Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑު

"މާޝިއަލް ބޯކޮށައިފިނަމަ، އެއީ ކުރިއަށް އޮންނަ މެޗުގައި އޭނާ ލަނޑު ޖަހާނެ ދުވަހެއް!"

15 މެއި 2023 | ހޯމަ 02:23

ބްރޫނޯ ބުނީ، މީގެ ފަހުން ޔުނައިޓެޑުގެ މެޗު އޮންނަ ކޮންމެ ދުވަހެއްގައި މާޝިއަލް ބޯކޮށިތޯ ބެލުމަށް ގުޅާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 މެއި 2023 | ހޯމަ 02:23
ޔުނައިޓެޑުން ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު މާޝިއަލް އުފާ ފާޅުކުރަނީ

ޔުނައިޓެޑުން ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު މާޝިއަލް އުފާ ފާޅުކުރަނީ

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންތަނީ މާޝިއަލް ބޯކޮށައިފި ނަމަ، ކުރިއަށް އޮންނަ މެޗަކީ އޭނާ ލަނޑު ޖަހާނެ މެޗެއް ކަމަށް އެ ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ބުނެެފި އެވެ.

ބްރޫނޯ މިހެން ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވްސްއާ ދެކޮޅަށް ޔުނައިޓެޑުން ކުޅުނު މެޗުގައި މާޝިއަލް ޖެހި ލަނޑާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އެ މެޗުގައި ޔުނައިޓެެޑަށް ލީޑު ނަގައިދިން ލަޏޑު ޖެހީ މާޝިއަލް އެވެ. މޮޅާއެކު ޔުނައިޓެޑުން ވަނީ ގަދަ ހަތަރެއްގައި ދެމި އޮވެފަ އެވެ. އެއީ މާޝިއަލް މި ސީޒަނުގައި ޔުނަައިޓެޑަށް ޖަހައިދިން އަށް ވަނަ ލަނޑެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ބްރޫނޯ ބުނީ، އަބަދުވެސް މާޝިއަލް އަކީ އެންމެ މުހިންމު ވަގުތުގައި ލަނޑު ޖަހާ ޚާއްްސަ ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ދެކޭ ކަމަށެވެ. އޭނާ ބުނީ މެޗުގެ ކުރިން ވެސް، މާޝިއަލް ގާތު އޭނާ މެޗުގައި ލަނޑު ޖަހާނެ ވާހަކަ ބުނެފައިވާނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ބްރޫނޯ ބުނީ މެޗުގެ ކުރީ ދުވަހު މާޝިއަލް ބޯކޮށުން ކަމަށެވެ. އަދި މީގެ ކުރިން ވެސް މާޝިއަލް ބޯކޮށާ ކޮންމެ ދުވަހަކު އޭނާ ލަނޑު ޖަހާފައިވާތީ ކަމަށް ވެސް ބްރޫނޯ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ބްރޫނޯ ބުނީ، މީގެ ފަހުން ޔުނައިޓެޑުގެ މެޗު އޮންނަ ކޮންމެ ދުވަހެއްގައި މާޝިއަލް ބޯކޮށިތޯ ބެލުމަށް ގުޅާނެ ކަމަށެވެ. ސަބަބަކީ ޔުނައިޓެޑުން ބޭނުންވަނީ ވުލްވްސް މެޗުގައި ފެނުނު ކަހަލަ މާޝިއަލްއެއް ކަމަށާއި، ބޭނުންވަނީ ޔުނައިޓެޑަށް ލަނޑު ޖަހާނެ މާޝިއަލް ކަމަށެވެ. އެކަން ފާހަގަ ކުރަމުން ބްރޫނޯ ބުނީ، ވުލްވްސް މެޗުގައި ވެސް މާޝިއަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު ކަމަށެވެ.

މީގެ އިތުރުން ބްރޫނޯ ބުނީ ޔުނައިޓެޑުގެ އަމާޒަށް ވާސިލްވެވޭނެ ކަމުގެ ބޮޑު އުންމީދެއް އޮތް ކަމަށެވެ. ޚާއްސަކޮށް ޓީމުގެ އެންމެހައި ކުޅުންތެރިންގެ ފަރާތުން ފެންނަ ކުޅުމާއި، ކުޅުންތެރިން ކުރަމުން އަންނަ މަސައްކަތަކީ އެ ކާމިޔާބަށް ވާސިލްވާން އޮތް ހިތްވަރެއް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. ބްރޫނޯ ފާހަގަ ކުރި ގޮތުގައި ޔުނައިޓެޑުން ބޭނުން ވަނީ މެޗަކަށް ފަހު މެޗެއް ޓީމުގެ ކުޅުން ރަނގަޅުކޮށް، ނަތީޖާތައް ރަނގަޅު ކުރުމަށެވެ.

އޭނާ ބުނީ ލީގުގައި ޔުނައިޓެޑަށް ބާކީ އޮތް ތިން މެޗަކީ ވަރަށް މުހިންމު ތިން މެޗު ކަމަށެވެ. އެއީ ބީންމައުތު، ޗެލްސީ އަދި ފުލަމްއާ ދެކޮޅަށް ކުޅޭ މެޗެވެ. އެއާއެކު ޔުނައިޓެޑަށް ކުރިއަށް ފައިނަލް މެޗެއް އޮތްކަން ފާހަގަކުރަމުން އޭނާ ބުނީ، ޓީމުގެ އަސްލު ރޫހުގައި ކުޅެފި ނަމަ ޔުނައިޓެޑަށް ކާމިޔާބު ހޯދޭނެ ކަމަށެވެ.

ބޯންމައުތުގެ ދަނޑުގައި ޔުނައިޓެޑުން އެ ޓީމާ ދެކޮޅަށް ނިކުންނާނީ މި މަހުގެ 20 ވަނަ ދުވަހު އެވެ. އެއަށްފަހު އަމިއްލަ ދަނޑުގައި ޗެލްސީއާ ދެކޮޅަށް ނިކުންނާނީ މި މަހުގެ 26 ވަނަ ދުވަހު އެވެ. ލީގުގެ ފަހު މެޗުގައި ފުލަމްއާ ދެކޮޅަށް ނިކުންނާނީ ވެސް އަމިއްލަ ދަނޑުގަ އެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

މެސީގެ ބައްޕަ މަރުވެއްޖެ

5

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

އިތުރަށް ކިޔާލަން

21 މެއި 2017

ގަދަ ހަތަރެއްގެ ރޭހުގައި އޮންނަން ބޭނުންވާނަމަ ޔޫވީ މެޗު މުހިންމު: ސާންތި

21 މެއި 2017
ގަދަ ހަތަރެއްގެ ރޭހުގައި އޮންނަން ބޭނުންވާނަމަ ޔޫވީ މެޗު މުހިންމު: ސާންތި
20 މެއި 2017

އިންޑިއާއާ ކުޅެގެން ލިބުނު ފިލާވަޅުގެ ނަތީޖާ ކުރިއަށްހުރި މެޗުގައި ފެނިގެންދާނެ:ޒިލާ

20 މެއި 2017
އިންޑިއާއާ ކުޅެގެން ލިބުނު ފިލާވަޅުގެ ނަތީޖާ ކުރިއަށްހުރި މެޗުގައި ފެނިގެންދާނެ:ޒިލާ
27 އެޕްރީލު 2017

ކުރިއަށް އޮތް ވޯލްޑް ކަޕްގައި ވީޑިއޯ ޓެކްނޮލޮޖީ ބޭނުންކުރަނީ

27 އެޕްރީލު 2017
ކުރިއަށް އޮތް ވޯލްޑް ކަޕްގައި ވީޑިއޯ ޓެކްނޮލޮޖީ ބޭނުންކުރަނީ
12 އެޕްރީލު 2017

ލީގުގައި ކުރިއަށްދާން ބޭނުންނަމަ ޔޫވީ އަތުން މޮޅުވާންޖެހޭ: ސޮބާ

12 އެޕްރީލު 2017
ލީގުގައި ކުރިއަށްދާން ބޭނުންނަމަ ޔޫވީ އަތުން މޮޅުވާންޖެހޭ: ސޮބާ
11 އެޕްރީލު 2017

ކުރިއަށް އޮތީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު، ފަރިތަކުރުންތަކުގައި ލެވަންޑޯވްސްކީ ބައިވެރި ނުވޭ!

11 އެޕްރީލު 2017
ކުރިއަށް އޮތީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު، ފަރިތަކުރުންތަކުގައި ލެވަންޑޯވްސްކީ ބައިވެރި ނުވޭ!
09 އެޕްރީލު 2017

ކުރިއަށް މުހިއްމު މެޗެއް އޮއްވާ ނިޒާމްބެއަށް އަނިޔާވެއްޖެ

09 އެޕްރީލު 2017
ކުރިއަށް މުހިއްމު މެޗެއް އޮއްވާ ނިޒާމްބެއަށް އަނިޔާވެއްޖެ
03 އެޕްރީލު 2017

ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ

03 އެޕްރީލު 2017
ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
10 ޖެނުއަރީ 2017

ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ

10 ޖެނުއަރީ 2017
ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް