Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީން މެންބަރުން ވަކިވުން

ރައީސް ނަޝީދާމެދު ފިޔަވަޅު އަޅަން ދަތި: ފައްޔާޒު

ބެލީ މަސްލަހަތަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 18 މެއި 2023 | ބުރާސްފަތި 08:14
އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގެ ތެރެއިން

އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގެ ތެރެއިން

މޯލްޑިވިއަން ޑިމޮކްރޮޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ މެދު ފިޔަވަޅު އަޅަން ދަތި ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ރައީސް ނަޝީދަށް ތާއިދުކުރައްވާ އެމްޑީޕީގެ ކުރީގެ މެންބަރުން ފިކުރެއްގެ ދިރުމުގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފައްދަވާނެކަމަށް އިއުލާންކުރައްވާފައިވުމާއެކު، މި ކަމުގައި އިސްކޮށް ހުންނަވަނީ ރައީސް ނަޝީދު ކަމަށް ވާތީ، އެމަނިކުފާނާމެދު ޕާޓީން ފިޔަވަޅު ނާޅަނީ ކީއްވެގެންތޯ ނޫސްވެރިން ސުވާލުކުރެއްވުން ފައްޔާޒު ވިދާޅުވީ ނަޝީދަށް ފިޔަވަޅު އަޅަން ދަތިވި ނަމަވެސް, އިސްކުރައްވާނީ ޕާޓީގެ މަސްލަހަތު ކަމަށެވެ.

ތިން އަހަރާއި ބައި ވަންދެން ނަޝީދަށް ތާއިދުކުރައްވާ މެންބަރުންނާމެދު ފިޔަވަޅު އަޅަން ބޭނުންވެވަޑައިނުގަންނަވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި ބެއްލެވީ މަސްލަހަތަށް ކަމަށާއި އަދިވެސް ފިޔަވަޅު އަޅުއްވަން ބޭނުންވެވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.

މެންބަރުންނާމެދު ފިޔަވަޅު އަޅަން ޖެހިއްޖެ ހާލަތެއްގައި ފިޔަވަޅު އަޅުއްވާނެކަން ފާހަގަކުރައްވާ ފައްޔާޒު ވިދާޅުވީ އެ ހާލަތަކީ ބަޣާވާތަށް ގޮވާލާ ހިސާބު ކަމަށެވެ. ޕާޓީ އެއްބައިކުރަން ވަރަށް މަސައްކަތް ކުރެއްވި ކަމަށާއި އެ މަސައްކަތުގައި ފެއިލް ވެވަޑައިގެންނެވި ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

ޕާޓީ އެއްބައިކުރަން އުޅުއްވިއިރު، ދިމާވީ އެއް ނުވެވޭވަރުގެ ކަންތައްތައް ކަމަށާއި އެއީ ވެރިކަމާއި ގުޅުންހުރި ކަންތައްތައް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ޕާޓީ އެއްވާން އޮތީ ރައީސް ނަޝީދަށް ރިޔާސީ ޓިކެޓް ދީގެން ކަމަށް ވެސް ފައްޔާޒު ފާހަގަކުރެއްވިއެވެ. އަދި ޕާޓީ ހިންގާނީ ވަކި ބޭފުޅެއްގެ މައްޗަށް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

އެމްޑީޕީން މެންބަރުން ވަކިވިޔަސް ޕާޓީގެ ކުރިމަގަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށާއި އެއްވެސް މީހަކަށް ޕާޓީއަށް ދެވޭނެ އިތުރު ގެއްލުމެއް ނެތް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.  

ފައްޔާޒު ވިދާޅުވީ މިހާރު ކޮންމެވެސް ވަރަކަށް ޕާޓިގެ މެންބަރުން ވަކިވާނެ ކަމަށާއި ނަމަވެސް އެއަށް ވުރެ ގިނަ މެންބަރުން ޕާޓީއަށް ވެއްދޭނެ ކަމަށެވެ. އަދި ވަކިވި މެންބަރުން ޕާޓީއަށް އަލުން ވަޑައިގެންފިނަމަ މަރުހަބާ ވިދާޅުވާނެ ކަމަށާއި ނަމަވެސް އެ މެންބަރުންނާ ނުލައި ވެސް އެމްޑީޕީއަށް ރިޔާސީ އިންތިޚާބު އެއް ބުރުން ކާމިޔާބު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު