Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގެދޮރުވެރިޔާ ސްކީމް

ގެގޮރުވެރިޔާ ސްކީމް: މުއިއްޒު ސަރުކާރުން އެއްބަސްވުން ބައްޓަން ކޮށްފައި އޮތީ ފުލެޓް ލިބޭ މީހުންނަށް ތަކުލީފު ޖެއްސުމާއެކު އަވަހަށް އެތަނުން ނެރެވޭނެ ގޮތެއް ތަނަވަސް ކޮށްފައި ބޭއްވުން!

ހިޔާ ފްލެޓް އެއްބަސްވުމުގައި އެމްޑީޕީ ސަރުކާރުން ވިސްނާފައި އޮތީ ވީހާވެސް ގިނަ ލުއި ދިނުމާއެކު ރައްޔިތުންނަށް ފަސޭހައިން އެތަންތަން މިލުކު ކުރެވޭނެ ގޮތްތަކެއް ހޯދައި ދިނުމަށެވެ. އެއާ ޚިލާފަށް ގެދޮރުވެރިޔާ ފްލެޓް ތައް ދޫކުރުމަށް ޕީއެންސީ ސަރުކާރުން ހެދި އެއްބަސްވުމުގައި އޮތީ ވީހާވެސް ބޮޑަށް އެތަންތަނަށް ވަންނަ މީހުންނަށް ތަކުލީފު ޖެއްސުމާއެކު އަވަހަށް އެތަނުން ނެރެވޭނެ ގޮތްތައް ތަނަވަސް ކޮށްފައި ބެހެއްޓުމެވެ.

ރާއްޖެ އެމްވީ | 22 ޖުލައި 2025 | އަންގާރަ 20:54
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު

"ހިޔާ" މަޝްރޫއުގެ ދަށުން ހެދި ފްލެޓްތަކަށް "ފުލެޓް ވިއްކުމުގެ އެއްބަސްވުން" ހަދާފައި އޮތް ނަމަވެސް "ގެދޮރުވެރިޔާ" ސްކީމު ގެ ދަށުން އިމާރާތް ކުރި ޓަވަރު ތަކުން ދޫކުރާ ފްލެޓް ތަކަށް ރައީސް މުއިއްޒުގެ ސަރުކަރުން ހަދަނީ ފްލެޓް "ކުއްޔަށް ދިނުމުގެ" އެއްބަސްވުމެކެވެ.

ދެ ސްކީމަކީ ވެސް ސޯޝަލް ހައުސިންގ ސިޔާސަތުގެ ދަށުން ރައްޔިތުންނަށް ބުރަ ނުވާނޭ ގޮތަކަށް ވީހާވެސް ކުޑަ އަގެއްގައި ބޯހިޔާވަހިކަން ކަށަވަރު ކުރުމުގެ މަގްސަދުގައި ހިންގާފައިވާ ޕްރޮގްރާމް ތަކެކެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި ފްލެޓް ލިބުނު ފަރާތާއި ދެމެދު ހެދޭ އެއްބަސްވުމުގެ ސުރުޚީ އާއި ތައާރުފް ގައި "މިލުކުވެގެން ނިމޭ ގޮތައް" އޮތް ކަމުގައި ވިޔަސް މައިގަނޑު ގޮތެއްގައި އެއްބަސްވުމުގެ މާއްދާތައް ބައްޓަން ކޮށްފައި ވަނީ "ކުއްޔަށް ހިފާ ފަރާތާއި" "ކުއްޔަށް ދޭ ފަރާތާއި" ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ގޮތަށެވެ. ސޮއި ކުރަނީ ވެސް ކުއްޔަށް ހިފާ ފަރާތާއި ކުއްޔަށް ދޭ ފަރާތާއި ދެމެދުގައެވެ. ހިޔާ އެއްބަސްވުމުގައި އޮތް ގޮތައް އެއީ ވިއްކާ ފަރާތާއި ގަންނަ ފަރާތާއި ދެމެދުގައި ހެދޭ އެއްބަސްވުމެއް ނޫނެވެ. މައިގަނޑު ވިސްނުމެއްގެ ގޮތުގައި ކުއްޔަށް ދިނުމާއި ކުށްޔަށް ހިފުން ބޭނުން ކޮށްފައި އޮތުމާއެކު، އެއްބަސްވުން ބޮޑަށް ބުރަ ވެފައި އޮތް ކަމަށް ފެންނަނީ ކުއްޔަށް ދޭ ފަރާތް ކަމަށް އެޗްޑީސީ ކޮޅަށެވެ. ބޯހިޔާވަހި ކަމެއް ހޯދުމުގެ އުއްމީދުގައި ދިގު މުއްދަތެއް ހޭދަ ކުރި ނިކަމެތި ރައްޔިތު މީހާގެ ކޮޅަކަށް ނޫނެވެ.

ރައީސް ސާލިހްގެ ސަރުކަރުން ހެދި ހިޔާ އެއްބަސްވުމުގައި އޮންނަ ގޮތުން ފުރަތަމަ ވެސް ހަދަނީ ޔުނިޓު ފްލެޓް ވިއްކުމުގެ އެއްބަސްވުމެވެ. އެއާއެކު ޔުނިޓް އަށް ދައްކަން ޖެހޭ އަގު ހަމަވުމުން ފްލެޓް މިލްކު ވީ އެވެ. އެހެން އެއްބަސްވުމަކަށް ދާކަށް ނުޖެހެވެ. އެހެން ނަމަވެސް މިހާރު ތަފާތެވެ. މިހާރުގެ އެއްބަސްވުމުގައި ބުނަނީ މަހު ކުލީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު އެއްކޮށް ދައްކާ ނިމުމުން ޔުނިޓް ވިއްކުމުގެ ވަކި އެއްބަސްވުމެއްގައި ސޮއި ކުރެވިދާނެ ކަމަށެވެ.

ހިޔާ ފްލެޓަށް ހެދި އެއްބަސްވުމުގައި އޮންނަ ގޮތުން މަހަކަށް ދައްކަން ޖެހޭ ޖުމްލަ ފައިސާ ގެ އަދަދު ދައްކަން ޖެހޭ ދުވަހަށް ގަންނަ ފަރާތުން ނުދައްކައިފި ނަމަ، އެ ފައިސާ ދެއްކުމަށް އެއްވެސް ޖުރިމަނާ އަކާ ނުލައި، ފައިސާ ދައްކަން ޖެހޭ ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަތެއް ގަންނަ ފަރާތައް ދޭން ޖެހެއެވެ. އެ 10 ދުވަސް ހަމަވާއިރު ގަންނަ ފަރާތުން ފައިސާ ނުދައްކައިފި ނަމަ ޖުރިމަނާ އަކީ ނިސްބަތުން ވަރަށް ކުޑައެއްޗެކެވެ. އެއީ އެ މަހަކަށް ދައްކަން ޖެހޭ ޖުމްލަ އަދަދުގެ 1% އަށް ވާ ފައިސާ އެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި، ނިމިދިޔަ ސަރުކާރުން ދީފައިވާ ފްލެޓްތައް އަތުނުލާނެ ކާމަށާއި އަދި ފްލެޓްތައް ދޭން ނިންމާފައިވާ ގޮތަކަށް ބަދަލެއް ނުގެނެސް ދިން އެއްޗެއް ދިން ގޮތަކަށް އެއަށް ވުރެ ފުރިހަމަކޮށް ދެއްވާނެ ކަމަށް އޮތީ ވިދާޅުވެފައެވެ.

އެ ވިދާޅުވި ގޮތައް ކަން ކުރެއްވި ނަމަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިމާރާތް ކުރި ފްލެޓްތައް ލިބުނު ފަރާތްތަކާ އެކު ރައީސް ސޯލިހްގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ޓާާރމް ތަކަށް އިހްތިރާމު ކުރެއްވީހެވެ. އެ އެއްބަސްވުމުގައި 3 ކޮޓަރީގެ ޔުނިޓަކަށް މަހަކު 7000 ރުފިޔާ ދެއްކުމަށާއި ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް މަހަކު 5000 ރުފިޔާ ދައްކަން އޮތީ ކަނޑަ އަޅާ "ތަސައްރަފު ފުދޭ ހެޔޮ ހާލުގައި އެއްވެސް ފަރާތެއްގެ މަޖުބޫރު ކަމެއް ނެތި، ބުއްދި ސަލާމަތުން ތިބެ، އަމިއްލަ އިޚްތިޔާރުގައި،" ދެ ފަރާތުން އެއްބަސްވެ ސޮއި ކޮށްފައެވެ.

އެހެން ނަމަވެސް ވައުދާ ޚިލާފަށް އެއްބަސްވުން އުވާލާ، ކުރިން 7000 ދައްކަން އޮތް ފުލެޓަށް 9000 ދައްކަން ޖެހޭ ގޮތް ހަދާ، 5000 ދައްކަން ޖެހޭ ފްލެޓަށް 7000 ދައްކަން ޖެހޭ ގޮތައް މުއިއްޒު ސަރުކާރުން ވަނީ ބަދަލު ގެނެސްފައެވެ. ގެދޮރުވެރިޔާ ސްކީމުގެ ދަށުން ރައީސް ސާލިހުގެ ސަރުކާރުން ކަނޑައަޅާ ދެ ފަރާތުން އެއްބަސްވި ކުލި، މުއިއްޒުގެ ސަރުކާރުން ވަނީ ފާހަގަ ކުރެވޭ މިންވަރަކަށް ބޮޑު ކުރުމުގެ އިތުރުން މެއިންޓަނަންސް ފީ ވެސް 1000 ރުފިޔާ އިން 1500 ރުފިޔާ އަށް މައްޗަށް ޖައްސާފައެވެ. ފަހުން މިހެދި އެއްބަސްވުން އޮތީ މެއިންޓަނަންސް ފީ އަށް ފަހުން ވެސް ބަދަލު ގެނެވޭ ގޮތަށެވެ.

ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ރައީސް ސޯލިހް ސަރުކާރުން އެއްބަސްވުން ހަދައިދިނީ ސެކިއުރިޓީ ޑިޕޮސިޓެއް ބަހައްޓާކަށް ނުޖެހޭ ގޮތަށެވެ. އެއާ ޚިލާފަށް މުއިއްޒު ސަރުކާރުން ނިންމީ، ގެދޮރުވެރިޔާ ސްކީމުގެ ފްލެޓްތަކަށް ވަދެވޭނީ 25،000 ރުފިޔާގެ ބޮޑު ސެކިއުރިޓީ އެއް ދެއްކުމަށް ފަހުގައި ކަމަށެވެ. ހިޔާ ފްލެޓް އެއްބަސްވުމުގައި ބުނެފައި ވަނީ އެއްބަސްވުމުގައި ސޮއި ކުރުމުން ފްލެޓް ހަވާލު ކުރެވުނީ ކަމަށެވެ. ދައްކަން ޖެހޭ ސެކިއުރިޓީ ޑިޕޮސިޓެއް ނެތެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން މުއިއްޒު ސަރުކާރުން މި ހަދާ އެއްބަސްވުމުގައި މުޅިން ވެސް ހުންނަ ތަން ފެންނަނީ ފްލެޓް އަތުލެވިދާނެހާ ގޮތްތަކެވެ. ކުއްޔާއި މެއިންޓަނަންސް ފީ އެ މަހެއްގެ ނިޔަލަށް ނުދައްކައިފި ނަމަ، ތިރީސް ދުވަހުގެ ނޯޓިހެއް ފޮނުވުމަށް ފަހު އެ ނޯޓިހުގެ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފި ނަމަ އެއްބަސްވުން ބާތިލު ކުރުމުގެ އިޚްތިޔާރު އެފްޑީސީ އަށް ލިބިގެން ވެއެވެ.

އޭގެ އިތުރުން ހުއްދަ ނެތި ޔުނިޓުގެ ސްޓްރަކްޗަރަށް އެއްވެސް ބަދަލެއް ގެނެސްފިނަމަ ޖުރިމަނާ އަކުން ނިންމައެއް ނުލައެވެ. އެއްބަސްވުން ބާތިލު ކުރުން ނުވަތަ ފްލެޓް އަތުލުމުގެ އިޚްތިޔާރު އެފްޑީސީ އަށް ލިބިގެން ވާކަމަށް އޮވެއެވެ.

ފްލެޓު ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ވާ ކަމަކާ ޚިލާފު ވެއްޖެ ނަމަ ރަނގަޅު ކުރުމަށް 10 ދުވަހަށް ވުރެ ކުރު ނޫން މުއްދަތެއް ދިނުމަށްފަހު، އެ މުއްދަތުގައި އެކަމެއް ރަނގަޅު ނުކޮށްފިނަމަ އެއްބަސްވުން ނިމުަމަކަށް ގެނައުމުގެ ހައްގު ލިބިގެންވާ ކަމަށް ވެސް އެއްބަސްވުމުގައި ވެއެވެ. އެ ގޮތުން ރަނގަޅު ކުރުމަށް ދިން މުއްދަތުގެ ތެރޭގައި އެކަމެއް ރަނގަޅު ނުކުރި ނަމަ 30 ދުވަހުގެ މުއްދަތުގެ ތެރޭގައި އެއްބަސްވުން ނިމުމަކަށް ގެންނާނެ ކަން ލިޔުމުން އެންގިދާނެ ކަަމަށް އޮވެއެވެ.

އެފްޑީސީ އަށް އެއްބަސްވުން އުވާލެވިދާނެ އެތައް ހާލަތެއް ބަޔާން ކޮށްފައިވާއިރު، އެއް ބަސްވެފައިވާ ގޮތައް ދައްކަން ޖެހޭ ފައިސާ ދައްކާފައި ނުވުމާއި، އެއްބަސްވުމުގެ ދަށުން އެފްޑީސީ އަށް ލިބެން ޖެހޭ މަންފާ ނުލިބޭނެ ފަދަ ކަމެއް ކުއްޔަށް ހިފި ފަރާތުން ކުރުމާއި، އެއްބަސްވުމުގެ އެއްވެސް މާއްދާ އަކާ ކުއްޔަށް ހިފާ ފަރާތުން ޚިލާފު ވުމާއި، އިސްލާމް ދީނާއި، ދިވެހިރާއްޖޭގެ ގާނޫނާއި ގަވައިދާއި ޚިލާފު އެއްވެސް ކަމެއް ހިންގުމާއި، އެޕްލައި ކުރި މަރުހަލާ ގައި ނުވަތަ އެއްބަސްވުމުގައި ސޮއި ކުރި މަރުހަލާ ގައި ދޮގު ނުވަތަ އޮޅުވާލައިގެން މައުލޫމާތު ދިނުން ހިމެނެއެވެ.

ކުރުކޮށް ދަންނަވާ ނަމަ، ރައީސް ޔާމީނުގެ ވެރިކަމުގައި ބިނާކުރި ހިޔާ ފްލެޓް އެއްބަސްވުމުގައި އެމްޑީޕީ ސަރުކާރުން ވިސްނާފައި އޮތީ ވީހާވެސް ގިނަ ލުއި ދިނުމާއެކު ރައްޔިތުންނަށް ފަސޭހައިން އެތަންތަން މިލުކު ކުރެވޭނެ ގޮތްތަކެއް ހޯދައި ދިނުމަށެވެ. އެއާ ޚިލާފަށް އެމްޑީޕީ ސަރުކާރުން އެޅި ގެދޮރުވެރިޔާ ފްލެޓް ތައް ދޫކުރުމަށް ޕީއެންސީ ސަރުކާރުން ހެދި އެއްބަސްވުމުގައި އޮތީ ވީހާވެސް ބޮޑަށް އެތަންތަނަށް ވަންނަ މީހުންނަށް ތަކުލީފު ޖެއްސުމާއެކު އަވަހަށް އެތަނުން ނެރެވޭނެ ގޮތްތައް ތަނަވަސް ކޮށްފައި ބެހެއްޓުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ސަރުކާރުން ބޭރުގެ ގައުމުތަކުގެ އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރުން މައްސަލައެއް ނޫން!

ޔާމީން ސަރުކާރުން ބޭރުގެ ގައުމުތަކުގެ އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރުން މައްސަލައެއް ނޫން!

18 ޑިސެމްބަރު 2017
ސަރުކާރުން އުޅެނީ ރައްޔިތުންނަށް ޖެއްސުމަށްތޯ؟

ސަރުކާރުން އުޅެނީ ރައްޔިތުންނަށް ޖެއްސުމަށްތޯ؟

06 ޑިސެމްބަރު 2017
ކުންފުނިތަކުގެ ފައިދާއިން ސަރުކާރުން ލަފާކުރި މިންވަރާ ގާތަށް ވެސް އާމްދަނީ ލިބިފައެއް ނުވޭ!

ކުންފުނިތަކުގެ ފައިދާއިން ސަރުކާރުން ލަފާކުރި މިންވަރާ ގާތަށް ވެސް އާމްދަނީ ލިބިފައެއް ނުވޭ!

22 ނޮވެމްބަރު 2017
40 އަހަރު ދައުލަތަށް ޚިދުމަތްކުރި، މިއަދު ކަރުނައަޅަނީ ސަރުކާރުންދިން އަނިޔާގައި

40 އަހަރު ދައުލަތަށް ޚިދުމަތްކުރި، މިއަދު ކަރުނައަޅަނީ ސަރުކާރުންދިން އަނިޔާގައި

09 ނޮވެމްބަރު 2017
ކޮރަޕްޝަން، ރިޝްވަތު: ސަރުކާރުން ކުރީމަ އޯކޭ؟!

ކޮރަޕްޝަން، ރިޝްވަތު: ސަރުކާރުން ކުރީމަ އޯކޭ؟!

23 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު