Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެރިއޮޓް އިންޓަރނޭޝަނަލް މޯލްޑިވްސް

ފުރަތަމަ ދުވަހުން ފެށިގެން ޒުވާނުންގެ ބޭނުންތަކަށް އިސްކަންދެން: ނާއިބުރައީސް

8 މެއި 2023 | ހޯމަ 13:50

މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ދަނީ ފަހިކޮށްދެމުން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 8 މެއި 2023 | ހޯމަ 13:50
ނާއިބުރައީސް، ފައިސަލް ނަސީމް

ނާއިބުރައީސް، ފައިސަލް ނަސީމް

މި ސަރުކާރު އެންމެ ފުރަތަމަ ދުވަހުން ފެށިގެން ކުރިޔަށްދަނީ ޒުވާނުންގެ ބޭނުންތަކާއި އިހުސާސްތަކަށް އިސްކަންދީގެން ކަމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނާއިބުރައީސް މިހެން ވިދާޅުވީ ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާގައި ބޭއްވި މެރިއޮޓް އިންޓަރނޭޝަނަލް މޯލްޑިވްސް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕްރޮގްރާމަކީ ސަރުކާރުން ކުރިޔަށްގެންދާ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމާ ގުޅިގެން ކުރިޔަށްގެންދާނެ ޕްރޮގްރާމެކެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނާއިބުރައީސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، ޒުވާނުންގެ ތަރައްގީއަށް ދެއްވާ އިސްކަމުގެ ދަށުން، މަސައްކަތުގެ މާހައުލަށް ޒަމާނާއެކު އަންނަ ބަދަލުތަކަށް މަސައްކަތްތެރިން ތައްޔާރުކުރުމުގެގޮތުން، މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ސަރުކާރުން ފަހިކޮށްދެމުން އަންނަކަމަށެވެ. ހަމަ އެހެންމެ، ދެމެހެއްޓެނިވި ފާގަތި މުސްތަގުބަލަކަށް މަގުފަހިކުރުމަށްޓަކައި ޒުވާނުންގެ ތަރައްގީއަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ، ޒުވާނުންގެ ހުނަރުތައް ތަރައްގީކުރުމުގައި ރާއްޖެއަށް އެންމެބޮޑަށް ބޭނުންވެފައިވާ ދާއިރާތައް ފާހަގަކުރައްވައި އެ ދާއިރާތަކުން ހުނަރުތައް ތަރައްގީކުރުމަށް އަމާޒުކޮށް ގިނަ ޕްރޮގްރާމުތަކެއް ފަށާފައިވާކަންވެސް ފާހަގަކުރައްވާފައެވެ. އަދި މެރިއޮޓް އިންޓަރނޭޝަނަލް މޯލްޑިވްސް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިއާ އެއް އަމާޒަކަށް ކުރިޔަށްގެންދާ ޕްރޮގްރާމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮންމެ ގައުމެއްގެވެސް ކުރިއެރުން ބިނާވެފައި އޮންނަނީ އެ ގައުމެއްގެ ރައްޔިތުންނާއި (ޚާއްސަކޮށް ޒުވާނުންނާއި) އަދި ލިބިފައި ހުންނަ ހުނަރުތަކެއްގެ މައްޗަށްކަމަށް ނާއިބުރައީސް ވިދާޅުވިއެވެ. އެގޮތުން ސިންގަޕޫރުފަދަ ކުރިއަރާފައިވާ ބައެއް ގައުމުތަކުން އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ވަރަށް ބޮޑު ހޭދައެއް ކުރާކަމަށާއި، ހަމަ މިފަދައިން މި ސަރުކާރުން ރާއްޖޭގައި ހުނަރުވެރި މަސައްކަތްތެރިން އުފެއްދުމަށް މީހުން ތަމްރީނުކުރުމާއި ތައުލީމަށް ބޮޑު ހޭދައެއް ކުރާކަން ފާހަގަކުރެއްވިއެވެ.

ނާއިބުރައީސްގެ ވާހަކަފުޅުގައި، ދިވެހި ޒުވާނުންނަށް ވަޒީފާގެ ތެރެއިންނާއި ވަޒީފާއިން ބޭރުންވެސް ބޭނުންވާ ހުނަރާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރާ ގުޅިގެން ސަރުކާރުން މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ. އަދި ގައުމަށް ބޭނުންވާ މިންވަރަށް ޒުވާނުންގެ ތައުލީމާއި ހުނަރުތައް ތަރައްގީކޮށްދިނުމުގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ބޭނުންތެރިކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި، މެރިއޮޓް އިންޓަރނޭޝަނަލް މޯލްޑިވްސް އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިފްތިތާހުކުރުމުގެ އިތުރުން 40 ފަރާތަކަށް އެޑްމިޝަން ސެޓްފިކެޓް ހަވާކުރުންވެސް އޮތެވެ. މެރިއޮޓް އިންޓަރނޭޝަނަލްއަކީ، ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގާރާމާ ގުޅުނު ފުރަތަމަ އިންޓަރނޭޝަނަލް ހޮސްޕިޓާލިޓީ ބްރޭންޑެވެ. އަދި އެއީ ދުނިޔޭގެ އެންމެ ބޮޑު ހޮޓެލް ޗެއިންގެ އިތުރުން, ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަތް ޕްރޮޕަޓީއެއް ހިންގަމުން އަންނަ ހޮޓެލް ޗެއިނެއްވެސް މެއެވެ.

ނައިބު ރައީސް, ފައިޞަލް ނަސީމްހޮސްޕިޓާލިޓީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

18 އެޕްރީލު 2025

ރައީސް ސާލިހް ސަރުކާރުން ކެނދިކުޅުދޫގައި އަޅަން ހަވާލުކުރި ޖޫނިޔަރ ކޮލެޖުގެ ބިންގާ ޑރ މުއިއްޒު ސަރުކާރުން އަޅައިފި

18 އެޕްރީލު 2025
ރައީސް ސާލިހް ސަރުކާރުން ކެނދިކުޅުދޫގައި އަޅަން ހަވާލުކުރި ޖޫނިޔަރ ކޮލެޖުގެ ބިންގާ ޑރ މުއިއްޒު ސަރުކާރުން އަޅައިފި
12 ނޮވެމްބަރު 2023

ނައިބު ރައީސް، ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރައްވައިފި

12 ނޮވެމްބަރު 2023
ނައިބު ރައީސް، ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރައްވައިފި
30 އޮކްޓޯބަރު 2023

ކޮންމެ މަޤާމެއްގައި ހުރެގެންވެސް ޤައުމީ ޚިދުމަތް ކުރެވޭނެ: ނައިބު ރައީސް

30 އޮކްޓޯބަރު 2023
ކޮންމެ މަޤާމެއްގައި ހުރެގެންވެސް ޤައުމީ ޚިދުމަތް ކުރެވޭނެ: ނައިބު ރައީސް
27 އޮކްޓޯބަރު 2023

މި ނިމިގެންދާ 5 އަހަރުތެރޭގައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިވި، އެހެން ނަމަވެސް ގިނަ މަސައްކަތްތަކެއްވެސް ކުރެވުނު - ނާއިބު ރައީސް

27 އޮކްޓޯބަރު 2023
މި ނިމިގެންދާ 5 އަހަރުތެރޭގައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިވި، އެހެން ނަމަވެސް ގިނަ މަސައްކަތްތަކެއްވެސް ކުރެވުނު - ނާއިބު ރައީސް
24 އޮކްޓޯބަރު 2023

ދުނިޔެ ބަދަލުވަމުންދާ ގޮތް ދަސްކޮށް ނަފްސު ކުރިއެރުވުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަން ޖެހޭ - ނައިބު ރައީސް

24 އޮކްޓޯބަރު 2023
ދުނިޔެ ބަދަލުވަމުންދާ ގޮތް ދަސްކޮށް ނަފްސު ކުރިއެރުވުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަން ޖެހޭ - ނައިބު ރައީސް
23 އޮކްޓޯބަރު 2023

ނާއިބު ރައީސް ބޭނުންފުޅުވަނީ ދިވެހިރާއްޖޭގެ އަޑުގެ ނަން ސަމަރުބްލޫ އިބްރާހީމް މަނިކަށް ހާއްސަކުރައްވަން

23 އޮކްޓޯބަރު 2023
ނާއިބު ރައީސް ބޭނުންފުޅުވަނީ ދިވެހިރާއްޖޭގެ އަޑުގެ ނަން ސަމަރުބްލޫ އިބްރާހީމް މަނިކަށް ހާއްސަކުރައްވަން
11 އޮކްޓޯބަރު 2023

ކޮންމެ ކަހަލަ ކާމިޔާބީއެއް ލިބުނު ނަމަވެސް އެކަމާއި ބޮޑާނުވެ، އެހެންކުދިންނާއިމެދު އިސްކަންދޭ ކުދި ބަޔަކަށްވާންވާނެ: ނައިބު ރައީސް ފައިސަލް

11 އޮކްޓޯބަރު 2023
ކޮންމެ ކަހަލަ ކާމިޔާބީއެއް ލިބުނު ނަމަވެސް އެކަމާއި ބޮޑާނުވެ، އެހެންކުދިންނާއިމެދު އިސްކަންދޭ ކުދި ބަޔަކަށްވާންވާނެ: ނައިބު ރައީސް ފައިސަލް
08 އޮކްޓޯބަރު 2023

ފަތުރުވެރިކަމުގެ ސިނާއަތުގައި ހިއުމަން ރިސޯސްގެ ދާއިރާތަކަށް ދިވެހިން ތަމްރީންކުރުން މުހިއްމު - ނައިބު ރައީސް

08 އޮކްޓޯބަރު 2023
ފަތުރުވެރިކަމުގެ ސިނާއަތުގައި ހިއުމަން ރިސޯސްގެ ދާއިރާތަކަށް ދިވެހިން ތަމްރީންކުރުން މުހިއްމު - ނައިބު ރައީސް
29 އޯގަސްޓު 2023

މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި

29 އޯގަސްޓު 2023
މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި
12 އޯގަސްޓު 2023

ނައިބުރައީސް ޓީޗަރުންނަށް: ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ، މަސައްކަތްތެރި ކުދިންތަކެއް ތަރުބިއްޔަތުކުރެއްވުމަށް ސަމާލުކަންދެއްވާ

12 އޯގަސްޓު 2023
ނައިބުރައީސް ޓީޗަރުންނަށް: ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ، މަސައްކަތްތެރި ކުދިންތަކެއް ތަރުބިއްޔަތުކުރެއްވުމަށް ސަމާލުކަންދެއްވާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް