Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންޓަސްކޫލް ފުޓުބޯޅަ މުބާރާތް

ވިލާ ސްކޫލުން ފަހަތުން އަރައި އަހުމަދިއްޔާ ސްކޫލް ބަލިކޮއްފި

ފުރަތަމަ ހާފު ނިމުނު އިރުގައިވެސް ލީޑުގައި އޮތީ އަހުމަދިއްޔާ ސްކޫލް

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 20 އެޕްރީލު 2017 | ބުރާސްފަތި 23:00
އަހުމަދިއްޔާ ސްކޫލް އަދި ވިލާ ސްކޫލް ބައްދަލުކުރި މެޗުގެ ތެރެއިން

އަހުމަދިއްޔާ ސްކޫލް އަދި ވިލާ ސްކޫލް ބައްދަލުކުރި މެޗުގެ ތެރެއިން

އެފްއޭއެމް އިން އިންތިޒާމްކޮއްގެން ކުރިއަށް ގެންދާ މައިލޯ އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ 18 އަހަރުން ބައިގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން 4 ލަނޑު ޖަހާފައި ވަނިކޮށް ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ފަހަތުން އަރާ މެޗު ކާމިޔާބުކޮއްފިއެވެ.

ބުރާސްފަތި ދުވަހު ހަވީރު ހެންވޭރު ދަނޑުގައި ކުޅުނު މި މެޗް ވިލާއިން ކާމިޔާބުކުރީ 6-5 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިގެން އަހުމަދިއްޔާ ސްކޫލުގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ މޮޅު ކުޅުމެކެވެ. އެގޮތުން މެޗުގެ ވަރަށް ކުރީކޮޅުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފަ އެވެ. މި ލަނޑު މެޗުގެ 9 ވަނަ މިނެޓުގައި އަހުމަދިއްޔާއަށް ކާމިޔާބުކޮއްދިނީ މުހަންމަދު ޒިހާ ހުސައިން އެވެ. މި ލަނޑާއެކު އަހުމަދިއްޔާއިން މެޗުގެ ކޮންޓްރޯލް އަތުލިއިރު އެޓީމުން ވަނީ ރަނގަޅޫ ހަމަލާތަކެށް އުފައްދައި ފުލުފުލުގައި އިތުރު ދެ ލަނޑު ކާމިޔާބުކޮއްފަ އެވެ. 25 ވަނަ މިނެޓުގައި އަލީ އަރުޝަލް ލަނޑެށް ކާމިޔާބުކޮއްދިން އިރު، 28 ވަނަ މިނެޓުގައި ހަސަން ޝާމިހް ވަނީ 3 ވަނަ ލަނޑު ކާމިޔާބުކޮއްދީފަ އެވެ.

އޭގެ ފަހުން ވިލާއިން ވަނީ ލިބުނު ފުރުސަތެއްގެ ބޭނުން ހިފައި ލީޑު ހަނިކޮއްފަ އެވެ. 35 ވަނަ މިނެޓުގައި އެޓީމަށް ސުން ކަނޑުވާލަ ދިނީ އިޔާން އަހުމަދު ރަޝީދދް އެވެ. ނަމަވެސް މާ ގިނަ އިރުތަކެށް ނުވެ އަހުމަދިއްޔާއިން ވަނީ އަނެއްކާވެސް ލީޑު ފުޅާކޮއްފަ އެވެ. 37 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ ނޫރުﷲ މުފީދް އެވެ. އެއާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ 4-1 އިން އަހުމަދިއްޔާ ކުރީގައި އޮވެގެންނެވެ.

ނަމަވެސް ދެވަނަ ހާފުގައި އަހުމަދިއްޔާގެ ޑިފެންސް ލައިނުން ގިނަ ގޯސްތަކެށް ފެނިގެން ދިޔައެވެ. ނަތީއެއްގެ ގޮތުން ވިލާއިން ފުލުފުލު ގައި ދެލަނޑު ކާމިޔާބުކޮށް ލީޑު ހަނިކުރި އެވެ. 52 ވަނަ މިނެޓުގައި މުސައްނިފް މުހަންމަދު ލަނޑެއް ކާމިޔާބުކުރި އިރު އިޔާން އަހުމަދު ރަޝީދް ވަނީ 53 ވަނަ މިނެޓުގައި އޭނާގެ ދެވަނަ ލަނޑާއެކު އެންމެ ލަނޑަކަށް ލީޑު ހަނިކޮއްދީފައެވެ.

މި ލަނޑަށް ފަހުގައިވެސް ވިލާއިން ވަނީ ހޮތްވަރާއެކު ކުޅެ މެޗުގެ ލީޑު އަތުލާފަ އެވެ. 71 ވަނަ މިނެޓުގައި ނަބީހް މުހަންމަދުގެ ލަނޑުން ނަތީޖާ ހަމަހަމަ ކުރިއިރު 73 ވަނަ މިނެޓުގައި އަހުމަދު ޝާވިން ޝިހާމް ވަނީ ފުރަތަމަ ފަހަރަށް ވިލާއަށް މެޗުގެ ލީޑު ނަގައިދީފަ އެވެ. އޭގެ ފަހުން 78 ވަނަ މިނެޓުގައި އިޔާން އަހުމަދު ރަޝީދް ވަނީ އޭނާގެ ދެވަނަ ލަނޑާއެކު ވިލާއަށް ލީޑު ފުޅާކޮއްދީފަ އެވެ. ފަހަތުން އަރައި ވިލާއިން ކާމިޔާބުކުރި ލަނޑުތަކާއެކު 2 ލަނޑުގެ ލީޑުން ވިލާ މޮޅުވާން ދަނިކޮށް އަހުމަދިއްޔާއިން ލީޑު ހަނިކުރީ މެޗުގެ ފަހު ވަގުތުގައި ނޫރުﷲ މުފީދު ކާމިޔާބުކުރި ކަނޑުންނެވެ.

މިމުބާރާތުގައި ބުރާސްފަތި ދުވަހުހު ކުޅުނު ދެވަނަ މެޗުން އަލް މަދްރަސަތުލް އަރަބިއްޔާގެ މައްޗަށް ޖީއެޗްއެސްސީ އިން ވަނީ ކުރިހޯދާފަ އެވެ. އެޓީމުން މެޗު ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުން ނެވެ. އެޓީމުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ކާމިޔާބުކޮއްދިނީ ރިޝްވާން އިސްމާޢީލް އެވެ. ދެވަނަ ލަނޑު އެޓީމުން ކާމިޔާބުކުރީ 68 ވަނަ މިނެޓުގަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ އިބްރާހިމް ޒިދާން އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޓަ ސްކޫލް 18 އަހަރުން ދަށް: ދ.އަތޮޅު ތައުލީމީ މަރުކަޒު އަދި ވިލާ ހައި ސްކޫލަށް މޮޅެއް

އިންޓަ ސްކޫލް 18 އަހަރުން ދަށް: ދ.އަތޮޅު ތައުލީމީ މަރުކަޒު އަދި ވިލާ ހައި ސްކޫލަށް މޮޅެއް

18 އެޕްރީލު 2017
އައްޑޫ ސިޓީގެ 17 އަހަރުން ދަށުގެ ޗެމްޕިއަންކަން އައްޑޫ ހައި ސްކޫލުން ހޯދައިފި

އައްޑޫ ސިޓީގެ 17 އަހަރުން ދަށުގެ ޗެމްޕިއަންކަން އައްޑޫ ހައި ސްކޫލުން ހޯދައިފި

15 އެޕްރީލު 2017
ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި

ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި

02 އެޕްރީލު 2017
ފަހަތުން އަރައި ނައިފަރު ބަލިކޮށް އޮޅުވެލިފުށިން ފެށުން ރަނގަޅުކޮށްފި

ފަހަތުން އަރައި ނައިފަރު ބަލިކޮށް އޮޅުވެލިފުށިން ފެށުން ރަނގަޅުކޮށްފި

01 އެޕްރީލު 2017
މިނިވަން ޗެމްޕިއަންޝިޕް 2017: ފަހަތުން އަރައި ކުރިނބީ ބަލިކޮށް ކުޅުދުއްފުށި ފެށުން ރަނގަޅުކޮށްފި

މިނިވަން ޗެމްޕިއަންޝިޕް 2017: ފަހަތުން އަރައި ކުރިނބީ ބަލިކޮށް ކުޅުދުއްފުށި ފެށުން ރަނގަޅުކޮށްފި

23 މާރިޗު 2017

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު