Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހދ. މަކުނުދޫ

މަކުނުދޫ އެއަރޕޯޓުގެ އެއްވެސް މަސައްކަތެއް ނުކުރާތާ ހަ މަސް ދުވަސް ވެއްޖެ: އައުޒަމް

ރައީސް ޞާލިޙުގެ ސަރުކާރުގައި މަކުނުދޫ އެއަރޕޯޓުގެ މަސައްކަތް ފެށިފައިވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 އޯގަސްޓު 2025 | އަންގާރަ 09:16
ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ހދ.މަކުނުދޫ އެއަރޕޯޓުގެ މަސައްކަތް ފެށި ނަމަވެސް، މިހާރު އެ އެއަރޕޯޓުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތާ ހަ މަސް ދުވަސްވެފައިވާ ކަމަށް، އެ ރަށު ކައުންސިލްގެ ރައީސް އައުޒަމް އާދަމް ވިދާޅުވެއްޖެ އެވެ.

އައުޒަމް މިހެން ވިދާޅުވީ އަންގާރަ ދުވަހު ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. އެގޮތުން އައުޒަމް ވިދާޅުވީ، މަކުނުދޫގައި އެއަރޕޯޓެއް ޤާއިމު ކުރުމެ ޚިޔާލަކީ ވަރަށް ކުރިން ވެސް ދައްކަމުން އަންނަ ވާހަކައެއް ކަމަށެވެ.

މަކުނުދޫ އަކީ އެކަހެރިކޮށް އޮންނަ ރަށަކަށް ވެފައި، ދަތުރު ފަތުރު ކުރުމުގައި ލުއި ފަސޭހަތަކެއް ހޯދުމަށް އެ ރަށުގައި އެއަރޕޯޓެއް އެޅުމުގެ ވާހަކަ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރި ކަމުގައި ދައްކާފައިވާ ކަމަށް އައުޒަމް ވިދާޅުވި އެވެ. އޭރުން ފެށިގެން ވެސް، ގަދަ ކަނޑުގައި ދަތުރު ނުކޮށް، މަތިން ދަތުރު ކުރެވޭނެ ގޮތްތަކެއް ހޯދުމަށް މިއަދާ ހަމައަށް ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އައުޒަމް ފާހަގަ ކުރެއްވި އެވެ.

އެގޮތުން އެކި ދުވަސް ތަކުގެ މަތިން ކުރެވުނު މަސައްކަތުގެ ތެރެއިން، ރައީސް ޞާލިޙުގެ ސަރުކާރުގައި މަކުނުދޫ އެއަރޕޯޓުގެ މަސައްކަތް ފެށިފައިވާ ކަމަށް އައުޒަމް ވިދާޅުވެފައިވެ އެވެ. ރައީސް ޞާލިޙުގެ ސަރުކާރުގައި އެއަރޕޯޓުގެ މަސަައްކަތް ފަށައި، އެ މަސައްކަތުގެ ވަރަށް ބޮޑު އިންސައްތައެއް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އޭރު ހަވާލު ކުރި ބިން ހިއްކުމާއި، ރިވެޓްމަންޓު ޖެހުމުގެ މަސައްކަތް ނިންމާފައިވާ ކަމަށް އައުޒަމް ވިދާޅުވި އެވެ.

އެ ހިސާބުގައި މަަސައްކަތް އޮއްވައި، ރައީސް ޞާލިޙުގެ ވެރިކަން ބަދަލުވެ މިހާރުގެ ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވެރިކަން އައިސްފައިވާއިރު، އެ ހިސާބުން މަސައްކަތް ވަރަށް ބޮޑަށް ހުއްޓިފައިވާ ކަމަށް އައުޒަމް ވިދާޅުވި އެވެ. އެގޮތުން އެއްވެސް މަސައްކަތެއް ނުކުރާތާ މިއަދާ ހަމައަށް ގާތް ގަނޑަކަށް ހަ މަސް ދުވަސް ވެފައިވާ ކަމަށް އައުޒަމް ވިދާޅުވި އެވެ.

އެކި ދުވަސް ތަކުން ގޮސްފައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި މިއޮތީ މަސައްކަތް ފަށާފައި. މަސައްކަތުގެ ވަރަށް ބޮޑު ބައި މި އޮތީ ނިންމާލެވިފައި. މަސައްކަތޭ މި ބުނީ، އޭރު ހަވާލު ކުރި މަސައްކަތް، ހިއްކުމާއި ރިވެޓްމަންޓު ޖެހުން. މަސައްކަތް ނިންލާފައި އޮއްވައި، ސަރުކާރު ބަދަލުވެގެން މި އައީ. އެހެންވީމާ ބަދަލުވެގެން އައި ހިސާބުން މިހާރު މި އޮތީ އަނެއްކާ ވެސް ވަރަށް ބޮޑަށް ހުއްޓިފައި. މިއަދާ ހަމައަށް ގާތް ގަނޑަކަށް ހަ މަސް ވީ ހަމަ އެއްވެސް މަސައްކަތެއް ނުކުރާތާ.
މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް

މީގެ އިތުރުން އައުޒަމް ވިދާޅުވީ މަކުނުދޫ އެއަރޕޯޓަށް ރައީސް މުޢިއްޒު ވެސް ވައުދުތަކެއް ވެވަޑައިގެންފައިވާ ކަމަށެވެ. ރައީސް ޞާލިޙުގެ ސަރުކާރުގައި ހަވާލު ކޮށްފައި އޮތީ މަކުނުދޫގައި 1500 މީޓަރުގެ ރަންވޭ އެއް އެޅުމަށް ކަމަށާއި، ރައީސް މުޢިއްޒު ވަޑައިގެން 1800 މީޓަރުގެ ރަންވޭ އެއް ޤާއިމު ކޮށްދެއްވާނެ ކަމަށް ވައުދުވެފައިވާ ކަމަށް އައުޒަމް ވިދާޅުވި އެވެ.

އެހެން ނަމަވެސް، މިއަދާ ހަމައަށް އައިއިރު ވެސް އެ މަސައްކަތް ބަޔަކާ ހަވާލު ކޮށްފައި ނުވާ ކަމަށާއި، އެއީ މަކުނުދޫ ރައްޔިތުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް އައުޒަމް ވަނީ ވިދާޅުވެފަ އެވެ. އެ އަތޮޅުގައި ރަނގަޅަށް ހިނގާ އޮތީ އެންމެ ރިސޯޓެއް ކަމަށާއި، މަކުނުދޫ އެއަރޕޯޓާ ގުޅިގެން ފަތުރުވެރި ކަމަށް ވެސް ބޮޑު ބަދަލެއް އަންނާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް އައުޒަމް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން އައުޒަމް ވިދާޅުވީ 2024 ވަނަ އަހަރުގެ ކުރީ ކޮޅު ރައީސް މުޢިއްޒު މަކުނުދޫ އަށް ވަޑައިގެންނެވި ކަމަށާއި، އެ ދަތުރުފުޅުގައި އެ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެ ރަށުގައި އެއަރޕޯޓުގެ ޚިދުމަތް ލިބޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

ހދ. މަކުނުދޫމަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް

ކޮމެންޓް

އިތުރަށް ކިޔާލަން

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

12 ޖެނުއަރީ 2024
ގޭސްފުޅި ގޮވައި ހިނގި ހާދިސާގައި ނިޔާވި ދެމީހުންގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިފި

ގޭސްފުޅި ގޮވައި ހިނގި ހާދިސާގައި ނިޔާވި ދެމީހުންގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިފި

25 އޮކްޓޯބަރު 2023
މަކުނުދޫ އެއަރޕޯޓުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހަވާލުކޮށްފި

މަކުނުދޫ އެއަރޕޯޓުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހަވާލުކޮށްފި

22 ޖޫން 2023
މަކުނުދޫގެ ގެއެއްގައި އަލިފާން ރޯވެ އަނދަނީ

މަކުނުދޫގެ ގެއެއްގައި އަލިފާން ރޯވެ އަނދަނީ

25 މެއި 2023
މަކުނުދޫ އެއަރޕޯޓުގެ ކޮންޓްރެކްޓް މަހެއްހާ ދުވަހުގެ ތެރޭގައި ފައިނަލައިޒް ކުރެވޭނެ - އަސްލަމް

މަކުނުދޫ އެއަރޕޯޓުގެ ކޮންޓްރެކްޓް މަހެއްހާ ދުވަހުގެ ތެރޭގައި ފައިނަލައިޒް ކުރެވޭނެ - އަސްލަމް

23 މެއި 2023

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު