Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ލަމްޕާޑު ބުނީ ޗެލްސީން ކުޅޭނީ ފޮރެސްޓަށް އިހުތިރާމް ދީގެން ކަމަށް

ފޮރެސްޓު މެޗަކީ ޗެލްސީއަށް ކުރިމަތިވާނެ ބޮޑު "ޓެސްޓެއް"

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 މެއި 2023 | ހޮނިހިރު 05:32
ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑު

ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑު

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީން ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅޭނީ އެ ޓީމަށް ދޭން ޖެހޭ ފުރިހަމަ އިހުތިރާމް ދީގެން ކަމަށް، ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑު ބުނެފިއެވެ.

ޗެލްސީގެ ދަނޑުގައި ކުޅޭ މެޗަށް ކުރިމަތިލާއިރު، ފޮރެސްޓު އޮތީ ރެލިގޭޝަން ޒޯނުގެ ބިރުވެރިކަމުގެ ތެރޭގައެވެ. ލީގުގައި އެންމެ ފަހުން ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ޗެލްސީ ވަނީ ރެލިގޭޝަންގެ ބިރުވެރިކަމުން ސަލާމަތްވެފައެވެ. އެ މެޗަށް އިޝާރާތް ކުރަމުން ލަމްޕާޑު ބުނީ އެއީ ކުރިއަށް ދިޔުމަށް ޗެލްސީ އަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. ފޮރެސްޓު މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަމުން ލަމްޕާޑު ބުނީ، ފުޓުބޯޅާގައި ކޮންމެ ގޮތަކަށްވެސް ކަންތައްތައް ބަދަލުވެދާނެކަމަށެވެ. އޭނާ ބުނީ ފޮރެސްޓު މެޗަށް ޗެލްސީ ނިކުންނާނީ މޮޅުވުމުގެ އަޒުމުގައި ކަމަށެވެ.

އޭނާ ބުނީ ޗެލްސީން ކުޅެންޖެހޭ ފޮރެސްޓު ޓީމަކީ ޕްރިިމިއާ ލީގުގެ ރެލިގޭޝަނުން ސަލާމަތްވުމަށް "ހަނގުރާމަ" ކުރަމުން އަންނަ ޓީމެއް ކަމަށެވެ. އެހެންކަމުން އެއީ ޗެލްސީއަށް ކުރިމަތިވާނެ ބޮޑު "ޓެސްޓެއް"ގެ ގޮތުގައި ލަމްޕާޑު ވަނީ އެ މެޗު ސިފަކޮށްފައެވެ. އެހެންކަމުން ޗެލްސީން ކުޅެންޖެހޭނީ ފޮރެސްޓަށް ދޭންވާ އިހުތިރާމް އެންމެ ފުރިހަމައަށް ދީގެން ކަމަށާއި، ފޮރެސްޓަކީ އެންމެ މުހިންމު ވަގުތުގައި ލަނޑު ދޭ ޓީމެއް ކަމަށްވެސް އޭނާ ބުންޏެވެ. ޚާއްސަކޮށް، ކުޅުމުގެ ތެރެއިން އެ ޓީމުގެ ފަރާތުން އިދިކޮޅު ޓީމަށް އަބަދުވެސް ދުއްތުރާ ކުރިމަތިވާނެ ކަމަށާއި، އެ ޓީމަކީ ހުރިހާ ކަމެއް ހާސިލް ކުރުމުގެ އަޒުމުގައި ކުޅޭ ޓީމެއްކަންވެސް އޭނާ ފާހަގަކުރިއެވެ.

މީގެ އިތުރުން ލަމްޕާޑު ބުނީ ޗެލްސީން ކޮންމެ މެޗަކަށް ވެސް ނިކުންނަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށާއި، އެ ޓީމުގެ އަމާޒަކީވެސް މެޗުތަކުން މޮޅުވުން ކަމަށެވެ. އެހެންނަމަވެސް މި ސީޒަނުގައި ޗެލްސީގެ ނަތީޖާތައް ދަށްކަން އޭނާ ގަބޫލުކުރެއެވެ. ލަމްޕާޑު ބުނީ މިހާރު ޗެލްސީއަށް އޮންނާނީ މި ސީޒަނަށް ބެލުން ނޫންކަމަށާއި، އަންނަ ސީޒަނަށް ފުރިހަމައަށް ތައްޔާރުވުން ކަމަށެވެ.

ޗެލްސީގެ ދަނޑުގައި އެ ޓީމުން ފޮރެސްޓާ ދެކޮޅަށް ނިކުންނާނީ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 19:00 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: ގަދަ ހަތަރެއްގެ ޖާގަ ލިބުނީ ޗެލްސީ، ޓޮޓެންހަމް، ސިޓީ އަދި ލިވަޕޫލްއަށް

ޕްރިމިއާ ލީގު: ގަދަ ހަތަރެއްގެ ޖާގަ ލިބުނީ ޗެލްސީ، ޓޮޓެންހަމް، ސިޓީ އަދި ލިވަޕޫލްއަށް

22 މެއި 2017
ވެރާޓީ ހޯދުމަށް އެންމެފަހުން ޗެލްސީން 55 މިލިއަން ޕައުންޑު ހުށަހަޅައިފި

ވެރާޓީ ހޯދުމަށް އެންމެފަހުން ޗެލްސީން 55 މިލިއަން ޕައުންޑު ހުށަހަޅައިފި

18 މެއި 2017
ޗެލްސީން ލީގު ކަށަވަރު ކޮށްފި

ޗެލްސީން ލީގު ކަށަވަރު ކޮށްފި

13 މެއި 2017
ކުޅުނު ކުޅުމަށް ބަލާއިރު މި ލިބުނީ ހައްގު 3 ޕޮއިންޓު: ޓަވަރޭޒް

ކުޅުނު ކުޅުމަށް ބަލާއިރު މި ލިބުނީ ހައްގު 3 ޕޮއިންޓު: ޓަވަރޭޒް

08 އެޕްރީލު 2017
ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް

ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް

08 އެޕްރީލު 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު