Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޭރީގެ މަރު

މޭރީގެ މަރުގެ ތުހުމަތުކުރެވޭ ލަމްހާ ޝަރުތުތަކައެކު ބަންދުން ދޫކޮށްލައިފި

ވަގުތުތަކެއްގައި ބޭރަށް ނުދިއުމާއި، ކޯޓުން އަންގާ ގަޑިތަކަށް، ކޯޓަށް ހާޒިރުވުމާއި ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުދިއުމަށް ޝަރުތުކޮށްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 12 ނޮވެމްބަރު 2024 | އަންގާރަ 14:02
މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާ ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާ ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ހަލީމަތު ލަމްހާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފިއެވެ.

މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާކުރަނީ ހަލީމަތު ލަމްހާގެ އިތުރުން މޭރީގެ ފިރިމީހާ އަދި ލަމްހާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މާވިންގެ މައްޗަށެވެ. މޭރީގެ މަރުގެ މައްސަލާގައި އުމުރުން 30 އަހަރުގެ މާވިން ހައްޔަރުކުރީ އޮކްޓޫބަރު 27، 2021 ގައެވެ. ލަމްހާ ހައްޔަރުކުރީ ނޮވެމްބަރު 16، 2021 ގައެވެ.

Advertisement - newsAdvertisement

މީގެ ކުރިންވެސް ކްރިމިނަލް ކޯޓުގައި އެދިގެން ލަމްހާ ޝަރުތުތަކާއެކު ދޫކޮށްލިއެވެ. މިދިޔަ ނޮވެމްބަރު މަހު އޭނާ ދޫކޮށްލަން ކޯޓުން އަމުރުކުރި ނަމަވެސް ދައުލަތުން މި މައްސަލަ ހައިކޯޓަށް ހުށަހެޅުމުން، 20 ޑިސެމްބަރު 2023 ގައި ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލުކޮށް އޭނާގެ ބަންދު ދަމަހައްޓާފައެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ލަމްހާގެ ބަންދު މުރާޖައާ ކޮށްދިނުމަށް މިދިޔަ އޮކްޓޫބަރު މަހު ކްރިމިނަލް ކޯޓަށް އަނެއްކާވެސް ހުށަހެޅިއެވެ. އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑު އެހުމުގައި އޭނާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލާފައިވާއިރު، ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ވަކި ވަގުތުތަކެއްގައި ބޭރަށް ނުދިއުމާއި، ކޯޓުން އަންގާ ގަޑިތަކަށް، ކޯޓަށް ހާޒިރުވުމާއި ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުދިއުމާއި މާލެއިން ބޭރަށް ފުރައިގެން ނުދިއުމުގެ އިތުރުން މައްސަލައިގައި ހެކި ބަސް ދީފައިވާ އެއްވެސް މީހަކާއި ބައްދަލު ނުކުރުމަށެވެ. މީގެ އިތުރުން މޭރީ ގްރޭސްގެ އާއިލާގެ އެއްވެސް މީހަކާ ވެސް ބައްދަލު ނުކުރުމަށް ޝަރުތުކޮށްފައިވެއެވެ.

އެންމެފަހުން މި މައްސަލައިގައި ބޭއްވި އަޑުއެހުމުގައި ލަމްހާގެ ފަރާތުން ވަނީ ލަމްހާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އަދި ބަންދު ދިގުލައިގެން ދިޔުމުގެ ސަބަބުން އޭނާގެ ހައްގުތައް ގެއްލެމުންދާ ކަމަށް ބުނެފައެވެ. ލަމްހާ ދޫކޮށްލާފައި ހުއްޓާ ހައިކޯޓުން އޭނާ ބަންދުކުރަން އަމުރުކުރީ އޭރު ދަށު ކޯޓުގައި މައްސަލައާއި ގުޅޭ ހެކިބަސް ނަގަމުންދާތީ ޝަރީއަތް ދެން ލަސްވެގެން ނުދާނެ ކަމަށް ބެލުމަށްފަހުއެވެ.

ނަމަވެސް މި މަހުގެ 6 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ލަމްހާ ބަންދުން ދޫކޮށްލުމަށް ދައުލަތުން ދެކޮޅު ހެދިއެވެ. އަދި އިތުރު ހެކިންގެ ހެކިބަސް ނެގުން ކުރިއަށް އެބައޮތް ކަމަށާއި، ލަމްހާގެ ބަންދުކޮށްފައި ހުރީ މުޖުތަމައުއަށް ނުރައްކާވާ ފަދަ ޖިނާއީ ބޮޑު ކުށެއް ޖަމާއަތް ހަދައިގެން ކުރުމުގެ ތުހުމަތުގައި ކަމަށެވެ. އެހެންކަމުން އެ ހާލަތް އަދިވެސް އޮތުމުން ލަމްހާ ދޫކޮށްލަން އެއްބަސް ނުވެވޭނެކަމަށް ދައުލަތުން ވަނީ ބުނެފައެެވެ.

ލަމްހާގެ މައްޗަށް، އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، އޭނާގެ މައްޗަށް ވަނީ, އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާވެސް އުފުލާފައެވެ. އަދި މި މައްސަލައިގައި ހިމެނޭ މާވިންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ.

އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދަައުވާވެސް ލަމްހާގެ މައްޗަށް އުފުލާފައިވާއިރު، ލަމްހާ ދިރިއުޅޭ ގެ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު، ލަމްހާ ދިރިއުޅޭ ކޮޓަރި ތެރެއިން، ހޮސްޕިޓަލްތަކާއި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ފެނިފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޒިޔަދަމްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ޝަނޫންއަށް ޖަވާބުދާރީވުމަށް 10 ދުވަސް!

ޒިޔަދަމްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ޝަނޫންއަށް ޖަވާބުދާރީވުމަށް 10 ދުވަސް!

10 އެޕްރީލު 2017
ރައުދާގެ މަރުގެ މައްސަލައިގައި ސީރަތު ޕަރްވީންއާ ދެކޮޅަށް ދައުވާކޮށްދިނުމަށް އާއިލާއިން އެދެފި

ރައުދާގެ މަރުގެ މައްސަލައިގައި ސީރަތު ޕަރްވީންއާ ދެކޮޅަށް ދައުވާކޮށްދިނުމަށް އާއިލާއިން އެދެފި

10 އެޕްރީލު 2017
ރައުދާގެ މަރުގެ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ދިވެހި ފުލުހުން ހޯދައިފި

ރައުދާގެ މަރުގެ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ދިވެހި ފުލުހުން ހޯދައިފި

06 އެޕްރީލު 2017
ރައުދާގެ މަރުގެ މިނިވަން ތަހުގީގެއް ކުރުމަށް ގޮވާލާ ޕެޓިޝަނެއް ހުޅުވައިފި

ރައުދާގެ މަރުގެ މިނިވަން ތަހުގީގެއް ކުރުމަށް ގޮވާލާ ޕެޓިޝަނެއް ހުޅުވައިފި

04 އެޕްރީލު 2017
 ރައުދާގެ މަރުގެ ތަހުގީގާ ގުޅޭ މައުލޫމާތު ހޯދުމަށް ދެ ފުލުހަކު ބަންގްލަދޭޝްއަށް

ރައުދާގެ މަރުގެ ތަހުގީގާ ގުޅޭ މައުލޫމާތު ހޯދުމަށް ދެ ފުލުހަކު ބަންގްލަދޭޝްއަށް

03 އެޕްރީލު 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު