Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޮޕާ ލީގު

ރޯމާ އިން އެއްވެސް ކަމެއް ލެވަކޫސަނަށް ދޫނުކުރާނެ

ރޯމާ އިން ދަނޑު މަތީގައި އެ ޓީމަށް ލިބިފައިވާ އެންމެހައި ކަމެއް ބޭނުން ކުރާނެ، އޭގެ ތެރޭގައި ކުޅުންތެރިންގެ ފެންވަރާއި ހިތްވަރު ހިމެނޭނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 މެއި 2023 | ބުރާސްފަތި 03:50
ޔޫރޮޕާ ލީގުގެ ސެމީ ފައިނަލްގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ރޯމާގެ ކޯޗު މޮރީނިއޯ

ޔޫރޮޕާ ލީގުގެ ސެމީ ފައިނަލްގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ރޯމާގެ ކޯޗު މޮރީނިއޯ

ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލްގައި ބަޔާ ލެވަކޫސަނާ ދެކޮޅަށް ނުކުންނައިރު، ރޯމާ އިން އެ ޓީމަށް އެއްވެސް ކަމެއް ދޫނުކުރާނެ ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ސެމީ ފައިނަލް މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ، މެޗަށް ރޯމާ އިން ނުކުންނަން ޖެހޭނީ މިއީ އެ ޓީމަށް ލިބޭނެ އެންމެ ފަހު ފުރުސަތުގެ ގޮތުގައި ދެކިގެން ކަމަަށެވެ. މޮރީނިއޯ ބުނީ ރޯމާ ޓީމުގައި ގިނަ އުނދަގޫތަކެއް ނުވަތަ ގޮންޖެހުންތަކެއް ހުރި ނަމަވެސް، އެ ޓީމުން ލެވަކޫސަނަށް މެޗުގައި އެއްވެސް ކަމެއް "ހަދިޔާ" ނުވަތަ ދޫނުކުރާނެ ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ރޯމާ އިން ދަނޑު މަތީގައި އެމީހުންނަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ އެވެ. އޭގެ ތެރޭގައި ކުޅުންތެރިންގެ ހުނަރާއި، ފެންވަރު ހިމެނޭނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ސެމީ މެޗަކީ ވަރަށް މުހިންމު މެޗެއްކަން ފާހަގަކޮށް މޮރީނިއޯ ބުނީ، ސެމީ މެޗުން ނަތީޖާ ނެރުމަށް ކުރެވެން އޮތް އެންމެހައި ކަމެއް އޭނާގެ ކުޅުންތެރިން ކުރާނެ ކަމަށެވެ. އެއަށްފަހު ފައިނަލަށް ދިޔުމަކީ ޓީމުގެ އަޒުމު ކަމަށާއި، ރޯމާގައި އޮތް ޓީމަށް އެކަން ކުރެވޭނެ ކަމަަށް އޭނާ ބުންޏެވެ.

މީގެ އިތުރުން ސެމީ މެޗުގައި ރޯމާ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޕައުލޯ ޑިބާލާ ފެންނާނެތޯ ސުވާލު ކުރުމުން މޮރީނިއޯ ބުނީ، އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި ޑިބާާލާ އަށް ނުކުޅެވޭނެ އެވެ. އެހެން ނަމަވެސް ގޮތެއް ނިންމަން ޖެހޭނީ އެންމެ ފަހު ވަގުތުގައި ކަމަށާއި، މިވަގުތު އޭނާ އަށް ސީދާ ޖަވާބެއް ނުދެވޭނެ ކަމަށެވެ. ސަބަބަކީ މިވަގުތު ޑިބާލާ އަށް ނުކުޅެވޭނެ ކަމަށް އޭނާ ބުނެފައި އޮއްވާ، ފަހު ވަގުތު ޑިބާލާ ކުޅެފިނަމަ އޭނާ އަކީ ދޮގުވެރިއެއްގެ ގޮތުގައި ސިފަ ކުރާނެ އެވެ. އެހެންކަމުން މޮރީނިއޯ ބުނީ އޭނާ އަށް ޤަބޫލު ކުރެވެނީ ޑިބާލާ އަށް ނުކުޅެވޭނެ ކަމަށާއި، ނަމަވެސް ސިދާ ނުކުޅެވޭނެޔޭ ބުނަން އުނދަގޫ ކަަމަށެވެ.

ބަޔާ ލެވަކޫސަނާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ، އެ ޓީމަކީ މިވަގުތު ޔޫރަޕުގައި އޮތް ޓީމުތަކުގެ ތެރެއިން ކައުންޓަ އެޓޭކުގައި އެންމެ ނުރައްކާތެރި އެއް ޓީމު ކަމަށެވެ. ޚާއްސަކޮށް ޒަބީ އަލޮންސޯ ލެވަކޫސަނާ ހަވާލުވެ އެ ޓީމު މުޅިން އެހެން ހަރުފަތަކަށް ގެންގޮސްފައިވާ ކަމަށާއި، ކޯޗެއްހެ ހައިސިއްޔަތުން އަލޮންސޯގެ ޕްލޭނާ ދެކޮޅަށް ކުޅެން އުނދަގޫ ވެސް ވާނެ ކަމަށް މޮރޯނިއޯ ވަނީ ބުނެފަ އެވެ.

ރޯމާ އާއި ލެވަކޫސަން ބައްދަލު ކުރާ މެޗު ފަށާނީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

ޔޫރޮޕާ ލީގުރޯމާޖޯސޭ މޮރީނިއޯ

ކޮމެންޓް

އިތުރަށް ކިޔާލަން

މެކަބީގެ ސަޕޯޓަރުން ދަނޑަށް ނުވައްދަން ނިންމުމުން، އިނގިރޭސި ބޮޑު ވަޒީރު ނުރުހުން ވެއްޖެ

މެކަބީގެ ސަޕޯޓަރުން ދަނޑަށް ނުވައްދަން ނިންމުމުން، އިނގިރޭސި ބޮޑު ވަޒީރު ނުރުހުން ވެއްޖެ

19 އޮކްޓޯބަރު 2025
  ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

31 އޯގަސްޓު 2025
ރޯމާގެ ކޯޗަކަށް ގަސްޕެރީނީ ހަމަޖައްސައިފި

ރޯމާގެ ކޯޗަކަށް ގަސްޕެރީނީ ހަމަޖައްސައިފި

07 ޖޫން 2025
ފަހު ވަގުތު ރޯމާ އިން ނަޕޯލީއާ އެއްވަރު ކޮށްފި

ފަހު ވަގުތު ރޯމާ އިން ނަޕޯލީއާ އެއްވަރު ކޮށްފި

03 ފެބުރުއަރީ 2025
ޕާމާ އަތުން ރޯމާ އަށް ފަސް ލަނޑުގެ މޮޅެއް

ޕާމާ އަތުން ރޯމާ އަށް ފަސް ލަނޑުގެ މޮޅެއް

23 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު