Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބަޔާން މިއުނިކް

ބަޔާނުން ފޯވާޑުން ހޯދާނެ، އެކަމަކު އެ ކުޅުންތެރިންގެ ވާހަކައެއް ނުދައްކާނެ

އެ ކުޅުންތެރިންނަކީ އެހެން ކުލަބުތަކުގައި ތިބި ކުޅުންތެރިންނަށް ވުމުން އެ ވާހަކަ ދައްކަން ބޭނުމެއް ނުވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 މެއި 2023 | ބުރާސްފަތި 03:35
ބަޔާން މިއުނިކްގެ ސީއީއޯ އޮލިވާ ޚާން

ބަޔާން މިއުނިކްގެ ސީއީއޯ އޮލިވާ ޚާން

ކުރިއަށް އޮތް ސީޒަނަށް ޓީމުގެ ވަރުގަދަ ކުރުމުގެ ގޮތުން ޖަރުމަނުގެ ބަޔާނުން މިއުނިކުން އައު ފޯވާޑުން ހޯދާނެ ކަމަށާއި، ނަމަވެސް އެ ކުޅުންތެރިންގެ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށް އެ ކުލަބުގެ ސީއީއޯ އޮލިވާ ޚާން ވިދާޅުވެއްޖެ އެވެ.

އޮލިވާ ޚާން މިހެން ވިދާޅުވީ ކުރިއަށް އޮތް ސީޒަނަށް ބަޔާން ވަރުގަދަ ކުރުމުން ކުރަމުން އަންނަ މަސައްކަތާ ގުޅޭ ގޮތުން ޖަރުމަނުގެ މީޑިއާއަކަށް ދެއްވި އިންޓަވިޔުއެއްގަ އެވެ. އެ އިންޓަވިޔުގައި އޮލިވާ ޚާން ވިދާޅުވީ، އައު ކޯޗު ތޯމަސް ޓުޗެލާއެކު މަޝްވަރާ ކުރުމަށް ފަހު ޓީމަށް ބޭނުންވާ ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެއީ ކޮން ކުޅުންތެރިންނެއްކަމެއް އޮލިވާ ޚާން ވިދާޅުވެފައެއް ނުވެ އެވެ. ޓޮޓެންހަމަށް ކުޅެމުން އަންނަ އިންގްލެންޑުގެ ހެރީ ކޭން އާއި ފްރާންސްގެ ޒުވާން ކުޅުންތެރިޔާ ރަންޑަލް ކޯލޯ މުއާނީ ގެންނަން ބަޔާނުން ކުރަމުން އަންނަ މަސައްކަތާ ގުޅޭ ގޮތުން ސުވާލު ކުރުމުން އޭނާ ވިދާޅުވީ، މިވަގުތު އެ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށެވެ. ސަބަބަކީ އެ ކުޅުންތެރިންނަކީ އެހެން ކުލަބެއްގައި ތިބި ކުޅުންތެރިންނަށް ވެފައި، މިވަގުތު އެއީ ކުރަން ރަނގަޅު ކަމެއް ނޫން ކަމަށް ވާތީއެވެ.

އެހެން ނަމަވެސް އޮލިވާ ޚާން ދެއްވާ ޔަގީންކަމަކީ ކުރިއަށް އޮތް ސީޒަނަށް ބަޔާނުން ކުޅުންތެރިން ގެންނާނެ ކަމެވެ. ޚާއްސަކޮށް ޓީމުގެ ފޯވާޑުގައި ކުޅެން މޮޅެތި ކުޅުންތެރިން ބަޔާނުން ހޯދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޓުޗެލާ ގުޅޭ ގޮތުން އޮލިވާ ޚާން ވިދާޅުވީ، ކުރިން ވެސް ބުނި ފަދައިން ޓުޗެލަަށް ފުރިހަމައަށް އިތުބާރު އޮންނާނެ ކަމަށެވެ. ކުރިއަށް އޮތް ސީޒަނަށް ވެސް ބޭނުންވަނީ ޓުޗެލާއެކު ކުރިއަށް ދާން ކަމަށާއި، އޭނާ އަށް ބޭނުންވާ ވަގުތު ދޭނެ ކަމަށް ވެސް އޮލިވާ ޚާން ވިދާޅުވި އެވެ. މި ސީޒަނުގައި ބަޔާނަށް އެކަށީގެންވާ ކާމިޔާބީތަކެއް ލިބުނު ކަމަށް ޤަބޫލު ކުރަންތޯ ސުވާލު ކުރުމުން އޮލިވާ ޚާން ވިދާޅުވީ، މިހާރު ބޭނުންވަނީ ޖަރުމަނު ލީގު ކާމިޔާބު ކުރުމަށް ކަމަށެވެ. އޭނާ ވިދާޅުވީ މުބާރާތްތަކުން ބަޔާން އަލްވަދާއު ކިޔުމަކީ ޓުޗެލްގެ ކުށް ދައްކަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

މި ސީޒަނުގައި ބަޔާން ވަނީ ޖަރުމަނު ކަޕުންނާއި ޔުއެފާ ޗެމްޕިއަންސް ލީގުން ވެސް ކަޓައިފަ އެވެ. އެ ޓީމަށް އޮތް ހަމައެކަނި ފުރުސަތަކީ ޖަރުމަނު ލީގެވެ. އެހެން ނަމަވެސް ލީގުގައި ބަޔާން އޮތީ ހިތްހަމަޖެހޭ ވަރެއްގައެއް ނޫނެވެ. ބަޔާން އެއް ވަނައިގައި އޮތީ ޕޮއިންޓެއްގެ ލީޑަކުންނެވެ.

ބަޔާން މިއުނިކްއޮލިވާ ޚާން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު