Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް 20

އެޖެންޑާ ނަވާރަ އާއި ރަށްވެހި ފަތިހުގެ ފައިދާ ރައްޔިތުންނަށް ކުރި: އަމީން ފައިސަލް

23 ޖުލައި 2025 | ބުދަ 06:42

އެޖެންޑާ ނަވާރަ އާއި ރަށްވެހި ފަތިހުގެ ފައިދާ ދިވެހި ރައްޔިތުންނަށް ލިބުނު ކަމަށާއި، އެކަން އޮޅުވައި ނުލެވޭނެ ކަމަށް ވެސް އަމީން ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ޖުލައި 2025 | ބުދަ 06:42
ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް

ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް

އެމްޑީޕީން ގެންގުޅުނު އެޖެންޑާ ނަވާރަ އާއި ރަށްވެހި ފަތިހުގެ ފައިދާ ރައްޔިތުންނަށް ކުރި ކަމަށް، ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެ އެވެ.

މެމްބަރު އަމީން މިހެން ވިދާޅުވީ ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑޮކްޓަރު އަޙުމަދު ޝަމްހީދު ހުށަހެޅުއްވި ޤަރާރަށް ބަހުސް ކުރައްވަމުންނެވެ. އެ ޤަރާރަށް ބަހުސް ކުރަމުުން ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވަނީ އެމްޑީޕީ އަށް ފާޑު ކިޔައިފަ އެވެ.

Advertisement - newsAdvertisement

އެ ޤަރާރަށް ބަހުސް ކުރައްވަމުން އަމީން ވިދާޅުވީ، ދައުލަތަކުން ދެމުން އަންނަ ޚިދުމަތްތަކެއް ފޯރުކޮށްދެމުން އަންނަ ތަފާތު ކުރުން އެއީ ރަނގަޅެއް ކަމަށް ބައެއް މެމްބަރުން ޤަބޫލު ކުރާތީ ހިތާމަ ކުރާ ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގައި އެގޮތަށް ވަކާލާތު ކުރުމަކީ ހިތާމަ ހުރި ކަމެއް ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

މެމްބަރު ވިދާޅުވީ އަސާސީ ޚިދުމަތެއް ދެމުން އަންނައިރު، އެކަން ކުރަނީ ހަމައެކަނި މާލީ މަންފާ އަކަށް ބަަލައިގެން ކަމަށް ވަނީ ނަމަ، އަދި ވެސް ދިވެހި ޤައުމު ދާނީ "ބްލީޑް" ވަމުން ކަމަށެވެ.

އެކަން ފާހަގަ ކުރައްވައި އަމީން ވިދާޅުވީ އެމްޑީޕީ ސަރުކާރުން ވެސް ދިވެހި ރައްޔިތުންނަށް ލުއި ތަކެއް ދިން ކަމަށެވެ. އެގޮތުން އެޖެންޑާ ނަވާރަ އާއި ރަށްވެހި ފަތިހުގެ ފައިދާ ދިވެހި ރައްޔިތުންނަށް ލިބުނު ކަމަށާއި، އެކަން އޮޅުވައި ނުލެވޭނެ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

އެގޮތުން ދިވެހި ރައްޔިތުންނަށް މާލީ މަންފާ އާއި، އެހެނިހެން މަންފާތައް ވެސް ލިބުނު ކަމަށް އަމީން ވިދާޅުވި އެވެ. އެގޮތުން ކަނޑިތީމު ދާއިރާގެ ރަށްތަކަށް ފައިދާތަކެއް ވި ކަމަށާއި، ކުރިން ވަޑައިގެންނެވި ބޭފުޅުން ވެސް ކަންކަން ކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެ ދުވެލީގައި މިހާރު ކަންކަން ކުރިއަށް ނުދާ ކަމަށް އަމީން ފާހަގަ ކުރެއްވި އެވެ.

އަމީން ވިދާޅުވީ 123 ބިލިއަނުން ޤައުމު ދަރާފައި އޮތް ކަމަށާއި، ނަމަވެސް ވޭތުވެ ދިޔަ އެއްވެސް އަހަރަކު ދަރަނި ނުނަގާ ވަރަށް 2024 ވަނަ އަހަރު ދަރަނި ނެގި ކަމަށް ވިދާޅުވި އެވެ. އެއީ އޮޅުވާލެވޭނެ ކަމެއް ނޫން ކަމަށާއި، މިއަހަރު އެއަށް ވުރެ ބޮޑު އަދަދެއްގެ ދަރަނި ނަގާނެ ކަމަށް އަމީން ވިދާޅުވި އެވެ. އެގޮތުން މި ދައުރު ނިމޭއިރު ދިވެހި ރާއްޖޭގެ ދަރަނި ރެކޯޑު މިންވަރެއްގައި ހުންނާނެ ކަމަށް އަމީން ވަނީ ވިދާޅުވެފަ އެވެ.

އެމްޑީޕީ ސަރުކާރުން ވެސް ދިވެހި ރައްޔިތުންނަށް ލުއި ތަކެއް ދިން. އެ ހަގީގަތް ބަދަލެއް ނުކުރެވޭނެ. ރަށްވެހި ފަތިހުގައި ވެސް ފައިދާ ލިބުނު، އެޖެންޑާ ނަވާރައިގައި ވެސް ފައިދާ ލިބުނު. މިކަން އޮޅުވައެއް ނުލެވޭނެ. ދިވެހި ރައްޔިތުންނަށް މާލީ މަންފާ އާއި އެހެން ހުރިހާ ކަމެއް ވި. އެކަން ހިނގި އޮތް އެއީ. އަޅުގަނޑުމެންގެ ދާއިރާ އަށް މަންފާތަކެއް ވި. ކުރިން އައި ބޭފުޅުން ވެސް ކަންތައްތަކެއް ކޮށްދިން. އެކަމު އެ ސްޕީޑުގައި މިހާރު ނުދޭ. ރަނގަޅު، ސަތޭކެ ތޭވީސް ބިލިއަނުން ޤައުމު އޮތީ ދަރާފައި. އެކަމަކު ވޭތުވެދިޔަ ހުރިހާ އަހަރެއްގައި ދަރަނި ނުނަގާ ވަރަށް ދަރަނި ނެގި އަހަރެއް ދެހާސް ސައުވީސް އަކީ. މިކަން ދޮގެއް ނުކުރެވޭނެ. އަދި އެއަށްވުރެ ގިނަ ވާނެ މި އަހަރު.
ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް

މީގެ އިތުރުން އަމީން ވިދާޅުވީ މި ސަރުކާރުގައި މިހާރު ވެސް ކޮރަޕްޝަން އަދި ފަސާދަ ހިނގަމުން އަންނަ ކަމަށެވެ. ފެނަކައިން ހަތަރު ބިލިއަނުން ދަރާފައި އޮތް ކަމަށާއި، އެހެން ކަމަށް ވަނީ ނަމަ ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން އެކަންކަން ބަލަން ޖެހޭ ކަމަށް އަމީން ވިދާޅުވި އެވެ. ނަމަވެސް އެކަންކަން ނުބައްލަވައި، 75 މެމްބަރުންގެ މަޖޯރިޓީ އިން ކުރަމުން އަންނަނީ ކޮން ކަމެއްތޯ އަމީން ވަނީ ސުވާލު ކޮށްފަ އެވެ.

މިއަދާ ހަމައަށް އައިއިރު މެޖޯރިޓީ އޮވެގެން އެއްވެސް ކަމެއް ނުކުރެވުނު ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް ކަމެއް ނުކުރެވޭނެ ކަމުގައި އަމީން ވިދާޅުވި އެވެ. ކަމެއް ކޮށްފައި އޮތިއްޔާ އޮތީ ބައި އަޅައިގެން ކަމަށާއި، އެފަދަ އެއްވެސް ކަމެއް ބަލާނެ ހިތްވަރު ނެތް ކަމަށް ވެސް އަމީން ވިދާޅުވި އެވެ. ޕީއެންސީގެ 75 މެމްބަރުންނަކީ އެއަށް ވުރެ ފިނޑި ބައެއް ކަމަށް ވެސް އަމީން ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން އެމްޑީޕީގެ ސަރުކާރުން ޤައުމު ދަރުވާލި ވާހަކަ އާއި ވިއްކާލި ވާހަކަ ދެއްކުމަށް ފަހު، މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ގެންނާތީ އަމީން ވަނީ އެކަމަށް ވެސް ފާޑު ވިދާޅުވެފަ އެވެ. ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ދެއްކީ ދޮގު ވާހަކަތައް ކަމަށާއި، މިއަދު މާލޭގައި ހުރީ އިންޑިއާގެ ދިދަ ޖަހާފައި ކަމަށް އަމީން ވިދާޅުވި އެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި
07 ފެބުރުއަރީ 2017

ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި

07 ފެބުރުއަރީ 2017
ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް