Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޭރީ ގްރޭސްގެ މަރުގެ މައްސަލަ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ހޯމަ ދުވަހުގެ އަޑުއެހުމުގައި ވަނީ ތިން މީހެއްގެ ހެކިބަސް ނަގާފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 22 މެއި 2023 | ހޯމަ 12:40
މޭރީ ގްރޭސް އޭނާގެ ފިރިމީހާ މާވިން އެސް.ވައި ވާރގަސް، އަދި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާ

މޭރީ ގްރޭސް އޭނާގެ ފިރިމީހާ މާވިން އެސް.ވައި ވާރގަސް، އަދި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާ

މޭރީ ގްރޭސްގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން އޭނާގެ ފިރިމީހާ މާވިން އެސް.ވައި ވާރގަސްއާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާ އެކުގައި ތިބެގެން ފޯނުން ކޮންމެވެސް އެއްޗެއް ބަލަމުންދިޔަ މަންޒަރު ފެނުނު ކަމަށް ހެކިވެރިޔަކު ބުނެފިއެވެ.

މި މައްސަލާގައި މިހާރު ކުރިއަށްދަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. އެގޮތުން ހޯމަ ދުވަހުގެ އަޑުއެހުމުގައި ވަނީ ތިން މީހެއްގެ ހެކިބަސް ނަގާފައެވެ.

Advertisement - newsAdvertisement

މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ލަމްހާގެ މައްޗަށް އުފުލާފައިވަނީ؛ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއާއި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާއެވެ. އަދި މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

ހޯމަ ދުވަހު ކުރިއަށް ދިޔަ ޝަރީއަތުގައި، މޭރީއާ އެއްޑިޕާޓްމެންޓެއްގައި މަސައްކަތްކުރި އައިޖީއެމްއެޗްގެ ނަރުހެއްގެ ހެކިބަސް ވަނީ ނަގާފައެވެ. އޭނާ ކިޔައިދީފައިވާގޮތުގައި މާވިންއާ ލަމްހާއާ ދެމެދު ގުޅުމެއް އޮތްކަން މޭރީއަށް އެނގުނީ މާވިންގެ ފޯނު ބެލުމުންނެވެ. އޭނާއަކީ މޭރީގެ ގާތް އެކުވެރިއަކަށް ވުމުން އެ ދެ މީހުންގެ ގުޅުމުގެ ވާހަކަތައް މޭރީ ހިއްސާކޮށްފައިވާކަމަށް ބުނެފައިވެއެވެ. އަދި އެ ދެ މީހުން ދައްކާފައިވާ ވާހަކަތަކުގެ ފޮޓޯތަކެއްވެސް މޭރީ އޭނާއަށް ދެއްކި ކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ. އަދި އެދުވަސްވަރު ނުދަންނަ ނަންބަރުތަކުން މޭރީއަށް މެސެޖްކޮށް ފުރައްސާރަކޮށްފައިވާކަމަށް ހެކިވެރިޔާ ބުންޏެވެ.

މީގެ އިތުރުން ހެކިވެރިޔާ ބުނެފައިވާގޮތުގައި، ލަމްހާއަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އާއިލީ ގުޅުން އޮންނަ ފަރާތަކަށް ވެފައި، ނުފޫޒުގަދަ އާއިލާއެއްގެ މީހެއް ކަމަށާއި، ސިޔާސީ ނުފޫޒު އޮންނަ ކަމަށް ލަމްހާގެ ފަރާތުން މޭރީއަށް ބުނެދީފައިވެއެވެ. އެބުނާ ފުރައްސާރައިގެ މައްސަލައިގެ ބަޔާން އެކަހެރިކޮށް ނަގަން ފުލުހަކު އެދުނު ކަމަށާއި، އެފުލުސް މީހާއާ މޭރީ ވަކިން ކެފޭއެއްގައި ބައްދަލުކުރިއެވެ. އަދި ފުލުސް މީހާއާ ބައްދަލުކުރަން މޭރީ ދިޔައިރު، ލަމްހާއާއެކު ބަދަލުކުރެވުނު މެސެޖުތަކުގެ ސްކްރީންޝޮޓްތައް ޕްރިންޓްކޮށްގެން ގެންދިޔަ ކަމަށްވެސް ހެކިވެރިޔާ ބުންޏެވެ.

ނަމަވެސް މޭރީއާ ފުލުސް މީހާގެ ދެމެދު ހިނގައިދިޔަ މި ހާދިސާގައި ފުލުސް މީހާގެ ހެކިބަސް ތަފާތެވެ. މީގެ ކުރިން އޭނާ ބުނެފައިވަނީ މޭރީއާ ބައްދަލުކުރަން ދިޔައީ ލަމްހާ އެދުމުން، އެ ދެ މީހުންގެ މެދުގައި ޖެހިފައިވާ މައްސަލަ ހައްލުކޮށްދިނުމަށް ކަމަށެވެ.

މޭރީ މަރުވި ދުވަހަށް އިޝާރާތްކޮށް ހެކިވެރިޔާ ބުނީ، އޭނާ އެދުވަހުވެސް ޑިއުޓީއަށް އެރީ މޭރީއާއެކު ކަމަށާއި، އެދުވަހު މޭރީ މަސައްކަތް ކުރަމުންދިޔައީ ވަރަށް ހަމަޖެހިގެން ކަމަށެވެ. މެންދުރު ބްރޭކަށް ދިޔައީ ވަރަށް ހަމަޖެހިގެން ކަމަށާއި، އޭގެ ފަހުން އޭނާގެ މަރުވެފައިވާ ހަށިގަނޑު ހޮސްޕިޓަލަށް ގެނައީ މާވިން ކަމަށް ހެކިވެރިޔާ ބުންޏެވެ. އެކަމާ ގުޅިގެން މާވިންއާ ވާހަކަދެއްކިކަމަށާއި، ދެ މީހުންގެ ދެމެދުގައި ގޭގައި ހިނގި ޒުވާބަކަށްފަހު ބޭރަށް ނުކުމެފައި އައިއިރު މޭރީ އަމިއްލައަށް ދަންޖެހިފައި ހުރީކަމަށް މާވިން ބުނިކަމަށް ހެކިވެރިޔާ ބުންޏެވެ. ނަމަވެސް ދަންޖެހިފައި ހުރިކަމުގެ އެއްވެސް ނިޝާނެއް މޭރީގެ ހަށިގަނޑުން ނުފެންނަ ކަމަށް ހެކިވެރިޔާ ބުންޏެވެ.

ހެކިވެރިޔާ ބުނީ އޭގެފަހުން ލަމްހާވެސް ހޮސްޕިޓަލަށް އައިކަމަށާއި، މާވިންއާ ދެމީހުން ވަކިން ދުރުގައި ތިބެގެން ވާހަކަތަކެއް ދެއްކިކަމަށެވެ. އަދި ފޯނުން ކޮންމެވެސް އެއްޗެއް ބަލަމުންދިޔަ މަންޒަރު ފެނުނު ކަމަށް ހެކިވެރިޔާ ބުންޏެވެ. މޭރީގެ ހަށިގަނޑު ބޭރަށް ގެންދަން ބޭނުންވާ ވާހަކަވެސް މާވިން ބުނިކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން މޭރީގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިއުމުން ފަރުވާ ދިނުމަށް މަސައްކަތްކުރި ޑޮކްޓަރުގެ ހެކިބަސްވެސް ވަނީ ނަގާފައެވެ. ޑޮކްޓަރު ބުނިގޮތުގައި، މޭރީގެ ހަށިގަނޑު ގެންދިޔައިރުވެސް ވިންދެއް ނެތެވެ. މޭރީ މަރުވީ ދަންޖެހިގެން ކަމަށް މާވިން ބުނިކަމަށާއި އޭރު މާވިން ލައިގެން ހުރި އެއްޗެހިވެސް ތެމިފައިހުރި ކަމަށް އެ ޑޮކްޓަރު ބުންޏެވެ. އަދި މޭރީގެ މޫނު އޭރު ވަރަށް ބޮޑަށް ރަތްވެފައި ހުރުމުން، އޭނާގެ ކަރުން މަތީގައި ލޭ ދައުރުވުން ހުއްޓިފައިވާ ކަމަށް ބެލެވޭ ކަމަށާއި، ކަރުގައި އެއްވެސް ކަހަލަ ނިޝާނެއް ނެތް ކަމަށް ޑޮކްޓަރު ބުންޏެވެ.

ތިންވަނައަށް ހެކި ބަސް ދީފައިވަނީ ލަމްހާ އުޅުނު ކޮޓަރި ފާސްކުރަން ދިޔަ ފުލުހެކެވެ. އޭނާ ބުނެފައިވަނީ އެ ކޮޓަރިން ސިރިންޖާއި ލެޕްޓޮޕާއި އެނޫންވެސް ބައެއް ތަކެތި ފެނިފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ދައުރަކީ އެ ތަނުގެ މަންޒަރުތައް ފޮޓޯ ނެގުން ކަމަށެވެ.

މި މައްސަލައިގެ އިތުރު އަޑުއެހުމެއް އަންގާރަ ދުވަހުވެސް ބާއްވާނެއެވެ. އަދި އިތުރު ހެކިންގެ ހެކިބަސް ނަގާނެއެވެ.

މޭރީ ގްރޭސް

ކޮމެންޓް

އިތުރަށް ކިޔާލަން

މޭރީގެ މަރު: ދައުލަތުގެ ހެކިވެރިޔާ ބުނީ ލަމްހާއަކީ އޭނާ ލައިކްވާ މީހެއް ނޫންކަމަށް

މޭރީގެ މަރު: ދައުލަތުގެ ހެކިވެރިޔާ ބުނީ ލަމްހާއަކީ އޭނާ ލައިކްވާ މީހެއް ނޫންކަމަށް

03 ޖުލައި 2024
ލަމްހާ ބަންދުން ދޫކޮށްލީ ރަނގަޅަކަށް ނޫން، އަލުން ޝަރީއަތް ނިމެންދެން ބަންދަށް

ލަމްހާ ބަންދުން ދޫކޮށްލީ ރަނގަޅަކަށް ނޫން، އަލުން ޝަރީއަތް ނިމެންދެން ބަންދަށް

20 ޑިސެމްބަރު 2023
މާވިންގެ ބަންދަށް ލުޔެއް ނުދިން

މާވިންގެ ބަންދަށް ލުޔެއް ނުދިން

23 ނޮވެމްބަރު 2023
ޝަރުތުތަކާއެކު ލަމްހާ ބަންދުން ދޫކޮށްލައިފި، ރޭގަނޑު 10:00ން ހެނދުނު 06:00ށް ބޭރުގައި އުޅުން މަނާ

ޝަރުތުތަކާއެކު ލަމްހާ ބަންދުން ދޫކޮށްލައިފި، ރޭގަނޑު 10:00ން ހެނދުނު 06:00ށް ބޭރުގައި އުޅުން މަނާ

23 ނޮވެމްބަރު 2023
މޭރީ ގްރޭސްގެ މަރު: އިތުރު 3 ހެއްކެއްގެ ހެކިބަސް ނަގައިފި

މޭރީ ގްރޭސްގެ މަރު: އިތުރު 3 ހެއްކެއްގެ ހެކިބަސް ނަގައިފި

14 ނޮވެމްބަރު 2023

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު