Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޅުދުއްފުށި އެއަރޕޯޓް

ކުޅުދުއްފުށި އެއަރޕޯޓުގައި ނައިޓް ލޭންޑިންގ ޚިދުމަތް ދިނުމަށް ޓެސްޓް ފްލައިޓް ޖައްސައިފި

13 މެއި 2023 | ހޮނިހިރު 13:24

ޓެސްޓް ފްލައިޓް ޖެއްސީ މިއަދު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 13 މެއި 2023 | ހޮނިހިރު 13:24
ކުޅުދުއްފުށި އެއަރޕޯޓުގައި ނައިޓްލޭންޑިންގެ ޚިދުމަތް ފެށުމަށް ޖެއްސި ޓެސްޓް ފްލައިޓް

ކުޅުދުއްފުށި އެއަރޕޯޓުގައި ނައިޓްލޭންޑިންގެ ޚިދުމަތް ފެށުމަށް ޖެއްސި ޓެސްޓް ފްލައިޓް

ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ އިން ހިންގަމުން އަންނަ ކުޅުދުްފުށި އެއަރޕޯޓުގައި ނައިޓްލޭންޑިންގ ޚިދުމަތް ފެށުމަށް ކާމިޔާބު ކަމާއެކު ޓެސްޓް ފްލައިޓު ޖައްސައިފިއެވެ.

މި ފްލައިޓު ޖައްސާފައިވަނީ ހޮނިހިރު ދުވަހުގެ އިރުއޮއްސުނު ވަގުތުގައެވެ. މި ޚިދުމަތާއެކު ކުޅުދުއްފުށި އެއަރޕޯޓް، 24 ގަޑިއިރު ޚިދުމަތްދޭ އެއަރޕޯޓަކަށް ބަދަލު ވެގެންދާނެ ކަމަށް ރީޖަނަލް އެއަރޕޯޓްސް އިން ބުންޏެވެ.

Advertisement - newsAdvertisement

ރޭގަނޑު ޚިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން ކުޅުދުއްފުށި އެއަރޕޯޓުގައި ވަނީ ނައިޓް ލޭންޑިންގ ސިސްޓަމެއް ގާއިމްކޮށްފައެވެ. މި ޚިދުމަތާއެކު އެއަރޕޯޓުން ދޭ ޚިދުމަތްތައް އިތުރު ހަރުފަތަކަށް ގޮސް، ކުޅުދުއްފުއްޓާއި އެ ރަށާ ކައިރި ރަށްތަކުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށް ރީޖަނަލް އެއަރޕޯޓްސް އިން ބުންޏެވެ.

އެ ކުންފުނިން ފާހަގަކުރި ގޮތުގައި ކުޅުދުއްފުށީ އެއަރޕޯޓުން 24 ގަޑިއިރު ޚިދުމަތް ދޭން ފެށުމާއެކު ރޭގަނޑު ވަގުތު ވައިގެމަގުން ބަލި މީހުން އުފުލުމަށް ލުޔެއް ލިބިގެންދިއުމަކީ އެ ސަރަހައްދުގެ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އަދި އެ ސަރަހައްދުގެ ރަށްތަކުގެ ވިޔަފާރިތަކާށާއި ރިސޯޓުތަކަށް ވެސް މީގެ ސަބަބުން ލުއިތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކުޅުދުއްފުށި އެއަރޕޯޓުގެ އިތުރުން ރީޖަނަލް އެއަރޕޯޓްސް އިން ހިންގަމުން އަންނަ ހޯރަފުށި އެއަރޕޯޓާއި މާވަރުލު އެއަރޕޯޓަށް ވެސް ރޭގަނޑު ފްލައިޓު ޖެއްސޭ ގޮތް ހެދުމަށް ނައިޓް ލޭންޑިންގ ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ. މި މަސައްކަތްތައް ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމައި، ޚިދުމަތް ފެށޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ކުޅުދުއްފުށި އެއަރޕޯޓާއެކު ރީޖަނަލް އެއަރޕޯޓްސް އިން ހިންގާ އެއަރޕޯޓުތަކުގެ ތެރެއިން ރޭގަނޑު ފްލައިޓު ޖެއްސުމުގެ ޚިދުމަތް ދޭ އެއަރޕޯޓުގެ އަދަދު މިވަނީ ހަތަރަކަށް އަރައިފައެވެ. އެއީ ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓާއި ފަރެސްމާތޮޑާ އެއަރޕޯޓާއި ފުވައްމުލައް އެއަރޕޯޓެވެ.

ރީޖަނަލް އެއަރޕޯޓްސް އިން ބުނިގޮތުގައި އެކުންފުނިން ހިންގާ ހުރިހާ އެއަރޕޯޓުތައް ތަރައްގީ ކުރުމަށާއި ދަތުރުވެރިންނަށް ދޭ ޚިދުމަތް ފުޅާ ކުރުމަށް ކެނޑިނޭޅި އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

09 މާރިޗު 2017

ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި

09 މާރިޗު 2017
ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް