Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕޯސްޓް ކްލިއަރެންސް

ޕޯސްޓް ކްލިއަރެންސް އޯޑިޓާ ގުޅިގެން ފިޔަވަޅު އެޅުމުގެ އިޖުރާއަތަށް ބަދަލެއް

ލިޔުންތައް ނުދެއްކުމަށް ބާރު ފޯރުވައި ނުފޫޒު ފޯރުވުމުގެގޮތުން އެ ފަރާތަކުން އެއްވެސް ޢަމަލެއް ކޮށްގެން ނުވާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 24 މެއި 2023 | ބުދަ 05:43
ކަސްޓަމްސް

ކަސްޓަމްސް

ޕޯސްޓް ކްލިއަރެންސް އޯޑިޓާ ގުޅިގެން ފިޔަވަޅުއެޅުމުގެ އިޖުރާއަތުތަކަށް ބަދަލު ގެނެސް، ކަސްޓަމްސްގެ ޢާންމު ގަވާއިދަށް 12 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދަށް އަމަލު ކުރަން ފަށައިފިއެވެ.

ޤަވާއިދުގައި ބަޔާންކޮށްފައިވަނީ ޕޯސްޓް ކްލިއަރެންސް އޯޑިޓްކުރުމުގައ،ި ރާއްޖެއަށް މުދާ އިމްޕޯޓްކުރި ފަރާތުން ނުވަތަ ރާއްޖެއިން މުދާ އެކްސްޕޯޓްކުރި ފަރާތުން ލިޔުން ބަހައްޓައިފައި ހުރި ތަނަކަށް ގޮސް އޯޑިޓްކުރާނަމ،ަ އޯޑިޓްކުރާނެކަނ،ް އެ މުދަލެއް ރާއްޖެއަށް އިމްޕޯޓްކުރިތާ ނުވަތަ ރާއްޖެއިން އެކްސްޕޯޓްކުރިތާ ގިނަވެގެން މީލާދީ 1 އަހަރު ދުވަހުގެ ތެރޭގައި އެ މުދާ ރާއްޖެއަށް އިމްޕޯޓްކުރި ނުވަތަ ރާއްޖެއިން އެކްސްޕޯޓްކުރި ފަރާތަށް ކަސްޓަމްސްއިން އަންގަންވާނެ ކަމަށެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، ޕޯސްޓް ކްލިއަރެންސް އޯޑިޓުން ފާހަގަކުރެވޭ މައްސަލަތަކުގެ ތެރެއިނ،ް އެ ގަވާއިދުގެ 539 ވަނަ މާއްދާގެ ހ ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތް ފިޔަވައި އެ ނޫން ހާލަތްތަކުގައި ފިޔަވަޅު އަޅަންވާނ،ީ ކުރިޔަށް ގެންދިޔަ އޯޑިޓުގައި އޯޑިޓްކުރި ޑިކްލަރޭޝަންތަކުގެ ތެރެއިން މައްސަލަ ފާހަގަކުރެވިފައިވާ އެންމެހައި ޑިކްލަރޭޝަންތަކުގެ މައްސަލަތައް އެއ،ީ އެއް މައްސަލައެއްގެ ގޮތުގައި ބަލައިގެންކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ޤަވާއިދުގައި ބަޔާން ކޮށްފައިވަނީ ކަސްޓަމްސްގެ ޕޯސްޓް ކްލިއަރެންސް އޯޑިޓްކުރާ މަރުޙަލާގައި ފާހަގަކުރެވޭ މައްސަލަތަކާމެދު ފިޔަވަޅުއެޅުމުގައި އޯޑިޓްކުރެވޭ މުއްދަތުގައި ހިމެނޭ ޑިކްލަރޭޝަންތަކުގެ ތެރެއިން ބްރޯކަރުން (ކަސްޓަމްސްގެ މެދުވެރިން) ހުށަހަޅައިފައިވާ ޑިކްލަރޭޝަންތަކުގެ ކްލެސިފިކޭޝަން ނުވަތަ ޓެރިފް ރޭޓް ދިމާނުވުމުގެ ކުށްތަކަށް މި ގަވާއިދުގެ 541 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އަޅަންވާނެ ކަމަށެވެ.

ކަސްޓަމްސްއިން ޕޯސްޓް ކްލިއަރެންސް އޯޑިޓްކުރުމަށް ކަނޑައަޅައ،ި އޯޑިޓްކުރެވޭ ފަރާތަށް ލިޔުން ފޮނުވާތާ 30 ދުވަހުގެ ތެރޭގައ،ި އޯޑިޓްކުރެވޭ ފަރާތުން ކަސްޓަމްސްއަށް ހުށަހަޅައިފައިވާ ޑިކްލަރޭޝަންތަކުގައި ހުރި މައްސަލައެއް ނުވަތަ މައްސަލަތަކެއް ފާހަގަކޮށް އެ ކަމެއް އިޞްލާޙުކުރުމަށް އެދި އެ ފަރާތުން ކަސްޓަމްސްއަށް ހުށަހަޅައިފިނަމަ، އެ ފަރާތެއް އޯޑިޓްކުރުމަށް ކަނޑައެޅޭ ފުރަތަމަ ފަހަރ،ު އިޞްލާޙުކުރުމަށް ހުށަހަޅައިފައިވާ މައްސަލައާ ގުޅިގެން މި ގަވާއިދުގެ 536 ވަނަ މާއްދާއާއި 540 ވަނަ މާއްދާއާއި 541 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައްސަލަތަކުގައި ކުރެވޭ ޖޫރިމަނާއިން އެ ފަރާތް އިސްތިސްނާވާނެއެެވެ.

ޕޯޯސްޓް ކްލިއަރެންސް އޯޑިޓުގެ ބޭނުމަށް ކަސްޓަމްސްއިން ބަލަން ބޭނުންވާ އެންމެހައި ލިޔުންތައް ، އެއްވެސް ޝަރުޠަކާ ނުލައި ބެލޭނެ އިންތިޒާމުތައް ރާއްޖެއަށް މުދާ އިމްޕޯޓްކުރާ ފަރާތްތަކުންނާއ،ި ރާއްޖެއިން މުދާ އެކްސްޕޯޓްކުރާ ފަރާތްތަކުން ފަހިކޮށްދޭންވާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އަދި އެ ލިޔުންތައް ނުދެއްކުމަށް ބާރު ފޯރުވައި ނުފޫޒު ފޯރުވުމުގެގޮތުން އެ ފަރާތަކުން އެއްވެސް ޢަމަލެއް ކޮށްގެން ނުވާނެކަމަށްވެސް ޤަވާއިދުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން، ކަސްޓަމްސްއިން ބަލަން ބޭނުންވާ ލިޔުންތަކަކ،ީ އިލެކްޓްރޯނިކް ފޯމެޓުގައި އެކްސެސް ކޮންޓްރޯލްކޮށް ރައްކައުކޮށްފައިވާ ލިޔުންތަކެއްނަމަ، ސިސްޓަމްތަކަށް އެކްސެސްވެ ނުވަތަ އެ ނޫންވެސް ގޮތަކުން ވިޔަސް އެ ލިޔުންތައް ކަސްޓަމްސްއަށް ބެލޭނޭ އިންތިޒާމު ހަމަޖައްސައިދޭން ޖެހެއެވެ.

ޤަވާއިދު ބުނާ ގޮތުން ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ އެ ތަނަށް ވެއްދުމުގައި ނުވަތަ އެ ތަނުން ނެރުމުގައި ނުވަތަ އެ ތަނުގައި ހުންނަ ހުރުމުގައި މުދަލަށް ގެއްލުމެއް ލިބިއްޖެނަމ،ަ ނުވަތަ ހަލާކުވެއްޖެނަމ،ަ ނުވަތަ އެ މުދާ މަދުވެއްޖެނަމ،ަ ނުވަތަ އެ މުދާ ވަގަށް ނަގައިފިނަމ،ަ ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތުން އެ މުދަލަށް އިމްޕޯޓް ޑިއުޓީ ދައްކަންޖެހޭނެއެވެ.

އެހެން ނަމަވެސް، ޚާއްޞަ ހާލަތެއް މެދުވެރިވުމުގެ ސަބަބުން ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދަލުގެ ވިޔަފާރި ހުއްޓުމަކަށް އަންނަ ހާލަތެއްގައި ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދަލުގެ މުއްދަތު ހަމަވުމުގެ ސަބަބުން، ނުވަތަ އަމިއްލަ ޒާތުގައި ހަލާކުވުމުގެ ސަބަބުން އެ މުދާ ކަސްޓަމްސްގެ ބެލުމުގެ ދަށުން ނައްތައިލާނަމ،ަ ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތުން އެ މުދަލަށް އިމްޕޯޓް ޑިއުޓީ ދައްކާކަށެއް ނުޖެހޭނެއެވެ.

މޯލްޑިވްސް ޕސްޓް ލިމިޓެޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

07 ޑިސެމްބަރު 2025
ޕޯސްޓުގެ ޚިދުމަތް އިތުރަށް ތަރައްޤީކުރަން މަސައްކަތްތަކެއް

ޕޯސްޓުގެ ޚިދުމަތް އިތުރަށް ތަރައްޤީކުރަން މަސައްކަތްތަކެއް

28 ޖޫން 2022
ރަށްރަށުގައި ކޮމިއުނިޓީ ޝޮޕްތަކެއް ޤާއިމުކުރުމަށް މިދަނީ މަސައްކަތް ކުރަމުން: ޕޯސްޓް އޮފީސް

ރަށްރަށުގައި ކޮމިއުނިޓީ ޝޮޕްތަކެއް ޤާއިމުކުރުމަށް މިދަނީ މަސައްކަތް ކުރަމުން: ޕޯސްޓް އޮފީސް

09 އޮކްޓޯބަރު 2021
ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތަށް މިއަދު 115 އަހަރު

ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތަށް މިއަދު 115 އަހަރު

09 ސެޕްޓެމްބަރު 2021
ޚިދުމަތްތައް ފުޅާކުރުމާއެކު އީ-ޓުކުރި ކޮމިޔުނިޓީ ފިހާރަ އޮގަސްޓް މަހު ހުޅުވަނީ

ޚިދުމަތްތައް ފުޅާކުރުމާއެކު އީ-ޓުކުރި ކޮމިޔުނިޓީ ފިހާރަ އޮގަސްޓް މަހު ހުޅުވަނީ

14 ޖުލައި 2021

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު