Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޝަވަން

މަސްނޫއީ ފަޔާއެކު ޝަވަން އާއި މަންމަ އަށް ހިނިތުންވުން، ހާސިލްވީ އެތައް ދުވަހެއްގެ އުންމީދެއް!

މިހާރު އަބަދު ވެސް ބޭނުންވަނީ ފައި ލައްވައިގެން އުޅެން، އެއްގޮތަކަށް ވެސް ނައްޓާލަން ބޭނުންނުވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 މެއި 2023 | އާދީއްތަ 08:46
ޝަވަން އައްޑޫ އަށް ކުރި ދަތުރުގެ ތެރެއިން

ޝަވަން އައްޑޫ އަށް ކުރި ދަތުރުގެ ތެރެއިން

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއާއެކު، އެތައް ބައެއްގެ ލޯބި ލިބުނު ހދ.މަކުނުދޫ އުމުރުން ހަތް އަހަރުގެ އަޙުމަދު ޝަވަންގެ ވާހަކަ އަކީ އާދަޔާ ޚިލާފު ވާހަކައެކެވެ. ޝަވަން ދައްކައިދެމުން އައީ ތަފާތު ހިތްވަރެކެވެ. އެތައް ބަޔަކަށް ދިރި ހުރި މިސާލެކެވެ. އެއް ފައި ނެތް ނަމަވެސް، ޝަވަން އައީ ފުޓުބޯޅަ ކުޅުމުގައި ޝަވަންގެ ހުނަރު ދައްކަމުންނެވެ. އެ ވީޑިއޯއާއެކު އެތައް ބައެއްގެ ލޯބި ޝަވަން އަށް "އޮއްސާލި" އެވެ.

އެ ވީޑިއޯއާއެކު މިއަދު ޝަވަންގެ އުންމީދު ވަނީ ފުރިހަމަވެފަ އެވެ. ޝަވަންގެ މަންމަ، އައިޝަތު ވިސާހު ކިޔައިދިން ގޮތުގައި އެންމެ ފުރަތަމަ އިންޑިއާ އަސް ދިޔައީ މިއަހަރުގެ ޖަނަވަރީ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެއަށްފަހު، ނުވަ ވަނަ ދުވަހު ޝަވަންގެ ފައިގައި އިން ކަށިކޮޅުގެ އޮޕަރޭޝަނެއް ވަނީ ކޮށްފަ އެވެ. އެ އޮޕަރޭޝަނަށް ފަހު ރިކަވަރީ އަށް އެއް މަސް ދުވަހު މަޑު ކުރަން ޖެހުނެނެވ. އެއަށްފަހު އާދައިގެ ފައި ޖެހި ކަމަށް ޝަވަންގެ މަންމަ ބުނެ އެވެ. އެ ފަޔާއެކު ދެ މަސް ދުވަސް ވަންދެން ޝަވަން ވަނީ ފަރިތަކޮށްފައި ކަމަށާއި، އެއަށްފަހު ރަނިން ބްލޭޑް ޖެހި ކަމަށެވެ. ރަނިން ބްލޭޑުގައި އެއް މަސް ދުވަހު ފަރިތަކުރުމަށް ފަހު މިހާރު ޝަވަން ހުރީ މާލޭގަ އެވެ.

ޝަވަންގެ މަންމަ ބުނި ގޮތުގައި މިއަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު އިންޑިއާ އަށް ދާން ޖެހެ އެވެ. އޭގެ ކުރިން މިހާރު ޑޮކްޓަރު އިރުޝާދު ދީފައި ވަނީ ދުވާލަކު އެއް ގަޑިއިރު ވަންދެން ހިނގުމަށެވެ. ޝަވަންގެ މަންމަ ބުނީ އަންނަ މަހު އިންޑިއާ އަށް ގޮސް ޑޮކްޓަރަށް ދެއްކުމަށްފަހު، ދެން އެއްކޮށް އޭގައި ޝަވަން އަށް ހިނގައި އުޅެވޭނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. ޝަވަންގެ މަަންމަ ވިޝާހު ބުނީ، މިހާރު ޝަވަން ހުރީ ވަރަށް އުފާވެފައި ކަމަށެވެ. އަދި މިހާރު އަބަދު ވެސް ބޭނުންވަނީ ފައި ލައްވައިގެން އުޅެން ކަަމަށާއި، އެއްގޮތަކަށް ވެސް ނައްޓާލަން ބޭނުންނުވާ ކަމަށެވެ.

އިތުރަށް ވިޝާހު ބުނީ، ޝަވަން އަށް ފަޔަށް ޖެހޭނެ ދުވަހެއް ފެނުމަކީ ޝަވަން ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އެހެންކަމުން އެއީ އަބަދު ވެސް ވަރަށް ބޮޑު އުންމީދެއްގެ ގޮތުގައި އޮތް ކަމެއް ކަމަށާއި، މިހާރު އެކަން ފުރިހަމަ ވަމުން އަންނާތީ ވަރަށް އުފާވާ ކަމަށެވެ. އުފަލާއެކު ހުރެ ވިޝާހު ބުނީ އެންމެ ފުރަތަމަ ވެސް ޝުކުރު އަދާކުރަން ބޭނުންވަނީ މާތް ﷲ އަށް ކަމަށެވެ. އެއަށްފަހު ސަރުކާރުން ވެސް ޝަވަން އަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވިޝާހު ވަނީ ފާހަގަކޮށްފަ އެވެ. ހަމައެއާއެކު އާއިލާގެ މެމްބަރުންނާއި، ގާތް ރަހުމަތްތެރިން އަދި އާންމު ރައްޔިތުންނަށް ވިޝާހު ވަނީ އޭނާގެ ހިތުގެ އެންމެ އަޑިން ޝުކުރު އަދާކޮށްފަ އެވެ.

ސޯޝަލް މީޑިއާ ގައި އާންމުވި ވީޑިއޯއާއެކު ޝަވަން އަށް ރަނިން ބްލޭޑެއް ހަދިޔާކޮށްފައި ވަނީ ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް އެވެ. މިދިޔަ އަހަރު ފާހަގަ ކުރި ބައިނަލްއަޤުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހު މިނިސްޓަރު މަޚްލޫފް ވަނީ ޝަވަން އަށް ރަނިން ބްލޭޑު ހަދިޔާކުރިކަން އިއުލާންކޮށްފަ އެވެ. އެއާއެކު މިއަދު މި ވަނީ ޝަވަންގެ އުންމީދުތަކުގައި ކުލަ ޖެހި، އެކަން ފުރިހަމަވެފަ އެވެ. މިއަދު، ޝަވަންގެ އުންމީދަކީ މަސްނޫއީ ފަޔާއެކު ފުޓުބޯޅަ ކުޅުމުގައި ދެމި ހުރުމެވެ. ދުވެ، ކަސްރަތުކޮށް މަޖާ ކުރުމެވެ.

މަސްނޫއީ ފަޔާއެކު ޝަވަން ދުވެ މަޖާ ކުރާ މަންޒަރު ފެންނަ ވީޑިއޯ އެއް ހިއްސާކޮށް، މިނިސްޓަރު މަޚްލޫފް ވިދާޅުވީ ޝަވަންގެ އުންމީދު ހަގީގަތަކަށް ހެދުމަށް އަދި ކުރަންހުރި މަސައްކަތް ވަރަށް ގިނަ ކަމަށެވެ. ނަމަވެސް ކުރަން ޖެހުނު އޮޕަރޭޝަން ނިމި ރަނިން ބްލޭޑް އަދި ޕްރޮސްތެޓިކް ފައި ޖެހިފައިވާތީ އުފާކުރާ ކަމަށާއި، ޑޮކްޓަރުންގެ ލަފަޔާއެކު ރީހެބިލިޓޭޝަން އަދި އިތުރު ތަމްރީން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އެ ވީޑިއޯ އަށް ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، އެތައް ބަޔަކު އަންނަނީ ޝަވަން އަށްް އޮތް ލޯބި ފާޅުކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

06 މެއި 2017
ފުރާނައާއި ފުރާނަފުޅު!

ފުރާނައާއި ފުރާނަފުޅު!

26 އެޕްރީލު 2017
އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

24 އެޕްރީލު 2017
"މަންމަގެ ދޫންޏާ، މަންމަގެ ރަންކޮޅާ"، މިވަރުގެ ހިތާމައެއް ނުދެކެން!

"މަންމަގެ ދޫންޏާ، މަންމަގެ ރަންކޮޅާ"، މިވަރުގެ ހިތާމައެއް ނުދެކެން!

23 އެޕްރީލު 2017
ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

13 އެޕްރީލު 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު