Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
މާމުއިގެ އަސްލު ގެއްލުން

މާމުއިގެ ފޮނި މީރުކަން ގެއްލި، އެތައް ބަޔަކު ހާސްކަމުގެ ތެރެއަށް!

ނަތީޖާއެއްގެ ގޮތުން، މާމުއި އުފެއްދޭ މިންވަރު ދަށްވެ، މާމުއިގެ ފެންވަރަށްވެސް ނޭދެވޭ ބަދަލުތަކެއް ވަނީ އައިސްފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 11 މެއި 2023 | ބުރާސްފަތި 13:56
އިރާގުގައި މާމުއި އުފައްދާ މީހެއް

އިރާގުގައި މާމުއި އުފައްދާ މީހެއް

މޫސުމީ ނޭދެވޭ ބަދަލުތަކުގެ އަސަރުގެ ވާހަކައަކީ ބައެއް މީހުންނަށް މާ ބޮޑު ކަމަކަށް ނުވެދާނެއެވެ. އެއީ ސީދާގޮތުން އަސަރެއް ކުރާކަން ފާހަގަނުކުރެވޭތީ ކަމަށްވެސް ވެދާނެއެވެ. ނަމަވެސް، ހީވެސް ނުކުރާފަދަ ގޮތް ގޮތަށް، މޫސުމީ ނޭދެވޭ ބަދަލުތަކުގެ އަސަރު އިންސާނީ ހަޒާރަތަށް ފޯރަމުންދާކަމީ، އަޅާނުލައި ދޫކޮށްލެވޭވަރުގެ ކަމެއް ނޫނެވެ.

އާދަޔާ ޚިލާފަށް ހޫނު ގަދަވުމާއި، ވާރޭ ވެހޭ މިންވަރު މަދުވުމާއި، ހިރަފުހުގެ ތޫފާންތައް އިތުރުވުމުގެ ސަބަބުން އިރާގުގެ ތިމާވެއްޓަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ އަސަރު ސީދާ ގޮތުން ފޯރަމުން ދަނީ އެ ގައުމުގައި ކުޅަނދުރު އާލާކުރުމުގެ މަސައްކަތަށެވެ. ނަތީޖާއަކަށް ވަނީ މާމުއި އުފެއްދޭ މިންވަރު ދަށްވެ، މާމުއިގެ ފެންވަރަށްވެސް ނޭދެވޭ ބަދަލުތަކެއް އައުމެވެ.

އަލީ މިރްދާން ފާލިހްއަކީ އިރާގުގައި ކުޅަނދުރު ގެންގުޅޭ މީހުންގެ ތެރެއިން، މޫސުމީ ނޭދެވޭ ބަދަލުތަކާހެދި އެ މީހުންގެ ވިޔަފާރި ބަނގުރޫޓުވެދާނެކަމުގެ ނުތަނަވަސްކަމުގައި އުޅޭ މީހުންގެ ތެރެއިން އެކަކެވެ.

އެއްގޮތުން ނުވިއްޔާ އަނެއް ގޮތުންވެސް މާމުއި އުފެއްދުމުގެ މަސައްކަތުގައި ފާލިހް ލޯބޯ ފިއްސަމުން ދިޔަނަމަވެސް، އުއްމީދު ކަނޑާލައި، އެ މަސައްކަތް ހުއްޓާލި އެކަކީ ގާސިމުއްތާއީއެވެ. މިކަމުގެ ޒިންމާ، ހަމަ އެކަނި މޫސުމީ ނޭދެވޭ ބަދަލުތަކުގެ މައްޗަށް ބިންދާލެވެން ނެތްކަން ގާސިމްގެ ވާހަކަތަކުން އެނގެއެވެ.

ކުޅަނދުރު ގެންގުޅޭ އަދި މާމުއި ސިނާއަތުގައި ވިޔަފާރިވެރިއެއްގެ ގޮތުގައި ހުރި ބަޝީރު ކިޔައިދިން ގޮތުގައި؛ އިމްޕޯޓް ވިޔަފާރިއާއެކު، ސައްތައިން ސައްތަ އިރާގުގެ އުފެއްދުންތައް ގަންނާނެ މީހަކު ނުވެއެވެ.

އިމްޕޯޓްކުރަނީ ހަމައެކަނި މާމުޔެއް ނޫނެވެ. ބިދޭސީ ކުޅަނދުރަކީވެސް އިރާގުގެ މާމުއި ސިނާއަތަށް ކުރިމަތިލާން ޖެހިފައި އޮތް ހާސް ކަމެކެވެ.

2022 ވަނަ އަހަރު އދ.ން ހާމަކޮށްފައިވާގޮތުގައި؛ މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް، މޫސުމީ ނޭދެވޭ ބަދަލުތަކުގެ ކާރިސާގައި އިރާގަކީ 5 ވަނައަށް އެންމެ ނާޒުކު ގައުމެވެ.

ހަނަފަސްކަމާއި އާދަޔާ ޚިލާފަށް ހޫނު ގަދަވުމުގެ ސަބަބުން ދަނޑުބިންތައް ވަނީ ހިކިފައެވެ. ހޫނު މޫސުމުގެ ދުވަސްވަރު، އިރާގުގެ ބޮޑު ސަރަހައްދެއްގައި ދަނޑުވެރިކަން ކުރުމުގެ ފުރުސަތެއް ނޯވެއެވެ.

މާމުއިއިރާގުމާމުއި ވިއްކާ މީހުން މާމުއި އުފައްދާ މީހުން

ކޮމެންޓް

އިތުރަށް ކިޔާލަން

އދ ގެ ރެފިއުޖީންގެ ހައި ކޮމިޝަނަރަކަށް އިރާގުގެ ކުރީގެ ރައީސް ސާލިހް

އދ ގެ ރެފިއުޖީންގެ ހައި ކޮމިޝަނަރަކަށް އިރާގުގެ ކުރީގެ ރައީސް ސާލިހް

14 ޑިސެމްބަރު 2025
އިޒްރޭލުން އީރާނަށް ހަމަލާދޭން އިރާޤުގެ ވައިގެ ސަރަހައްދު 'ލޯންޗު ޕެޑް' އެއްގެ ގޮތުގައި ބޭނުންކުރުމާ ދެކޮޅު: އިރާޤުގެ ރައީސް

އިޒްރޭލުން އީރާނަށް ހަމަލާދޭން އިރާޤުގެ ވައިގެ ސަރަހައްދު 'ލޯންޗު ޕެޑް' އެއްގެ ގޮތުގައި ބޭނުންކުރުމާ ދެކޮޅު: އިރާޤުގެ ރައީސް

14 އޮކްޓޯބަރު 2024
ކުޑައިރުގެ ހުވަފެންތަކުގައި ކުލަޖައްސަން، ޔުނިވަރސިޓީ ޕްރޮފެސަރު ދަނޑުވެރިކަމަށް!

ކުޑައިރުގެ ހުވަފެންތަކުގައި ކުލަޖައްސަން، ޔުނިވަރސިޓީ ޕްރޮފެސަރު ދަނޑުވެރިކަމަށް!

27 އެޕްރީލު 2024
ހަނގުރާމައިގެ ކަށިކުނބުރު ޖަންގައްޔަކަށް ވި ޢިރާޤުގެ ދަނޑުވެރިން، ކަށިކުންނާރު ދަނޑުތަކަށް!

ހަނގުރާމައިގެ ކަށިކުނބުރު ޖަންގައްޔަކަށް ވި ޢިރާޤުގެ ދަނޑުވެރިން، ކަށިކުންނާރު ދަނޑުތަކަށް!

02 އެޕްރީލު 2024
"ކެންސަރުގެ ވޭނީ ދަތުރުގަ ނުރޯށޭ ނުބުނެ، ތަދުވާނޭ، އެހެނަސް ކެތްކޮށްލާނީއޭ މީހަކު ބުނިނަމަ..."

"ކެންސަރުގެ ވޭނީ ދަތުރުގަ ނުރޯށޭ ނުބުނެ، ތަދުވާނޭ، އެހެނަސް ކެތްކޮށްލާނީއޭ މީހަކު ބުނިނަމަ..."

21 މާރިޗު 2024

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު