Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނައިބު ރައީސް، ފައިސަލް ނަސީމް

ނައިބުރައީސް ޓީޗަރުންނަށް: ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ، މަސައްކަތްތެރި ކުދިންތަކެއް ތަރުބިއްޔަތުކުރެއްވުމަށް ސަމާލުކަންދެއްވާ

ދުނިޔެއަށް އަންނަ ބަދަލުތަކަށް ޓީޗަރުންވެސް ހޭނުން މުހިންމު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 12 އޯގަސްޓު 2023 | ހޮނިހިރު 13:58
ނައިބު ރައީސް، ފައިސަލް ނަސީމް

ނައިބު ރައީސް، ފައިސަލް ނަސީމް

ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ މަސައްކަތްތެރި ކުދިންތަކެއްގެ ގޮތުގައި ކުދިން ތަރުބިއްޔަތުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް، ޓީޗަރުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެދިވަޑައިގެންފިއެވެ.

ނައިބު ރައީސް މިފަދައިން އެދިވަޑައިގަތީ ހޮނިހިރު ދުވަހުގެ ހަވީރު ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ބޭއްވި "ކެމްބްރިޖް ޓީޗަރސް ޖޮބް-އެލައިކް ސެޝަން" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ސްކޫލް ކުދިން ތަރުބިއްޔަތުކުރުމުގައި ޓީޗަރުން މިހާރުވެސް ކުރަމުން އަންނަ ބުރަ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި ތައުލީމީ ދާއިރާއިން ތަމްރީނުތައް ހިންގައި މީހުން ބިނާކުރުމަށާއި، ޓީޗަރުންނަށް ރަނގަޅު އުޖޫރައެއް ހަމަޖައްސައިދިނުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތައްވެސް ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

އެމަނިކުފާނުގެ ވާހަކަފުޅުގައި ދުނިޔެއަށް އަންނަ ބަދަލުތަކަށް ޓީޗަރުންވެސް ހޭނުމުގެ މުހިންމުކަން ފާހަގަކުރައްވައި، އައު މައުލޫމާތާއި އިލްމު ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިޔަށްގެންދިއުމަށް ހިތްވަރުދެއްވިއެވެ. އަދި ކުދިން ތަރުބިއްޔަތު ކުރުމުގައި މުޖުތަމައުގެ ތެރޭގައި ހުރި އެކި ނުރަނގަޅު އޮއިވަރުތަކުގައި ނުޖެހި ކުރިޔަށްދެވޭނެ މަގު ކުދިންނަށް ދައްކައިދީ، ކުދިންގެ ތަރުބިއްޔަތަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް ޓީޗަރުންގެ ކިބައިން ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.

"ކެމްބްރިޖް ޓީޗަރސް ޖޮބް-އެލައިކް ސެޝަން"ގެ ނަމުގައި ބޭއްވި ފޯރަމަކީ، އިންޑިޔާގެ ޝްރީ އެޑިޔުކެއަރ ލިމިޓެޑްގެ މާލީ އެހީގައި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން ގުޅިގެން އިންތިޒާމުކޮށްފައިވާ ފޯރަމެކެވެ. މި ފޯރަމަކީ މުދައްރިސުންގެ ފެންވަރުމަތި ކުރުމާއި، އޯ ލެވެލަށް ކިޔަވައިދިނުމުގައި މުދައްރިސުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް، މަޝްވަރާގެ އަލީގައި ހައްލު ހޯދުމާއި، އުނގަންނައި ދިނުމުގެ މާހައުލުން ކުރެވޭ ތަފާތު ތަޖުރިބާ ހިއްސާ ކުރުމުގެ ތެރެއިން އުނގެނުން ފަހި ކުރުމުގެ މަގުސަދުގައި ބޭއްވި ފޯރަމެކެވެ.

މި ފޯރަމުގައި މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް 9 އަދި 10ށް ކިޔަވައިދޭ 257 ޓީޗަރުން ބައިވެރިވިއެވެ. ފޯރަމްގައި މައުލޫމާތު ދީފައިވާ މާއްދާތަކުގެ ތެރޭގައި؛ އިނގިރޭސި، ހިސާބު، ފިޒިކްސް، ކެމިސްޓްރީ، ބަޔޮލޮޖީ، އާރޓް އެންޑް ޑިޒައިން، ކޮމްޕިއުޓަރ ސައިންސް އަދި މެރިންސައިންސް ހިމެނޭއިރު، ފޯރަމުގެ ބައިވެރިންނަށް މައުލޫމާތު ދެއްވާފައި ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުންނެވެ.

ނައިބު ރައީސް, ފައިޞަލް ނަސީމްޓީޗަރުން

އިތުރަށް ކިޔާލަން

01 ނޮވެމްބަރު 2025

ދެކުނުގެ ރަށެއްގައި ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ޓީޗަރަކު ހައްޔަރުކޮށްފި

01 ނޮވެމްބަރު 2025
ދެކުނުގެ ރަށެއްގައި ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ޓީޗަރަކު ހައްޔަރުކޮށްފި
05 އޮކްޓޯބަރު 2025

މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ

05 އޮކްޓޯބަރު 2025
މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ
08 ޖުލައި 2025

ކޮންފެޝަން ޕޭޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކޮންފެޝަން ޕޭޖްތައް ހުއްޓުވުމަށް ފުލުހުން ހާއްސަ މަސައްކަތެއް ފަށައިފި

08 ޖުލައި 2025
ކޮންފެޝަން ޕޭޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކޮންފެޝަން ޕޭޖްތައް ހުއްޓުވުމަށް ފުލުހުން ހާއްސަ މަސައްކަތެއް ފަށައިފި
30 ޖޫން 2025

ސްކޫލުތަކުގައި މުދައްރިސުންނަށް އެކަށީގެންވާ މަސައްކަތުގެ މާހައުލެއް ނެތް: މެންބަރު ޒިޔާދު

30 ޖޫން 2025
ސްކޫލުތަކުގައި މުދައްރިސުންނަށް އެކަށީގެންވާ މަސައްކަތުގެ މާހައުލެއް ނެތް: މެންބަރު ޒިޔާދު
27 ޖޫން 2025

ފައިނު އެކްސިޑެންޓް: އަނިޔާވި ކުޑަ ދެކުދިންނާއި ޓީޗަރުގެ ހާލު ސީރިއަސް، އިތުރު ފަރުވާއަށް މާލެއަށް

27 ޖޫން 2025
ފައިނު އެކްސިޑެންޓް: އަނިޔާވި ކުޑަ ދެކުދިންނާއި ޓީޗަރުގެ ހާލު ސީރިއަސް، އިތުރު ފަރުވާއަށް މާލެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު