Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

މެސީގެ ސަސްޕެންޝަން އުވާލައިފި، އަޖާސިއޯއާ ދެކޮޅަށް ކުޅޭނެ

މެސީގެ ފަރާތުން ފެނުނީ ވަރަށް ހަމަޖެހިގެން ހުރި މަންޒަރު، މެސީ ބޭނުންވަނީ މޮޅަށް ކުޅެ އިތުރު ތައްޓެއް ކާމިޔާބު ކުރަން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 މެއި 2023 | ހޮނިހިރު 03:42
ޕީއެސްޖީގެ ފަރިތަކުރުމުގައި މެސީ ބައިވެރި ވަނީ

ޕީއެސްޖީގެ ފަރިތަކުރުމުގައި މެސީ ބައިވެރި ވަނީ

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީއަށް ދީފައިވާ ދެ ހަފުތާގެ ސަސްޕެންޝަން އުވާލާފައިވާކަމަށާއި، ފްރާންސް ލީގުގައި އޭސީ އަޖާސިއޯއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ކުޅޭނެކަމަށް އެ ޓީމުގެ ކޯޗު ކްރިސްޓޮފާ ގަލްޓިއޭ ބުނެފިއެވެ.

ޕީއެސްޖީގެ ފަރިތަކުރުންތަކަށް ހާޒިރުނުވެ، ކުލަބުގެ ހުއްދަ ނުހޯދައި މެސީ ސައޫދީ އަރަބިއްޔާއަށް ދަތުރުކުރުމުން އެ ކުލަބުން ވަނީ މެސީ ދެ ހަފުތާގެ މުއްދަތަށް ސަސްޕެންޑުކޮށްފައެވެ. އެއާއެކު މެސީ ވަނީ މައާފަށް އެދި، އެކަން ހިނގައިދިޔަ ގޮތް ތަފްސީލުކޮށްދީފައެވެ. އެއަށްފަހު މެސީ ވަނީ ޕީއެސްޖީގެ ފަރިތަކުރުންތަކަށް ވެސް ނިކުންނަން ފަށާފައެވެ.

ލީގުގައި އަޖާސިއޯއާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަމުން ގަލްޓިއޭ ބުނީ، އަންގާރަ ދުވަހު ޕީއެސްޖީގެ ފަރިތަކުރުންތަކަށް މެސީ ނިކުތުމާއެކު އޭނާ މެސީއާ ވާހަކަދެއްކި ކަމަށެވެ. ގަލްޓިއޭ ފާހަގަކުރިގޮތުގައި މެސީގެ ފަރާތުން އޭނާއަށް އެއްވެސް ކަހަލަ ނުތަނަވަސްކަމެއް ނުވަތަ ހިތްހަމަނުޖެހުމެއް ނުފެނެއެވެ. އޭގެ ބަދަލުގައި މެސީގެ ފަރާތުން ފެނުނީ ވަރަށް ހަމަޖެހިގެން ހުރި މަންޒަރު ކަމަށާއި، މެސީ ބޭނުންވަނީ މޮޅަށް ކުޅެ އިތުރު ތައްޓެއް ކާމިޔާބު ކުރަންކަންވެސް އެނގޭކަމަށެވެ. އިތުރަށް ގަލްޓިއޭ ބުނީ މެސީގެ ފަރާތުން ފެނުނީ އޭނާގެ މަސައްކަތާމެދު ވަރަށް ބޮޑަށް ގަޔާވެގެން ހުރި މަންޒަރު ކަމަށާއި، މެސީ ހުރީ ކުޅެން ތައްޔާރަށް ކަމަށެވެ. މި ޕްރެސްގައިވެސް ގަލްޓިއޭ ވަނީ މެސީގެ ސަސްޕެންޝަންގެ ވާހަކަ ދެއްކުމަށް ދެކޮޅުހަދާފައެވެ. އޭނާ ބުނީ އެކަމުގެ ވާހަކަ ކުލަބުގެ އެއްވެސް މީހަކު ދައްކާފައި ނުވާކަމަށާއި، އެހެންކަމުން އޭނާވެސް އެ ވާހަކަ ދައްކަން ބޭނުންނުވާކަމަށެވެ. ނަމަވެސް މެސީ ޕީއެސްޖީގެ ފަރިތަކުރުންތަކާ ގުޅުމާއެކު އޭނާއަށް މަރުހަބާ ކިޔާކަމަށާއި، މެސީގެ ފަރާތުން އެއްވެސް ކަހަލަ އަސަރެއް ފެންނަން ނެތްކަމަށެވެ.

މީގެ އިތުރުން ގަލްޓިއޭ ބުނީ، މެސީއަކީ މެސީ ކަމަށެވެ. އެކަން ފާހަގަކޮށް އޭނާ ބުނީ، މި ސީޒަނުގައި މެސީގެ ކުޅުމާމެދު އެއްޗެއް ބުނަން ބޭނުންނުވާ ކަމަށާއި، ސަބަބަކީ އޭނާގެ ކުޅުމާމެދު ސުވާލު އުފައްދާނެ ޖާގައެއް ނެތުމުން ކަމަށެެވެ. އޭނާ ބުނީ މެސީ ދަނޑު މަތީގައި ހުންނައިރު ޕީއެސްޖީން ޖެހޭނީ ހަމަޖެހިގެން އެޓޭކުކުރުމަށް ވިސްނަން ކަމަށާއި، މެސީއަކީ އެކަމަށް މަގު ކޮށައިދޭނެ އެންމެ ކުޅަދާނަ ފަރާތް ކަމަށެވެ. ލީގުގައި އެންމެ ފަހުން ޓްރޮޔީސްއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ޓީމުގެ ފަރާތުން ރަނގަޅު ކަންތައްތައް ފެނުނުކަމަށާއި، މިހާރު މެސީ އެނބުރި އައުމުން ޓީމުގެ ރޫހު ހުރީ އެންމެ ފެންވަރެއްގައި ކަމަށްވެސް އޭނާ ބުންޏެވެ.

އަޖާސިއޯއާ ދެކޮޅަށް ޕީއެސްޖީން ނިކުންނާނީ އެ ޓީމުގެ އަމިއްލަ ދަނޑުގައެވެ. ޕީއެސްޖީގެ ދަނޑުގައި އެ ޓީމު އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ވަނީ ބަލިވެފައެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް

08 މާރިޗު 2017
ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް
04 މާރިޗު 2017

ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ

04 މާރިޗު 2017
ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ
01 މާރިޗު 2017

ވަލްކޭއަށް ދީފައިވާ 10 އަހަރުގެ ސަސްޕެންޝަން އިސްތިއުނާފްކޮށްފި

01 މާރިޗު 2017
ވަލްކޭއަށް ދީފައިވާ 10 އަހަރުގެ ސަސްޕެންޝަން އިސްތިއުނާފްކޮށްފި
28 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން

28 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން
27 ފެބުރުއަރީ 2017

ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟

27 ފެބުރުއަރީ 2017
ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު