Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑް

ސަބިޓްޒާއަށް އަނިޔާވެ މި ސީޒަނުގައި ދެން ނުކުޅެވޭނެ

ސަބިޓްޒާ ވަނީ ޔުނައިޓެޑަށް 18 މެޗު ކުޅެ، ތިން ލަނޑު ޖަހާފަ

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 16 މެއި 2023 | އަންގާރަ 07:36
މެންޗެސްޓަރ ޔުނައިިޓެޑުގެ މެޗަކަށްފަހު ސަބިޓްޒާ

މެންޗެސްޓަރ ޔުނައިިޓެޑުގެ މެޗަކަށްފަހު ސަބިޓްޒާ

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ މާސެލް ސަބިޓްޒާއަށް އަނިޔާގެ ސަބަބުން ދެން މި ސީޒަނުގައި ނުކުޅެވޭނެއެވެ.

ޔުނައިޓެޑުން ރަސްމީކޮށް ހާމަކުރިގޮތުގައި، ސަބިޓްޒާއަށް ސީޒަން ނިމުނީ ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ. ޖެނުއަރީ މަހު ބެޔާނުން ޔުނައިޓެޑަށް ލޯނު އުސޫލުން ބަދަލުވި ސަބިޓްޒާ ވަނީ މި ސީޒަނުގައި ޔުނައިޓެޑަށް 18 މެޗު ކުޅެ ތިން ލަނޑު ޖަހާފައެވެ.

ސަބިޓްޒާ ވަނީ މި ސީޒަނުގައި ޔުނައިޓެޑުން ކަރަބާއޯ ކަޕް ކާމިޔާބު ކުރުމާއި، އެފްއޭ ކަޕް ފައިނަލަށް ޓީމު ގެންދިޔުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. ޕްރިމިއަރ ލީގާއި އެފްއޭ ކަޕު ވަރުގަދަކޮށް ނިންމާލުމަށް މަސައްކަތް ކުރާއިރު، ސަބިޓްޒާ ނެތުމަކީ ޓީމަށް ލިބޭނެ ވަރަށް ބޮޑު އުނިކަމެއްކަމަށް ޔުނައިޓެޑުން ބުންޏެވެ. އަދި ޔުނައިޓެޑުން ވަނީ ޓީމު މިހާހިސާބަށް ގެންދިޔުމަށް ސަބިޓްޒާ ކޮށްދިން މަސައްކަތްތަކަށް ޝުކުރު އަދާކޮށްފައެވެ.

ސަބިޓްޒާ އެންމެ ފަހުން ކުޅެފައިވަނީ 7 މެއި ގައި ވެސްޓް ހޭމް އާ ދެކޮޅަށް ބަދަލު ކުޅުންތެރިއެއްގޮތުގައެވެ. އަނިޔާގެ ސަބަބުން ސަބިޓްޒާއަށް އެފްއޭ ކަޕު ފައިނަލާއި، ލީގުގެ ބާކީ މެޗުތައް ނުކުޅެވޭނެއެވެ. ލީގުގައި ދެން ކުޅެން ޖެހޭނީ ބޯންމައުތު، ޗެލްސީ އަދި ފުލަމް އާއެވެ.

ލޯނު އެއްބަސްވުމެއްގެދަށުން ކުޅެމުން އަންނަ ސަބިޓްޒާ، ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ދާއިމީކޮށް ގެނައުމާ މެދު ޔުނައިޓެޑުން އަދި ގޮތެއް ނުނިންމައެވެ.

އިތުރަށް ކިޔާލަން

11 އެޕްރީލު 2017

ނޭމާއަށް 'އެލް ކްލެސިކޯ' ގައި ނުކުޅެވޭނެ!

11 އެޕްރީލު 2017
ނޭމާއަށް 'އެލް ކްލެސިކޯ' ގައި ނުކުޅެވޭނެ!
09 އެޕްރީލު 2017

ކުރިއަށް މުހިއްމު މެޗެއް އޮއްވާ ނިޒާމްބެއަށް އަނިޔާވެއްޖެ

09 އެޕްރީލު 2017
ކުރިއަށް މުހިއްމު މެޗެއް އޮއްވާ ނިޒާމްބެއަށް އަނިޔާވެއްޖެ
09 އެޕްރީލު 2017

ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް

09 އެޕްރީލު 2017
ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް
09 އެޕްރީލު 2017

ކްލަބް މޯލްޑިވްސް ކަޕް އޮފް ސީޒަނުގައި ބާއްވަން ހުށަހަޅާނަން: ބައްސާމް

09 އެޕްރީލު 2017
ކްލަބް މޯލްޑިވްސް ކަޕް އޮފް ސީޒަނުގައި ބާއްވަން ހުށަހަޅާނަން: ބައްސާމް
15 މާރިޗު 2017

ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ

15 މާރިޗު 2017
ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު