Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭރިޕޯޓް

ޑިމޮކްރަޓްސް، ހަމައެކަނި އަމާޒަކީ އެމްޑީޕީ ރޫޅާލުން ؟!

ޑިމޮކްރަޓްސް އަށް ރައީސް ނަޝީދު ސޮއިކުރެއްވުމަށް ޖުލައި 13 ގައި އަރޓިފިޝިއަލް ބީޗް ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީ ރޫޅާލައްވާނެކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 10 އޮކްޓޯބަރު 2023 | އަންގާރަ 05:23
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއި ރައީސް މުހައްމަދު ނަޝީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއި ރައީސް މުހައްމަދު ނަޝީދު

ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް ފިކުރުކަމުގައިވާ އެމްޑީޕީގައި އެޅިގެންދިޔަ ވަރުގަދަ ރެނދާއެކު އެފިކުރުގެ އެއް ތަނބު ކަމުގައިވާ ރައީސް މުހައްމަދު ނަޝީދު މިވަނީ ޕާޓީއާ ވަކިވެވަޑައިގެން އައު ޕާޓީއެއް ދަ ޑިމޮކްރަޓްސް ނަމުގައި އުފައްދަވާފައެވެ. ރިޔާސީ ޓިކެޓް ހޯއްދެވުމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އާ ވާދަކުރައްވާ ރައީސް ނަޝީދަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީ އާ އެމްޑީޕީގެ ތެރޭގައި ރައީސް ޞާލިހުގެ ބާރު ގަދަވެ އެންމެފަހުން ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތީއެވެ. އެމްޑީޕީގެ އެއް ތަނބު ވަކިވެގެންދިޔައީއެވެ.

އޭގެފަހުން ޑިމޮކްރަޓްސް އަށް އެމަނިކުފާނު ސޮއިކުރުމަށް 13 ޖުލައި ގައި އަރޓިފިޝިއަލް ބީޗް ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ރޫޅާލައްވާނެކަމަށެވެ. "އަޅުގަނޑު ދަންނަވާނަން އެމްޑީޕީގެ ހުރިހާ މެމްބަރުންނަށް. ތި ޕާޓީ އިރާދަކުރެއްވިއްޔާ އަޅުގަނޑު ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ތި ކެޔޮގަނޑުގެ ފޫވައް، ވެއްޓިއްޖެ، ތި ޕާޓީ އަޅުގަނޑުމެން ރޫޅާލާނަން، " ނަޝީދު ވިދާޅުވިއެވެ. ދެން ފެށިގެންދިޔައީ އެމްޑީޕީ ރޫޅާލުމުގެ މަރުހަލާއެވެ.

އެމްޑީޕީ ރޫޅާލުމުގެ މަސައްކަތަކާއެކު ޑިމޮކްރަޓުން ދެން ފެށީ ބަރުލަމާނީ ނިޒާމު ގެނައުމުގެ މަސައްކަތެވެ. ރިޔާސީ އިންތިޚާބުން ތިން ވަނަ ލިބުމާއެކު އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރާ ދެ ޕާޓީއާއެކު މަޝްވަރާތަކެއްކޮށް ޝަރުތުތަކެއް ކުރަމުންދިޔަތަނެވެ. އެންމެ މައިގަނޑު އެއް ޝަރުތަކަށްވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމެވެ.

ހަމަ މިމުއްދަތުގެ ތެރޭގައި ޑިމޮކްރަޓުން އެންމެ ބޮޑަށް ވަކާލާތުކުރަމުންދިޔައީ "އިބޫ ނޫންގޮތެއް" ހޯދުމަށެވެ. އެމްޑީޕީގެ ސަރުކާރު ވޯޓުން ބަލިކޮށް އެހެން ސަރުކާރެއް ގެނައުމަށެވެ. ކޮންމެ އަކަސް "އިބޫ ނޫންގޮތެއް" ހޯދުމުގައި ދަ ޑިމޮކްރަޓްސް ކާމިޔާބީ ހޯދައިފިއެވެ. ނަމަވެސް އިންތިޚާބުގެ ނަތީޖާއަށް ފަހު ރަނގަޅަށް ހިންދެމިނުލެވުނީސް އެމްޑީޕީ ރޫޅާލައްވާނެކަމަށް ވިދާޅުވި ނަޝީދު އެމްޑީޕީ އާ އަލުން ގުޅެން ބޭނުންވާކަން ހާމަކުރައްވާ އެމްޑީޕީގެ އިސް ފަރާތްތަކަށް މެސެޖްކުރެއްވިއެވެ. އޭރު ނިޒާމީ ވޯޓު ނެގުމާއި ގުޅޭ ގަރާރު އޮތީ ރައްޔިތުންގެ މަޖިލީހުގައެވެ.

އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ޑިމޮކްރަޓުންގެ އާންމު މެމްބަރުންނާއި އިސް ފަރާތްތަކުން އެމްޑީޕީ ސަރުކާރާ ދެކޮޅަށް ކުރި ކެމްޕެއިނާ އެމްޑީޕީއަށް އިންތިޚާބުގައި ކުރިމަތިވި ނާކާމިޔާބީ އާއެކު މުޅި އެމްޑީޕީ އިއްތިފާގުވީ އެއް ކަމަކީ އެޕާޓީ ބޭނުންވަނީ "ނަޝީދު ނޫން ގޮތެއް" ކަމަށެވެ. އެމްޑީޕީން ތާއީދުކުރާނެ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް ބޭއްވި ގައުމީ މަޖިލީހުގެ ރޫޙު ހުރީ އެޕާޓީން މިހުރިހާ ދުވަހު އެބޭފުޅަކަށްޓަކައި ގުރުބާންވި ހިތްތަކުގެ ރައީސް އާ ދެކޮޅަށެވެ. އަދި ޑިމޮކްރަޓުން ބަރުލަމާނީ ނިޒާމު ބޭނުންވާތީވެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރަޓުން " އިބޫ ނޫންގޮތެއް" ބޭނުންވުމުން އެމްޑީޕީން ދެން ބޭނުންވަނީ "ބަރުލަމާނީ ނޫން ގޮތެއް، ރައީސް ނަޝީދު ނޫން ގޮތެއް" ކަމަށް ބުނަމުންދިޔައެވެ.

މިކަންވީ ޑިމޮކްރަޓުންނަށް ހަޖަމުކުރަން ފަސޭހަކަމަކަށްނޫނެވެ. "ޖަޒުބާތުގައި" ޖެހި އެމްޑީޕީން ނިންމި ނިންމުމަކީ ގައުމަށް ވިސްނާފައި ނިންމި ނިންމުނެއް ނޫންކަމަށް ބުނެ ޑިމޮކްރަޓުންގެ އިސް ބޭފުޅުންނާއި އާންމު މެމްބަރުން ފާޑުކިޔުންތައް އެމްޑީޕީއަށް އަމާޒުކުރަން ފެށިއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނިންމުމަށްފަހު ރައްޔިތުންގެ މަޖިލީހުގައި އޮތް ވެރިކަމުގެ ނިޒާމާ ގުޅޭ ގަރާރު ނަގާ ނިޒާމީ ވޯޓުގެ ކަންކަން އިހަށް މަޑުޖައްސާލުމަށް ރައީސް ނަޝީދު ނިންމެވިއެވެ. ވިދާޅުވީ އަލަށް އިންތިޚާބުވެވަޑައިގެންނެވި ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަށް ޖާގަ ދެއްވުމަށްކަމަށެވެ.

ދެން ޑިމޮކްރަޓުން ދެމުން އަންނަ ޔަގީންކަމަކީ ޑިމޮކްރަޓުންނަކީ ދެން އުފެދޭ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ހިއްސާވާ ބައެއްކަމަށެވެ. މާނައަކީ ޑިމޮކްރަޓުން މަސައްކަތްކުރާނީ ސަރުކާރު ފަޅީގައެވެ. އެމްޑީޕީ އޮންނާނީ އިދިކޮޅު ޕާޓީގެ ގޮތުގައެވެ. ސަރުކާރު ފަޅީގައި އޮވެ ޑިމޮކްރަޓުން ދެންވެސް މަސައްކަތްކުރާނީ އެމްޑީޕީ ރޫޅާލުމަށެވެ. އެމްޑީޕީ ރޫޅާލުމަށް ނުވަތަ އެމްޑީޕީ މިހާރު އޮތްވަރަށްވުރެ ބަލިކޮށްލުމަށް ޑިމޮކްރަޓުންނަށް މިވަގުތަށް އޮތް އެންމެ މުހިންމު މަސައްކަތަކީ ރައްޔިތުންގެ މަޖިލީހުގައި އޮތް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ފެއިލްކޮށްލުމެވެ. ޑިމޮކްރަޓުންނަކީ މިވަގުތު މަޖިލީހުގެ މައިނޯރިޓީ ޕާޓީއެވެ. ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ކާމިޔާބުކުރުމަށް ބޭނުންވާ އަދަދަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގައި މެމްބަރުން ތިއްބެވިނަމަވެސް މީގެކުރިން މިމައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު އެކަން ކުރިޔަށްދާނެ ކަމާމެދު އުފެދޭ ސުވާލުތައް ވަރަށް ގިނައެވެ. އެމްޑީޕީގެ މެޖޯރިޓީ އޮވެ ރައްޔިތުންގެ މަޖިލީހުން މިއަހަރުގެ ޖޫން މަހުން ފެށިގެން އެދެވޭ އެއްވެސް މަސައްކަތެއް ނުކުރެވުމަކީ އެޕާޓީއަށް ކުރިޔަށް އޮތް މަޖިލީސް އިންތިޚާބަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެކެވެ.

ދެން އޮތީ ޑިމޮކްރަޓުން ސަރުކާރުގައި ބައިވެރިވެގެން އެމްޑީޕީގެ އިސްވެރިންގެ މައްޗަށް ދައުވާކުރުމަށް ސަރުކާރަށް ޕްރެޝަރކުރުމެވެ. ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއެކު އެންމެ ބޮޑަށް ޑިމޮކްރަޓުން ދައްކަމުން އަންނަ ވާހަކައަކީ އެމްޑީޕީ ސަރުކާރުގެ ޚިޔާނާތުގެ ވާހަކައެވެ. އެމައްސަލަތައް ނުބެލޭކަމުގެ ވާހަކައެވެ. އެމްޑީޕީގެ އިސްވެރިންގެ މައްޗަށް ދައުވާކޮށް އެދައުވާތައް ކާމިޔާބުވެއްޖެނަމަ އެއީ ޑިމޮކްރަޓުން އޭގެކުރިން އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ހިއްސާވި ސަރުކާރެއްނަމަވެސް ޑިމޮކްރަޓުން ބޭނުންވި ކަމެއް އަނެއްކާވެސް ކާމިޔާބުވީއެވެ. އެމްޑީޕީ ރޫޅާލުމާ ކައިރިއަށް އާދެވުނީއެވެ.

ކޮންމެއަކަސް ޑިމޮކްރަޓުން މިބޭނުންވާ އެމްޑީޕީ ރޫޅާލުމުގެ ކަންކަމުގައި އުޅެމުންދާއިރު އެންމެ ބޮޑު ފައިދާއެއް ވެގެންދާތަން މިފެންނަނީ އެމްޑީޕީ އާއި ޑިމޮކްރަޓުންނާ ތަފާތު ފިކުރު ޕީޕީއެމް/ޕީއެންސީއަށެވެ. އެކަން މިފަހަރުގެ އިންތިޚާބުންވެސް ފެނިގެން ހިނގައްޖެއެވެ. އެހެންނަމަވެސް ވަރިހަމައެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އެމްޑީޕީ ރޫޅާލަން އެބަޖެހެއެވެ. އެމްޑީޕީގެ ބޮޑު ފަޅި އަކީ ޑިމޮކްރަޓްސް ކަމަށް ނަޝީދު ވިދާޅުވި ވާހަކަ ތެދަކަށް ހެދޭނެ ހަމައެކަނި ގޮތަކީ އެއީއެވެ. އެމްޑީޕީ ރޫޅާލައިގެންނެވެ. އަދި އެމްޑީޕީ އަލުން ހޯދައިގެންނެވެ.

ދަ ޑިމޮކްރެޓްސް ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު