Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕޯސްޓް އޮފީހުގެ ކޮރަޕްޝަން

ޕޯސްޓް އޮފީހުގެ އިސްވެރިންގެ މައްޗަށް ސީރިއަސް ކަރަޕްޝަންގެ ތުހުމަތުތަކެއް - މައްސަލަ އޭސީސީ އަށް ހުށަހަޅައިފި!

5 މީހުންގެ މައްޗަށް 13 ތުހުމަތެއް ވަނީ ކޮށްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2024 | ބުރާސްފަތި 12:05
މޯލްޑިވްސް ޕޯސްޓް އޮފީސް

މޯލްޑިވްސް ޕޯސްޓް އޮފީސް

ޑރ. މުއިއްޒުގެ ސަރުކާރުގެ ތެރޭގައި ކަރަޕްޝަން އިންތިހާ އަށް އަށަަގަނެފައިވާ ކަމުގެ ރިޕޯޓްތައް ހާމަވަމުން ދަނިިކޮށް، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ އިސްވެރިން ހިންގާކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ ސީރިއަސް މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

އޭސީސީއަށް ހުށަހެޅި މައްސަލައިގައި ތުހުމަތުކޮށްފައިވަނީ ޕޯސްޓް އޮފީހުގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަފީގު، އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރ (މެއިލް އޮޕަރޭޝަންސް) އައިމިނަތު ޝަރުމާ، އެގްޒެކެޓިވް ޑިރެކްޓަރ (އެޑްމިނިސްޓްރޭޝަން އެންޑް ހިއުމަން ރިސޯސަސް) ފާތިމަތު ސީމާ، އެގްޒެކެޓިވް ޑިރެކްޓަރު (އީ ކޮމާސް އެންޑް ލޮޖިސްޓިކްސް) މުހައްމަދު އަހުމަދު، އަދި ޑިރެކްޓަރ (ހިއުމަން ރިސޯސަސް) އައިމިނަތު ސުހާނާ އަށެވެ.

Advertisement - newsAdvertisement

މި 5 މީހުންގެ މައްޗަށް 13 ތުހުމަތެއް ވަނީ ކޮށްފައެވެ. 'އަދަދު' ނޫހުގައި ހިއްސާކޮށްފައިވާ މައުލޫމާތުން ގޮތުން އޭސީސިއަށް ހުށަހަޅާފައިވާ މައްސަލައިގައި ހިމެނޭ ތުހުމަތުތަކުގެ ތެރޭގައި ވަޒީފާތަކަށް މުވައްޒަފުން ނެގުމުގައި، މާކްސް ޝީޓްތަކަށް ބަދަލުގެނެސް، ވެރިންގެ މަސްލަހަތު އޮތް މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، މެނޭޖިންގ ޑިރެކްޓަރ ޝަފީގު 'ބ' ކެޓަގަރީގެ ކުންފުނިތަކުގެ ނިސްބަތުން މުސާރަ ނެގުމުގެ ތުުމަތާއި، ވަކި މީހަކު ނެގުމަށް ކޮމްޕެނީ ސެކްރެޓަރީގެ މަގާމަށް އިއުލާން ކުރުމާއި، ދުރާލާ ރޭވިގެން އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އަހުމަދުއަށް ވަޒީފާ ދޭން އިއުލާން ކުރުން ހިމެނެއެވެ.

މީގެ އިތުރުން ޝަފީގުގެ ގާތް މުވައްޒަފުންނަށް އިންޓާނަލް ރެކްރޫޓްމަންޓްގެ ނަމުގައި ޕްރޮމޯޝަންތައް ދިނުމާއި، ބޯޑު ބައްދަލުވުންތައް ހުއްޓާލުމަށްފަހު، ކުންފުނީގެ މައްޗަށް އަހުމަދު ޝަފީގުގެ މަސްލަހަތު އިސްކުރުމާއި، ޕީސީބީގެ ސާކިއުލާއާ ހިލާފަށް މުވައްޒަފުން ނެގުމަށް އިއުލާން ކުރަމުން ދިޔުން ހިމެނެއެވެ.

މީގެ އިތުރުންވެސް އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އަހުމަދުގެ މަސްލަހަތަށް، ކުރާނެ މަސައްކަތެއް ނެތި މުވައްޒަފުންތަކެއް ނެގުމާއި، ބައެއް ވެރިންގެ މަސްލަހަތު އެކުލެވޭ ގޮތަށް ހާޒިރީއަށް ބަދަލު ގެނައުމާއި، ވަކި ބަޔަކަށް ވިޔަފާރި ކޮށްދިނުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމު ކޮށްފައިވާ ޕޯސްޓް ޝޮޕްގައި މުދާ ބަހައްޓައިގެން ވިއްކައި ދިނުމާއި، މެއިލް އޮޕަރޭޝަން ޑިވިޝަންގެ މުވައްޒަފުން އޮފީހަށް ފޯނު ވެއްދުން މަނާ ކުރުމާއި، އަންދާސީ ހިސާބު ހޯދައިގެން ކުރެވޭ މަސައްކަތްތައް ވެސް ސިންގަލް ސޯސް ކޮށްގެން ކުރަން އިސްކަން ދިނުމާއި، އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އަހުމަދުގެ ވިިޔަފާރީގެ މަސްލަހަތު ހިމެނޭ ގޮތަށް އީ-ޓުކުރި ޕްލަސްގެ ނަމުގައި ހިދުމަތެއް ތައާރަފް ކުރަން މަސައްކަތް ފެށުން ހިމެނެއެވެ.

ޕޯސްޓް އޮފީހުގެ ވެރިންގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް އޭސީސީއަށް ހުށަހެޅިފައިވަ ކަން އިތުބާރު ހުރި ފަރާތަކުން ވަނީ ރާއްޖެއެމްވީއަށް ކަށަވަރުކޮށްދީފައެވެ. އެފަރާތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެފަދަ މައްސަލައެއް އޭސީސީއަށް ހުށަހެޅިފައިވާ ކަމަށާއި، އޭސީސީއަށް މައްސަލަ ހުށަހެޅީ ޕޯސްޓް އޮފީސް ތެރެއިން ކަމަށެވެ. ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ. އޭސީސީން މިކަމާއި ގުޅޭ ރަސްމީ ބަހެއް ހޯދަން ތަކުރާރުކޮށް މަސައްކަތްކުރިނަމަވެސް އެ މައުލޫމާތެއް ލިބޭގޮތް ނުވެއެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި

16 ޖެނުއަރީ 2017
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު