Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

މެސީ އަލުން ބާސެލޯނާ އަށް ގޮސްދާނެ ކަމަކަށް ކޫމަން ޤަބޫލު ނުކުރޭ، ކުށްވެރި އަކީ ލަޕޯޓާ!

މެސީ ބާސެލޯނާ ދޫކޮށްލަން ޖެހުނީ ލަޕޯޓާގެ ފަރުވާ ކުޑަމުން، އޭނާ އުޅެނީ އެކަން ފޮރުވަން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 މެއި 2023 | ހޯމަ 02:48
ބާސެލޯނާގެ ކުރީގެ ކޯޗު ކޫމަން އަދި ލިއޮނަލް މެސީ

ބާސެލޯނާގެ ކުރީގެ ކޯޗު ކޫމަން އަދި ލިއޮނަލް މެސީ

ބާސެލޯނާގެ ކުރީގެ ކެޕްޓަން ލިއޮނަލް މެސީ އަލުން އެ ކުލަބަށް ގޮސްދާނެ ކަމަށް ޤަބޫލު ނުކުރާ ކަމަށް އެ ކުލަބުގެ ކުރީގެ ކޯޗު ރޮނާލްޑު ކޫމަން ބުނެފި އެވެ.

ނެދަލެންޑްސް ޤައުމީ ޓީމުގެ ކޯޗުކަމާ ދާދި ފަހުން ހަވާލުވި ކޫމަން މިހެން ބުނީ، މީޑިއާ އަކަށް އޭނާ ދިން އިންޓަވިޔެއްގަ އެވެ. އެ އިންޓަވިޔުގައި މެސީ އަލުން ބާސެލޯނާ އަށް ގޮސްދާނެ ކަމަށް ޤަބޫލު ކުރަންތޯ ސުވާލު ކުރުމުން ކޫމަން ބުނީ، އެއީ އޭނާ އަށް ޤަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ. އޭނާ ބުނީ، މި ސީޒަަނަށް ފަހު ސާޖިއޯ ބުސްކެޓްސް ވެސް ބާސެލޯނާ ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ. އަނެއްކޮޅު ޖޯޑީ އަލްބާ ވެސް ބާސެލޯނާ ދޫކޮށްލުމަކީ ގާތް ކަމެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެކަން ފާހަގަކުރަމުން ކޫމަން ބުނީ، މެސީ، ބުސްކެޓްސް އަދި އަލްބާ އަކީ ވަރަށް ގާތް ތިން ރަޙުމަތްތެރިން ކަމަށެވެ. އެހެންކަމުން އެ ތިން ކުޅުންތެރިން އެކުގައިބ އިންޓަ މިއާމީ ނުވަތަ ސައުދީ ޕްރޯ ލީގުގެ ކުލަބަކަށް ބަދަލުވުމަކީ އޭނާ އަށް ހައިރާންކަމެއް ނޫން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ކޫމަން ވަނީ އޭނާގެ ފާޑުކިޔުން ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ އަށް އަމާޒުކޮށްފަ އެވެ. ކޫމަން ބުނީ، އޭނާ އަށް ފެންނަނީ ލަޕޯޓާ "މޫނުމަތި" ރީތި ކުރަން މަސައްކަތް ކުރާ މަންޒަރު ކަމަށެވެ. ޚާއްސަކޮށް 2021 ވަނަ އަހަރު މެސީ ބާސެލޯނާ ދޫކޮށްލަން ޖެހުނީ ލަޕޯޓާގެ ވެސް ފަރުވާ ކުޑަކަމުން ކަމަށާއި، މިހާރު އޭނާ އުޅެނީ އެކަން ފޮރުވަން މަސައްކަތް ކުރަން ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެހެންކަމުން މެސީ ބާސެލޯނާ ދޫކޮށް ދާން ޖެހުމުގެ ޒިންމާ ނަގަން ޖެހޭނީ ވެސް ލަޕޯޓާ ކަމަށް ކޫމަން ވަނީ ބުނެފަ އެވެ.

ބާސެލޯނާގެ ކޯޗުކަމުން ކީކޭ ސެޓިއެން ވަކިކުރުމަށް ފަހު އެ މަގާމަށް ކޫމަން ހަމަޖައްސާފައި ވަނީ 2020 ވަނަ އަހަރުގެ އޯގަސްޓު މަހު އެވެ. އެހެން ނަމަވެސް ކޫމަންއާއެކު ވެސް ބާސެލޯނާގެ ނަތީޖާ ދަށްވުމުގެ ސަބަބުން އެ ކުލަބުން ވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އޭނާ މަގާމުން ވަކިކޮށްފަ އެވެ. ކޫމަންގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ވަނީ 67 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 39 މެޗުން މޮޅުވެ، 16 މެޗުން ބަލިވެފަ އެވެ. 12 މެޗެއް ނިމުނީ އެއްވަރުވެގެންނެވެ. އެއަށްފަހު އެ ޓީމުގެ ކޯޗަކަށް ހަމަޖެއްސީ ކުރީގެ ކުޅުންތެރިޔާ އަދި ކެޕްޓަން ޒަވީ ހެނާންޑޭޒް އެވެ.

ބާސެލޯނާ ދޫކޮށް މެސީ ޕީއެސްޖީ އަށް ބަދަލުީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެެވެ. އެ ކުލަބާއެކު އޭނާ ހަދާފައިވާ އެއްބަސްވުން މިއަހަރުގެ ޖޫން މަހަށް ހަމަވާނެ އެވެ. އެހެން ނަމަވެސް މިހާތަނަށް ޕީއެސްޖީގެ އެއްބަސްވުން އައު ކުރުމަށް މެސީ ނިންމާފައެއް ނުވެ އެވެ. ބާސެލޯނާ އިން މެސީ ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، ސައުދީ ޕްރޯ ލީގުގެ ކުލަބަކުން ވެސް އަންނަނީ މެސީ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މެސީގެ ބައްޕަ ޖޯޖު ބުނެފައިވާ ގޮތުން މުސްތަޤުބަލާ މެދު މެސީ ގޮތެއް ނިންމާނީ މިހާރު ކުރިއަށްދާ ސީޒަނަށް ފަހު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި

ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި

29 މާރިޗު 2017
ޔޫވީ ފުރަތަމަ ޑިވިޝަނަށް ނެރެދިން ކޯޗު އަލުން އެޓީމާ ގުޅިއްޖެ

ޔޫވީ ފުރަތަމަ ޑިވިޝަނަށް ނެރެދިން ކޯޗު އަލުން އެޓީމާ ގުޅިއްޖެ

26 މާރިޗު 2017
ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ

ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ

16 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

25 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު