Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެމްޕިއަންސް ލީގު

އޭސީމިލާން ބަލިކޮށް، އިންޓަ ފައިނަލާ ގާތަށް

11 މެއި 2023 | ބުރާސްފަތި 02:15

އިންޓައިން ގޯލު ޖެހީ އެންމެ ހަތަރު މިނިޓް ތެރޭގައި

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 11 މެއި 2023 | ބުރާސްފަތި 02:15
އިންޓަމިލާނުގެ ކުޅުންތެރިން ގޯލު ޖަހާފައ ދުވަނީ: އިންޓަ މޮޅުވީ 2-0އިން

އިންޓަމިލާނުގެ ކުޅުންތެރިން ގޯލު ޖަހާފައ ދުވަނީ: އިންޓަ މޮޅުވީ 2-0އިން

މިލާނުގެ ވާދަވެރި ދެ ކުލަބުގެ ފުރަތަމަ ސެމީ ފައިނަލް 2-0 އިން ކާމިޔާބުކޮށް ޗެމްޕިއަންސް ލީގުގެ ފައިނަލާ ގާތަށް އިންޓަމިލާން ޖެހިލައިފި އެވެ.

މި ދެ ޓީމުގެ ވެސް ދަނޑު ކަމަށްވާ އިޓަލީގެ ސެންސޯރީގައި ކުޅުނު މެޗުގައި އިންޓަގެ ދެ ލަނޑު ވެސް ޖެހީ މެޗުގެ ވަރަށް ކުރީކޮޅު އެވެ. މެޗުގެ ފުރަތަމަ ލަނޑު ކަލްހަނޮގްލޫ ޖެހީ އަށް ވަނަ މިނިޓްގަ އެވެ. އަދި އޭގެ ތިން މިނިޓް ފަހުން ދެ ވަނަ ލަނޑު ހެންރިކް މިކްތާރިއަން ޖެހީ އޭސީ މިލާނުގެ ޑިފެންޑަރުން ކައިރިން ދެމިގަނެ ކީޕަރަށް އެއްވެސް ފުރުސަތެއްނުދީ އެވެ.

ފުރަތަމަހާފުގައި އިންޓަގެ ލައުޓާރޯ މާޓިނޭޒް ވައްޓާލުމުން ރެފްރީދިން ޕެނަލްޓީ ކެންސަލްކުރީ ވީއޭއާރު ބެލުމަށްފަހު މާޓިނޭޒް ވެއްޓިގަތީ ކަމަށް ބަލައިފަ އެވެ.

މި މެޗުގައި އިންޓަގެ ކީޕަރު އަންދްރޭ އޮނާނާ އަށް ވަރުގަދަ ހަމަލާއެއް ދިފާއު ކުރަން ޖެހުނީ މެޗުގެ ފަހު މިނިޓްގަ އެވެ. މެޗުގެ ބޮޑުބައި ކޮންޓްރޯލްކޮށްގެން ކުޅުނީ އިންޓަމިލާނެވެ.

މިއީ 2005 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީގައި އޭސީ މިލާން މޮޅުވި ފަހުން މި ދެ ޓީމު މި މުބާރާތުގައި ކުޅޭ ފުރަތަމަ ސެމީ ފައިނަލެވެ. ފައިނަލަށްދާނެ ޓީމެއް ކަށަވަރުކުރަން ސެމީގެ ދެ ވަނަ ލެގު ކުޅޭނީ އަންނަ ހަފުތާގަ އެވެ. ހަތް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ އަދި މުބާރާތުގެ ދެ ވަނަ އަށް އެންމެ ކާމިޔާބު ޓީމަށް ފައިނަލަށް ދެވޭނީ ސެމީގެ ފަހުމެޗުގައި ތިން ލަނޑުގެ ތަފާތަކުން މޮޅުވެގެންނެވެ.

މި މެޗަށް ނުކުންއިރު އިންޓަގެ ކޯޗު ސިމޯން އިންޒާގީ އޭނާގެ ކުޅުންތެރިންނަށް އިންޒާރުދިނީ ޗެމްޕިއަންސް ލީގުގައި މިލާން މާ ކާމިޔާބު ޓީމަކަށްވިޔަސް އެމީހުންގެ ކުރިމަތީގައި ލަދުން ނުތިބެ ވަރުގަދަ އަށް ކުޅުމަށެވެ.

އިންޓަގެ ފޯވަޑް އެޑެން ޒެކޯ މެޗަށް ފަހު ބުނީ އަވޭގެ މެޗުގައި ގޯލުޖަހައިގެން މޮޅުވުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި މިހާރު މުޅި ޓީމަށް ވެސް ފައިނަލާމެދު އިތުބާރު އޮންނާނެ ކަމަށެވެ. އަދި ދެވަނަ ލެގު އުނދަގޫވާނެ ކަމަށާއި އެކަމަކު ފަރުވާބަހައްޓައިގެން ކުޅެފިނަމަ އިންޓައަށް ކާމިޔާބު ލިބޭނެ ކަމާމެދު ޝައްކު ނުކުރާ ކަމަށެވެ.

މުބާރާތުގެ ފައިނަލަށްދާނީ މި ދެ ޓީމުންކުރެ ޓީމަކާއި ސެމީގެ ފުރަތަމަ މެޗުގައި ކުޅު ޗެމްޕިއަން ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީކުރެ ޓީމެކެވެ. މި ދެ ޓީމު އަންގާރަ ދުވަގުގެ ރޭ ކުޅެ ދެ ޓީމު އެއްވަރުވީ 1-1 ނެވެ.

އިންޓަރ މިލާންއޭސީ މިލާންޗެމްޕިއަންސް ލީގު

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
31 އޯގަސްޓު 2025

ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

31 އޯގަސްޓު 2025
  ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި
01 ޖުލައި 2025

އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް

01 ޖުލައި 2025
އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް
26 ޖޫން 2025

ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް

26 ޖޫން 2025
ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް
04 ޖޫން 2025

އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި

04 ޖޫން 2025
އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި
15 މެއި 2025

މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

15 މެއި 2025
މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި
06 މެއި 2025

އިންޒާގީ ބުނީ އިންޓަރ މިލާނުން ތަފާތު ކުޅުމެއް ދައްކަން ޖެހޭނެ ކަމަށް

06 މެއި 2025
އިންޒާގީ ބުނީ އިންޓަރ މިލާނުން ތަފާތު ކުޅުމެއް ދައްކަން ޖެހޭނެ ކަމަށް
03 މެއި 2025

އިންޓަރ މިލާންގެ ކުޅުމާ މެދު އިންޒާގީ ހުރީ ހިތްހަމަ ޖެހިފައި

03 މެއި 2025
އިންޓަރ މިލާންގެ ކުޅުމާ މެދު އިންޒާގީ ހުރީ ހިތްހަމަ ޖެހިފައި
01 މެއި 2025

ފުރަތަމަ ލެގުގައި ބާސެލޯނާ އާއި އިންޓަރ އެއްވަރު

01 މެއި 2025
ފުރަތަމަ ލެގުގައި ބާސެލޯނާ އާއި އިންޓަރ އެއްވަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް