Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ-ޔޫކްރެއިން ހަނގުރާމަ

ރަޝިއާއިން ބްލެކް ސީ ހުރަސްކޮށް ގޮވާން އެކްސްޕޯޓްކުރުން ހުއްޓުވައިފި: ޔޫކްރެއިން

9 މެއި 2023 | އަންގާރަ 13:29

މިހާރުވެސް މުދާ އުފުލުމަށް ޔޫކްރެއިންގެ ބަނދަރުތަކާ ގާތްނުކުރެވި 90 ބޯޓު އެބައޮތް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 9 މެއި 2023 | އަންގާރަ 13:29
މިހާރުވެސް ގޮވާން އުފުލުމަށް ޔޫކްރެއިންގެ ބަނދަރުތަކާ ގާތްނުކުރެވި 90 ބޯޓު އެބައޮތް ކަމަށް ޔޫކްރެއިނުން ބުނޭ

މިހާރުވެސް ގޮވާން އުފުލުމަށް ޔޫކްރެއިންގެ ބަނދަރުތަކާ ގާތްނުކުރެވި 90 ބޯޓު އެބައޮތް ކަމަށް ޔޫކްރެއިނުން ބުނޭ

ބްލެކް ސީ ހުރަސްކޮށް ޔޫކްރެއިނުން ގޮވާން އެކްސްޕޯޓްކުރުމަށް ވެފައިވާ އެއްބަސްވުން ރަޝިއާއިން ހުއްޓުވާލައިފިކަަށް ޔޫކްރެއިނުން ބުނެފިއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ފެށުނު ހަނގުރާމައާއެކު، ރަޝިއާއިން ވަނީ ޔޫކްރެއިނުން ބްލެކް ސީ މެދުވެރިކޮށް އެކްސްޕޯޓްކުރާ ގޮވާން އެކްސްޕޯޓްކުރުން ހުއްޓުވާފައެވެ. މިކަން ހައްލުކުރުމަށް މިދިޔަ އަހަރު ކުރިއަށްދިޔަ މަޝްވަރާ ބައްދަލުވުންތަކަށްފަހު ރަޝިއާއިން ވަނީ ބްލެކް ސީ މެދުވެރިކޮށް ޔޫކްރެއިންގެ ގޮވާން އެކްސްޕޯޓްކުރެވޭނެ މަގު ފަހިކޮށްދޭން އެއްބަސްވެފައެވެ. އަދި ގޮވާން އެކްސްޕޯޓްކުރުމަށް، ތުރުކީއާއި އދ. އިސްވެ އޮވެ، ރަޝިއާއާ ޔޫކްރެއިނާއެކު އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައެވެ.

އެގޮތުން މިދިޔަ އަހަރު ސޮއިކުރެވުނު މިއެއްބަސްވުމުގައި ވާ މުއްދަތު ދެފަހަރެއްގެ މަތިން މިހާރު ދިގުދަންމާލާފައިވާއިރު، އެންމެ ފަހުން ރަޝިއާއިން މުއްދަތު އިތުރުކޮށްދީފައި ވަނީ 60 ދުވަހަށެވެ. މިއާއެކު މި އެއްބަސްވުން މިމަހުގެ 18 ވަނަ ދުވަހަށް ހަމަވާނެއެވެ. އެހެންކަމުން އެއްބަސްވުން އިތުރަށް ދިގުކުރުމުގެ މަޝްވަރާތައް ކުރުމަށް އދ.ން ދަނީ މަސައްކަތްކުރަމުންނެވެ. އަދި އެއްބަސްވުމުގެ ދަށުން، ބްލެކް ސީ މެދުވެރިކޮށް ޔޫކްރެއިނަށް މުދާ އެކްސްޕޯޓްކުރެވޭނެ އުޅަނދުގެ އަދަދު އިތުރުކުރުމުގެ މަސައްކަތްވެސް އދ.ން ދަނީ ކުރަމުންނެވެ. ނަމަވެސް އަދި މިކަން ކާމިޔާބުވާގޮތެއް ނުވެއެވެ.

ފާއިތުވި ހުކުރު ދުވަހުވެސް މިކަމުގެ މަޝްވަރާތަކެއް ކުރެވިގެން ދިޔަނަމަވެސް މާބޮޑު ކާމިޔާބީތަކެއް ލިބިފައެއް ނުވެއެވެ. ރަޝިއާއިން ދަނީ މި އެއްބަސްވުން ނިމުމަކަށް ގެންނާނެކަމުގެ އިންޒާރުތަކެއްވެސް ދެމުންނެވެ.

ޔޫކްރެއިނުން ވަނީ މިހާރުވެސް ރަޝިއާއިން އެއްބަސްވުން ހުއްޓުމަކަށް ގެނެސް، ބްލެކް ސީ މެދުވެރިކޮށް ގޮވާން އެކްސްޕޯޓްކުރުމުގެ ދޮރު އެއްކޮށް ބަންދުކޮށްފައި ވާކަމަށް ބުނެފައެވެ. މިއީ ސޮއިކުރެވިފައިވާ އެއްބަސްވުމާ ޚިލާފު ކަމެއް ކަން ފާހަގަކޮށް ޔޫކްރެއިނުން ވަނީ، މިހާރުވެސް މުދާ އުފުލުމަށް ޔޫކްރެއިންގެ ބަނދަރުތަކާ ގާތްނުކުރެވި 90 ބޯޓު އެބައޮތްކަން ފާހަގަކޮށްފައެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަރަޝިއާޔުކްރެއިން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން
14 ޑިސެމްބަރު 2025

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ
13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
07 ޑިސެމްބަރު 2025

ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

07 ޑިސެމްބަރު 2025
ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް