Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީން މެންބަރުން ވަކިވެވަޑައިގަތުން

ފެއިލްވި ބަޔަކު ވަރުގަދަކޮށް ނޯންނާނެ، އެމްޑީޕީއަކީ އެންމެ ވަރުގަދަ ޕާޓީ: ސަލީމް

އެމްޑީޕީން އިތުރު މެންބަރުންތަކެއް ވަކިވެވަޑައިގަންނަވާ މަންޒަރު ފެނިވަޑައިނުގަންނަވާކަމަށް، މެންބަރު އަލީ ނިޔާޒުވެސް ވިދާޅުވި

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2023 | ހޮނިހިރު 13:08
މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު، އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް

މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު، އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް

އެމްޑީޕީ ފެއިލްވިނަމަ، މަޖިލީހުގެ މެޖޯރިޓީގައި އެ ޕާޓީ ނޯންނާނެ ކަމަށާއި، އެމްޑީޕީއަކީ އަދިވެސް އެންމެ ވަރުގަދަ ޕާޓީކަމަށް, ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕު (ޕީޖީ)ން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްޑީޕީން ވަކިވެވަޑައިގެން، ވެރިކަން ކުރާ ޕީއެންސީއަށް 13 މެންބަރަކު ބަދަލުވެވަޑައިގަތުމާ ގުޅޭގޮތުން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މެންބަރު ސަލީމް ވިދާޅުވީ، އެމްޑީޕީގެ ޕީޖީ އޮތީ ވަރަށް ވަރުގަދަކޮށް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގައި 43 މެންބަރުން ތިއްބެވި ޕާޓީއެއް އެމްޑީޕީ ނޫނީ ނެތްކަމަށެވެ.

Advertisement - newsAdvertisement

ސަލީމް ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލިސްވެސް ނިންމާނީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕް ވަރުގަދަކޮށް، އެކުގައި އޮވެގެން ކަމަށެވެ. އެހެންކަމުން "ފެއިލް" ވި ބަޔަކު ވަރުގަދަކޮށް އޮންނާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، އެމްޑީޕީއަކީ އަދިވެސް އެންމެ ވަރުގަދަ ޕާޓީގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

އެއާއެކު އެމްޑީޕީގެ ތެރެއިން ވަކިވެ، ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދަވައިގެން ބަދަލުވެވަޑައިގެންނެވި މެންބަރުންނާއި ޕީއެންސީއަށް ބަދަލުވެވަޑައިގެންނެވި މެންބަރުންނާއެކު، އެމްޑީޕީގެ ޕީޖީން އެކަތިގަނޑެއްގެ ގޮތުގައި ތިބުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިޔާ ސުވާލު ދެންނެވިއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މެންބަރު ސަލީމް ވިދާޅުވީ، އެމްޑީޕީގެ ޕީޖީން ކުރި މަސައްކަތުގެ ނަތީޖާއަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ދައުރާ ކުރިމަތިލާއިރުވެސް، އެމްޑީޕީއަކީ މަޖިލީހުގެ އެންމެ ވަރުގަދަ ޕާޓީގެ ގޮތުގައި އޮތުންކަމަށެވެ.

ސަލީމް އެފަދައިން ވިދާޅުވިއިރު، އެ ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒްވެސް ވަނީ އެމްޑީޕީން އިތުރު މެންބަރުންތަކެއް ވަކިނުވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

އެގޮތުން ނިޔާޒް ވިދާޅުވީ ކުރިއަށްއޮތް ތަނުގައިވެސް މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ހިފެހެއްޓޭނެކަމަށާއި، އިތުރު މެންބަރަކު އެ ޕާޓީން ވަކިވެވަޑައިގަންނަވާ މަންޒަރެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ހޯރަފުށީ ދާއިރާގެ މެންބަރު, އަޙުމަދު ސަލީމްޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންރައްޔިތުންގެ މަޖިލިސްދަ ޑިމޮކްރެޓްސް ޕާޓީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

23 ފެބުރުއަރީ
ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން
20233 އަހަރު ކުރިން
ރިޕޯޓު

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟
20224 އަހަރު ކުރިން
ރިޕޯޓު

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން
20197 އަހަރު ކުރިން
ރިޕޯޓު

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު