ވޯޓު ނޮވެމްބަރ 30ގެ ކުރިން ނެގުމަށެވެ. މީގެ އިތުރުން ދެވަނަ ބުރުގައި ޑިމޮކްރަޓްސްއިން އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށް ހޯމަ ދުވަހުގެ ރޭ 9 ޖަހާއިރު ކައުންސިލް ބައްދަލުވުމެއް ބާއްވަން ވަނީ ނިންމާފައެވެ.

ގިނަ ދުވަސްތަކަކަށްފަހު ރައީސް ނަޝީދާއި ރައީސް ސާލިހު ވާހަކަދައްކަވާފައިވާއިރު، އެކަމާގުޅޭގޮތުން ރައީސް ވިދާޅުވީ، ދިމާވެގެން އުޅެނީ ސިޔާސީ ކަމެއް ކަމަށާއި ކުރިއެކޭ އެއްގޮތަށް ވާހަކަދެކެވުނުކަމަށެވެ. ދެ ބޭފުޅުން ފޯނުން ވާހަކަފުޅުދައްކަވާފައިވަނީ އާދިއްތަ ދުވަހުއެވެ. ރައީސް ސާލިހު ވިދާޅުވީ މާދުރުގައި ތިއްބެވިކަމުގެ އިހުސާސް ވެވަޑައިނުގަންނަވާ ކަމަށެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ދަ ޑިމޮކްރެޓްސް ޕާޓީ ރިޔާސީ އިންތިޚާބު 2023

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު