Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނާއިބު ރައީސް ފައިސަލް ނަސީމް

ނާއިބު ރައީސް ބޭނުންފުޅުވަނީ ދިވެހިރާއްޖޭގެ އަޑުގެ ނަން ސަމަރުބްލޫ އިބްރާހީމް މަނިކަށް ހާއްސަކުރައްވަން

އެކި ގޮތްގޮތުން ޤައުމަށް ކުރިއެރުން ހޯދައިދިން ފަރާތްތަކުގެ މަތިން ހަނދާން އައުކޮށް ޝުކުރުވެރިވުމަކީ ކުރަން ޖެހޭ ކަމެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 23 އޮކްޓޯބަރު 2023 | ހޯމަ 02:13
ސަމަރުބްލޫ އިބްރާހީމް މަނިކުގެ ހަނދާނުގައި ބޭއްވި ތައުބީނުގެ ޖަލްސާގައި ނާއިބު ރައީސް ބައިވެރިވެވަޑައިގަންނަވަނީ

ސަމަރުބްލޫ އިބްރާހީމް މަނިކުގެ ހަނދާނުގައި ބޭއްވި ތައުބީނުގެ ޖަލްސާގައި ނާއިބު ރައީސް ބައިވެރިވެވަޑައިގަންނަވަނީ

ދިވެހިރާއްޖޭގެ އަޑުގެ ނަން ބްރޯޑްކާސްޓިންގ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ސަމަރުބްލޫ އިބްރާހިމް މަނިކަށް ހާއްސަކުރަން ޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ސަމަރުބްލޫ އިބްރާހީމް މަނިކުގެ ހަނދާނުގައި އާދީއްތަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ތަޢުބީނުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ނާއިބު ރައީސް ވިދާޅުވީ އެކި ގޮތްގޮތުން ޤައުމަށް ކުރިއެރުން ހޯދައިދީ ދަތި ދުވަސްވަރު އެންމެ ބޭނުންވާ ކަންކަން ކޮށްދީފައިވާ ފަރާތްތަކުގެ މަތިން ހަނދާން އައުކޮށް ޝުކުރުވެރިވުމަކީ ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި ސަމަރުބްލޫ އިބްރާހިމް މަނިކަކީ ދިވެހި ޤައުމަށް ބޭނުންވާ މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަން ވެސް ނާއިބު ރައީސް ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއަށް ސަމަރުބްލޫ އިބްރާހީމް މަނިކު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ނާއިބު ރައީސް ވިދާޅުވީ އެމަނިކުފާނު ބްރޯޑްކާސްޓިން ދާއިރާއަށް ކޮށްދެއްވި މަސައްކަތްޕުޅަކީ ސީދާ އަމިއްލަ މަސައްކަތެއްގެ ގޮތުގައި ކުރެއްވި މަސައްކަތްތަކެއް ކަމަށެވެ.

ނާއިބު ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ ބާނީއަކީ ސަމަރުބްލޫ އިބްރާމް މަނިކު ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެހެންވެ އެތަނުގެ ނަން އެމަނިކުފާނަށް ނިސްބަތްވާން ޖެހޭކަމުގައި ގަބޫލުފުޅު ކުރައްވާ ކަމަށާއި ކުރިއަށް އޮތްތާނގައި އެ ބަދަލު ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ނާއިބު ރައީސް ވަނީ ސަމަރުބްލޫ އިބްރާހީމް މަނިކާއި އެމަނިކުފާނާ ބައްދަލުވެވަޑައިގެންނެވި ފުރަތަމަ ފަހަރާ ގުޅޭގޮތުން ވެސް ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން އެމަނިކުފާނަކީ ސާދާ މިޒާޖުގެ ބޭފުޅެއް ކަމަށާއި އެއީ ވަރަށް ކަމަށް ކަމޭ ހިތްތަވާ، ކުރައްވަން ނުކުންނަންވާ ކަމެއް ވަރަށް ރަނގަޅަށް ކުރައްވާ ބޭފުޅެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ސަމަރުބްލޫ އިބްރާހީމް މަނިކަކީ، ޒުވާނުންނަށްޓަކައި ގައުމީ މަސައްކަތްތަކެއް ކުރައްވަން ތައްޔާރަށް ހުންނެވި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވުނު ކަމަށް ވެސް ނާއިބު ރައީސް ވިދާޅުވިއެވެ.

ސަމަރުބްލޫ އިބްރާހީމް މަނިކުވަނީ 1974 އިން ފެށިގެން 2006 އާއި ހަމައަށް ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާޚިދުމަތް ކުރައްވާފައެވެ. އެމަނިކުފާނު އަވަހާރަވީ 30 ނޮވެމްބަރު 2022ގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ، 72 އަހަރެވެ.

ނައިބު ރައީސް, ފައިޞަލް ނަސީމްސަމަރުބުލޫ އިބްރާހިމް މަނިކު (ސަމަރޭ)މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ދީފި

ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ދީފި

15 ސެޕްޓެމްބަރު 2025
މިނިވަން މުއައްސަސާތަކުގެ ކޮމެޓީ ބައްދަލުވުން ސިއްރު ކޮށްފި

މިނިވަން މުއައްސަސާތަކުގެ ކޮމެޓީ ބައްދަލުވުން ސިއްރު ކޮށްފި

02 ސެޕްޓެމްބަރު 2025
"ކާލާ ބައިސާ" ޕްރޮގްރާމްގައި ސުހައިލްގެ އަބުރަށް ހުތުރުވާގޮތަށް ބްރޯޑްކާސްޓްކޮށްފައިވާ ވާހަކަތަކަށް ޖަވާބުދާރީވާން ރާއްޖެޓީވީ އަށް އަންގައިފި

"ކާލާ ބައިސާ" ޕްރޮގްރާމްގައި ސުހައިލްގެ އަބުރަށް ހުތުރުވާގޮތަށް ބްރޯޑްކާސްޓްކޮށްފައިވާ ވާހަކަތަކަށް ޖަވާބުދާރީވާން ރާއްޖެޓީވީ އަށް އަންގައިފި

19 އޯގަސްޓު 2025
ގާނޫނުގެ ވެރިކަން ދަމަހައްޓަން ލާޒިމު ކޮށް، ވަކިވަކި ނޫސްވެރިންނަށް އަދަބު ދެވޭ ގޮތައް މީޑިއާ ރެގިއުލޭޓް ކުރާ ބިލު އަންގާރަ ދުވަހަށް އެޖެންޑާ ކޮށްފި

ގާނޫނުގެ ވެރިކަން ދަމަހައްޓަން ލާޒިމު ކޮށް، ވަކިވަކި ނޫސްވެރިންނަށް އަދަބު ދެވޭ ގޮތައް މީޑިއާ ރެގިއުލޭޓް ކުރާ ބިލު އަންގާރަ ދުވަހަށް އެޖެންޑާ ކޮށްފި

18 އޯގަސްޓު 2025
ރައީސްގެ ދަރިކަލުންނާއި ގުޅޭގޮތުން އެމްޑީޕީ އެއްވުމުގައި ދެއްކި ވާހަކަތަކެއް އަނެއްކާވެސް ބޮރޯޑްކޮމް އިން ބަލަނީ

ރައީސްގެ ދަރިކަލުންނާއި ގުޅޭގޮތުން އެމްޑީޕީ އެއްވުމުގައި ދެއްކި ވާހަކަތަކެއް އަނެއްކާވެސް ބޮރޯޑްކޮމް އިން ބަލަނީ

24 ޖޫން 2025

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު