Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ އެތެރޭގެ ކޯޅުން

އެމްޑީޕީގެ ތެރޭގައި "އެހެން ދިރުމެއް" އޮންނަން ޖެހޭނެކަމަށް ޤަބޫލު ނުކުރަން: ސަރަނގު އާދަމް މަނިކު

އެމްޑީޕީއަކީ އަބަދުވެސް ވަކި އަސާސްތަކެއްގެ މަތީގައި ދެމި އޮންނަ ޕާޓީއެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 މެއި 2023 | އަންގާރަ 03:37
މާލޭގެ ފުރަތަމަ މޭޔަރު އަދި ވިޔަފާރިވެރިޔާ ސަރަނގު އާދަމް މަނިކު

މާލޭގެ ފުރަތަމަ މޭޔަރު އަދި ވިޔަފާރިވެރިޔާ ސަރަނގު އާދަމް މަނިކު

އެމްޑީޕީގެ ތެރޭގައި "އެހެން ދިރުމެއް" އޮންނަން ޖެހޭނެކަމަށް ޤަބޫލު ނުކުރައްވާކަމަށް މާލޭގެ ފުރަތަމަ މޭޔަރު އަދި ވިޔަފާރިވެރިޔާ ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި އަންގާރަ ދުވަހު ވާހަކަ ދައްކަަވަމުން ސަރަނގު އާދަމް މަނިކު ވިދާޅުވީ، އޭނާއަކީ ވަކި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ފަޅީގެ މީހެއްކަމަށް ނުބުނެވޭނެ ކަމަށެވެ.

ވެރިކަމަށް ވަޑައިގަތުމަށް ބަލާއިރު، ޕްރައިމަރީއާ ހަމައަށް ނަޝީދަށްވެސް ފުރުސަތު އޮތްކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ޕްރައިމަރީގައި ނަޝީދަށް ތާއީދު ކުރައްވާފައިވާނެ ކަމަށެވެ. އެކަމުގައި އަމިއްލަ ގޮތުންވެސް އުޅުއްވާފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް ޕްރައިމަރީގެ ނަތީޖާ ހާމަވެފައިވާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު އިންތިޚާބު ކާމިޔާބު ކުރެއްވީވެސް ބޮޑު އަޢުލަބިއްޔަތަކުންކަމަށް އޭނާ ވިދާޅުވިއެވެ.

އެހިސާބުން ރައީސް ސާލިޙުގެ ފަހަތަށް އަރާވަޑައިގެން އެމްޑީޕީއަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ފެއްޓެވުމަށް ނަޝީދަށްވެސް އިރުޝާދު ދެއްވާފައިވާނެކަމަށް އާދަމް މަނިކު ވިދާޅުވިއެވެ.

އެމްޑީޕީއަކީ އަބަދުވެސް ވަކި އަސާސްތަކެއްގެ މަތީގައި ދެމި އޮންނަ ޕާޓީއެއް ކަމަށާއި، ރައީސް ސާލިޙުގެ ވެރިކަމުގައި އަމާންކަމާއެކު ރައްޔިތުންނަށް އެބަ އުޅެވޭކަމަށްވެސް އާދަމް މަނިކު ވިދާޅުވިއެވެ.

ނަމަވެސް އެކަން ނަޝީދު ޤަބޫލު ނުކުރެއްވިކަންވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

އޭގެ އިތުރުން، ނަޝީދަކީ މީގެ ކުރިން މަޝްވަރާގެ އުސޫލުގެ މަތިން ކަންކަން ކުރެއްވި ބޭފުޅެއްނަމަވެސް، ފަހުން ގިނަ ފަހަރު ކަންކަމުގެ މަޝްވަރާ ކުރެވޭއިރު އޮންނަނީ އެކަންކަމާ ގުޅޭ ނިންމުންތައް މާ ކުރިން ނިމިފައިކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެމްޑީޕީގެ ތެރޭގައި "އެހެން ދިރުމެއް" އޮންނަން ޖެހޭނެކަމަށް ޤަބޫލު ނުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ފިކުރެއްގެ ދިރުމުގެ ނަމުގައި އިދިކޮޅު ޕީޕީއެމްއާވެސް މަޝްވަރާތައް ކުރަމުންދާއިރު، އެ ފަރާތްތަކުގެ އަމާޒަކީ ކޮބައިކަން މިހާރު ސާފު ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު