Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަގު ފާރަވެރިން

މާލެ ސިޓީ ކައުންސިލްގެ "މަގު ފާރަވެރިންގެ" ޔުނިޓްގެ މަސައްކަތް އިފްތިތާހްކޮށްފި

"ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓް" ގެ ބޭނުމަށް މާލެ ވަނީ 8 ޒޯނަކަށް ބަހާލާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 15 މެއި 2023 | ހޯމަ 08:44
މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓް

މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓް

މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓްގެ މަސައްކަތް އިފްތިތާހްކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލްގެ ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓު އަދި އެ ޔުނިޓްގެ މަސައްކަތް އިފްތިތާހުކޮށްދެއްވާފައިވަނީ މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒުއެވެ. ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި މި ރަސްމިއްޔާތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެއީ ބޮޑު ޒިންމާއަކާ އެކު އަލަށް ފަށާ ކަމެއް ކަމަށެވެ. އެއީ ކައުންސިލުގެ ހުރިހާ މެންބަރުން ވަރަށް ބޮޑަށް އުންމީދު ކުރަމުން އައި ކަމެއް ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

Advertisement - newsAdvertisement

މޭޔަރު ވިދާޅުވީ ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓްގެ މަސައްކަތަކީ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި މާލެ ސިޓީ ކައުންސިލުން މި ބިޔަބޮޑު މަސައްކަތް ފެށީ ސަރުކާރުން ދީފައިވާ ބަޖެޓުގެ ތެރެއިން އެކަން ކުރެވޭނެ ގޮތަށް ކަމާށެވެ. އަދި މި ކަމުގެ ސަބަބުން ގިނަ ދިވެހިން ތަކަކަށް ވަޒީފާ ލިބިގެން ގޮސްފައިވާ ކަމުގައި މޭޔަރު ވިދާޅުވިއެވެ.

މި މަޤާމުތަކަށް މީހުން ހޮވާފައިވަނީ ސިޓީކައުންސިލުން އިއުލާނުކޮށްގެންނެވެ. މި މަޤާމުގެ އިތުރުން މަގުފާރަވެރިންގެ ސުޕަވައިޒަރުންގެ އަސާސީ މުސާރައަކީ 10،000 ރުފިޔާއެވެ. ސަރވިސް އެލަވަންސް ގޮތުގައި 5000 ރުފިޔާ އަދި ސިވިލް ސަރވިސް ޤަވާއިދާ އެއްގޮތްވާގޮތުގެމަތީން ގިނަވެގެން މުސާރައިގެ %50 އާއި ހަމައަށް އިތުރު ގަޑީގެ އެލަވަންސް ލިބެއެވެ. އަދި މަގުފާރަވެރިންގެ އަސާސީ މުސާރައަކީ 6000 ރުފިޔާއެވެ. ސަރވިސް އެލަވަންސް ގޮތުގައި 4000 ރުފިޔާ ލިބެއެވެ.

ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުން ކުރާ މަސައްކަތްތަކަށް ބަލާއިރު، މަގުމަތީގައި ކުނި ބަހައްޓާތޯ ބެލުމާއި، ޕެލެޓް ބެހެއްޓުމާއި، މުދަލާއި ތަކެތި މަގުމަތީގައި ގަވާއިދާ ހިލާފަށް ބަހައްޓާތޯ ބެލުމާއި، ޕާކް ކުރުމުގެ މައްސަލަތައް ޙައްލު ކުރުމާއި، ޓްރެފިކް (ބާރުބޮޑު ވަގުތުތަކުގައި މަގުތައް ތޮއްޖެހުމުގެ މައްސަލަތައް ހައްލުކުރުން) އަދި އިމާރާތް ކުރާ ތަންތަނުގެ ސަލާމަތީ ކަންކަ ބެލެހެއްޓުމާއި، ހިނގާ މީހުންގެ ބޮލަށް ގޭގެއިން ފެން ފޭބުން ހައްލުކުރުން ހިމެނެއެވެ.

މާލެ ސިޓީ ކައުންސިލުން އުފެއްދި "ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓް" ގެ ބޭނުމަށް މާލެ ވަނީ 8 ޒޯނަކަށް ބަހާލައިފަ އެވެ. އެ ޕްރޮގްރާމްގައި 18 އަންހެނުންނާއި 60 ފިރިހެނުން މަސައްކަތް ކުރާނެ އެވެ. އެ ޔުނިޓްގެ ބެލެހެއްޓުމުގެ ކަންކަން ހަވާލުކޮށްފައި ވަނީ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ސައުދީއާ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު