Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފަލަސްތީނުގެ މިނިވަންކަން

ފަލަސްތީނުގެ މިނިވަންކަމަށް ދިވެހިރާއްޖެއިން ގޮވާލައިފި

މި ގަރާރު ފާސްވެފައިވަނީ އދ.ގެ މެމްބަރު ގައުމުތަކުގެ ތެރެއިން 90 ގައުމުގެ ތާއީދާއެކު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 18 މެއި 2023 | ބުރާސްފަތި 13:34
ދިވެހިރާއްޖެ ފަލަސްތީނާއެކު ވާކަން ދައްކައިނުމުގެގޮތުން ބޭއްވި ހަރަކާތުގައި ކުޑަ ދެ ކުއްޖަކު ރާއްޖެއާއި ފަލަސްތީނުގެ ދިދަ ހިފައިގެން

ދިވެހިރާއްޖެ ފަލަސްތީނާއެކު ވާކަން ދައްކައިނުމުގެގޮތުން ބޭއްވި ހަރަކާތުގައި ކުޑަ ދެ ކުއްޖަކު ރާއްޖެއާއި ފަލަސްތީނުގެ ދިދަ ހިފައިގެން

ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.

ދިވެހިރާއްޖެއިން ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާފައި މިވަނީ، އެ ގައުމުގައި ޔަހޫދީ ދައުލަތެއް އުފެއްދުމަށްޓަކައި ޒަޔަނިސްޓު ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް 1948 މޭ 14ގައި ފެށި ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް، އެ ހާދިސާ ހިނގިތާ 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އދ.ގެ މައި މަރުކަޒުގައި ބޭއްވުނު ޖަލްސާގައެވެ.

Advertisement - newsAdvertisement

އިޒްރޭލުގެ ބާރުތަކުން 1948ގައި ފެށި ލާއިންސާނީ އަމަލުތަކުގައި އެތައް ލައްކަ ފަލަސްތީނު ރައްޔިތުންނެއް މަޖުބޫރުކަމާއެކު އެމީހުންގެ ގައުމުން ނެރެ، އެ ގައުމުގެ އެތައް ސަތޭކަ އަވަށެއް ފަޅުކޮށް، އެތައް ހާސް ފަލަސްތީނު ރައްޔިތުންނެއް ވަނީ ޝަހީދުކޮށްލާފައެވެ. މި ހާދިސާއަށް ފަލަސްތީނުގައި ކިޔައި އުޅެނީ ނަކްބާއެވެ. މިއީ ނަކްބާ ފާހަގަކޮށް، އެކަންކަމާ ދެކޮޅަށް އދ.ގެ މައި މަރުކަޒުގައި ޚާއްސަ އިހްތިފާލެއް ބޭއްވުނު ފުރަތަމަ ފަހަރެވެ.

އިޒްރޭލުން ނަކްބާގައި ހިންގި އަމަލުތައް ކުށްވެރިކޮށް، އެ ލާއިންސާނީ އަމަލުތަކާ ދެކޮޅު ހެދުމުގެ ގޮތުން، ނަކްބާއަށް 75 އަހަރު ފުރޭ ދުވަސް މޭ 15ގައި ފާހަގަކުރުމަށް އދ.ގެ އާއްމު މަޖިލީހުގެ 77 ވަނަ ސެޝަނުގައި ވަނީ ފާސްކޮށްފައެވެ. އެނިންމުމުގެ ދަށުން، ފާއިތުވި ހަފުތާގައި އދ.ގެ މައި މަރުކަޒުގައި ބޭއްވުނު ޖަލްސާގައި ފަލަސްތީނުގެ ރައީސް، މަހުމޫދު އައްބާސްވެސް ބައިވެރިވެވަޑައިގަންނަވައި އދ.ގެ އާއްމު މަޖިލީހާ މުޚާތަބުކުރައްވައި ތަގުރީރުކުރެއްވިއެވެ.

މިޖަލްސާގައި ދިވެހިރާއްޖެއިން ހުށަހެޅި ބަޔާނުގައި ވަނީ، ފަލަސްތީނުގެ ރައްޔިތުންގެ އުނިނުކުރެވޭނެ ހައްގުތައް ހޯދުމަށް އެ ރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށް އެއްވެސް ޝަރުތަކާނުލައި ދިވެހރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަން ތަކުރާރުކޮށްފައެވެ. އެގޮތުން 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ އިންތަކުގެ މައްޗަށް ގާއިމުކޮށްފައިވާ، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ، މިނިވަން، މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް ދިވެހިރާއްޖެއިން ތާއީދުކުރާކަން މިބަޔާނުގައި ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ. އަދި މިނިވަން، މުސްތަގިއްލު، ފަލަސްތީނެއް ގާއިމުވުމާ ހަމައަށް ފަލަސްތީނުގެ ރައްޔިތުންނާއެކު ދެގޮތެއްނުވެ ސާބިތުކަމާއެކު ދިވެހިރާއްޖެއިން ދެމިތިބޭނެކަންވެސް ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ.

ހަމައެއާއެކު ދިވެހިރާއްޖޭގެ ބަޔާނުގައި ވަނީ، 1948 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށްވެސް، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ލާއިންސާނީ އަމަލުތައް ހުއްޓުމެއްނެތި ހިންގަމުންދާކަން ފާހަގަކޮށް، އެ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި އިޒްރޭލުގެ މި އަމަލުތަކުގެ ސަބަބުން، މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމަށް ހުރަސްއެޅޭކަން ފާހަގަކޮށް ދިވެހިރާއްޖެއިން ވަނީ, އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ގާނޫނާ ޚިލާފު އަމަލުތައް ވަގުތުން ހުއްޓައިލުމަށާއި، ގާނޫނާ ޚިލާފަށް ޣައްޒާ ހިސޯރުކޮށްގެން ތިބި ތިބުން ހުއްޓާލުމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ގޮވާލާފައެވެ. މީގެއިތުރުން، ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށްޓަކައި ހަރަކާތްތެރިވަމުންދާ އދ.ގެ އެޖެންސީތަކާއި އެހެނިހެން ޖަމިއްޔާ ޖަމާއަތްތަކަށް އެހީވުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ ބޮލުގައި އެޅިފައިވާ ޒިންމާއެއްކަން ފާހަގަކޮށްފައެވެ.

ނަކްބާއަށް 75 އަހަރު ފުރުން އދ.ގައި ފާހަގަކުރުމަށް ގޮވާލައި އދ.ގެ އާއްމު މަޖިލީހަށް ހުށަހެޅި ގަރާރު ފާސްކުރުމަށް ދިވެހިރާއްޖެއިން ވަނީ ވޯޓުދީފައެވެ. މި ގަރާރު ފާސްވެފައިވަނީ އދ.ގެ މެމްބަރު ގައުމުތަކުގެ ތެރެއިން 90 ގައުމުގެ ތާއީދާއެކުއެވެ. މިޖަލްސާގެ ބޭނުމަކީ ނަކްބާގެ ހާދިސާގެ ހަނދާން އައުކޮށް، އެ ހާދިސާގައި ގެދޮރު ގެއްލި އެހެނިހެން ގޮތްގޮތުން ގެއްލުން ލިބުނު، އަދި މިހާރުވެސް އެ ގެއްލުންތައް ތަހައްމަލުކުރަމުންދާ ފަލަސްތީނު ރައްޔިތުންގެ ތަޖުރިބާތަކާއި އިހުސާސްތައް ހިއްސާކޮށް، އިޒްރޭލުގެ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް، އެކަންކަމާ ދެކޮޅުހެދުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި

އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި

20 މާރިޗު 2017
މަސީހުގެ ބޭރުކުރުމުގެ މަސައްކަތް ހުއްޓާލަން ދިއްގަރު ކައުންސިލުން ފާރިސްއަށް ގޮވާލައިފި

މަސީހުގެ ބޭރުކުރުމުގެ މަސައްކަތް ހުއްޓާލަން ދިއްގަރު ކައުންސިލުން ފާރިސްއަށް ގޮވާލައިފި

19 މާރިޗު 2017
އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި

އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި

18 މާރިޗު 2017
މާލެ ކޮންމެ އަވަށެއްގައި ފްލޫ ކްލިނިކެއް ހުޅުވާ އަވަސް ފަރުވާ ދިނުމަށް އެމްޑީޕީން ގޮވާލައިފި

މާލެ ކޮންމެ އަވަށެއްގައި ފްލޫ ކްލިނިކެއް ހުޅުވާ އަވަސް ފަރުވާ ދިނުމަށް އެމްޑީޕީން ގޮވާލައިފި

14 މާރިޗު 2017
ފަލަސްތީނުގެ ރައީސް ވައިޓް ހައުސްއަށް ވަޑައިގަތުމަށް ޓްރަމްޕް ދައުވަތު ދެއްވައިފި

ފަލަސްތީނުގެ ރައީސް ވައިޓް ހައުސްއަށް ވަޑައިގަތުމަށް ޓްރަމްޕް ދައުވަތު ދެއްވައިފި

11 މާރިޗު 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު