Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންޓަރ އޮފީސް ވޮލީ މުބާރާތް

ވެމްކޯ ސެމީ އަށް، ޕޮލިހުން ތިން ވަނަ މެޗު ވެސް ކާމިޔާބުކޮށްފި

ސެމީ އަށް ދިޔައީ އާބަންކޯ، ޕޮލިސް، އެމްއެންޑީއެފް އަދި ވެމްކޯ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 މެއި 2023 | އަންގާރަ 07:57
އިންޓަރ އޮފީސް ވޮލީ ބޯޅަ މުބާރާތުގެ ތެރެއިން

އިންޓަރ އޮފީސް ވޮލީ ބޯޅަ މުބާރާތުގެ ތެރެއިން

މިހާރު ކުރިއަށްދާ އިންޓަރ އޮފީސް ވޮލީ ބޯޅަ މުބާރާތުގައި ކުޅުނު ތިން ވަނަ މެޗު ކާމިޔާބުކޮށް ވޭސްޓް މެނޭޖްމަންޓް ކޮމްޕެނީ ލިމިޓެޑް (ވެމްކޯ) އިން ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކުރި އިރު، ޕޮލިހުން ކުޅުނު ތިން ވަނަ މެޗު ވެސް ކާމިޔާބުކޮށްފި އެވެ.

ދެ ގްރޫޕަކަށް ބަަހައިގެން ކުރިއަށްދާ މުބާރާތުގައި މިހާރު ވަނީ ސެމީ ފައިނަލްގައި ކުޅޭނެ ޓީމުތައް ކަށަވަރުވެފަ އެވެ. ފަސް ޓީމު ހިމެނުނު ގްރޫޕް އޭ އިން ސެމީ ފައިނަލަށް ދިޔައީ އާބަންކޯ އާއި ޕޮލިހެވެ. ނަމަވެސް މި ގްރޫޕްގެ އެއް ވަނަ ޓީމާއި ދެ ވަނަ ޓީމު ޔަގީން ވާނީ އަންގާރަ ދުވަހުގެ ރޭ އާބަންކޯ އާއި ޕޮލިސް ބައްދަލު ކުރާ މެޗުންނެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ގްރޫޕްގެ އެއް ވަނަ ލިބޭނެ އެވެ. ހަތަރު ޓީމު ހިމެނުނު ގްރޫޕްގެ ހުރިހާ މެޗެއް ނިމުނުއިރު، އެއް ވަނަ ހޯދީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިންނެވެ. ދެ ވަނަ ލިބުނީ ހޯމަ ދުވަހުގެ ހަވީރު ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މައްޗަށް ކުރި ހޯދީ ވެމްކޯ އަށެވެ.

އެފްއެސްއެމާ ދެކޮޅަށް ކުޅުނު މެޗު ވެމްކޯ އިން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. ވާދަވެރި ކުޅުމެއް ތިން ސެޓުގައި ވެސް ފެނުނުއިރު، ވެމްކޯ އިން ސެޓުތައް ކާމިޔާބު ކުރީ 25-22، 25-22 އަދި 25-20 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ ވިނީތު ކުމާރު އެވެ. ހޯމަ ދުވަހުގެ ރޭ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ދެކޮޅަށް ކުޅުނު މެޗު ޕޮލިހުން ކާމިޔާބު ކުރީ ވެސް ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ޕޮލިހުން ކާމިޔާބު ކުރީ 28-26، 25-21 އަދި 25-10 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިހުގެ ބިދޭސީ ކުޅުންތެރިޔާ  ޓްޔާގީ ހިމަންޝޫ އެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ތާވަލްކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ހަވީރު އާއި ރޭގަނޑު އެވެ.

އިންޓަރ އޮފީސް ވޮލީބޯޅަ މުބާރާތް 2023ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)

ކޮމެންޓް

އިތުރަށް ކިޔާލަން

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު