Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން

މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި

މިއީ މާލޭގައި އުފެދޭ ކުނި ތިލަފުއްޓަށް ގެންދިއުމުގެ ކުރިން ރައްކާތެރިކަމާއެކު ކުނި އުފުލުމަށް ޒަމާނީ ވަސީލަތްތަކާއެކު ގާއިމު ކޮށްފައިވާ ސްޓޭޝަނެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 29 އޯގަސްޓު 2023 | އަންގާރަ 02:13
މާލޭގައި ގާއިމު ކުރި ވޭސްޓް ޓްރާންސްފާ ސްޓޭޝަން

މާލޭގައި ގާއިމު ކުރި ވޭސްޓް ޓްރާންސްފާ ސްޓޭޝަން

ކުނި މެނޭޖުކުރުމުގައި މާލެއަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ގާއިމުކުރި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފިއެވެ.

މާލެ އިންޑަސްޓްރިއަލް ޒޯނުގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު، ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ އާއި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު ޔޫސުފް ސިރާޖާއި ޗާއިނާ އަދި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ވެމްކޯގެ މި ވޭސްޓް ޓްރާންސްފާ ސްޓޭޝަނަކީ މާލޭގައި އުފެދޭ ކުނި ތިލަފުއްޓަށް ގެންދިއުމުގެ ކުރިން ރައްކާތެރިކަމާއެކު ކުނި އުފުލުމަށް ޒަމާނީ ވަސީލަތްތަކާއެކު ގާއިމު ކޮށްފައިވާ ސްޓޭޝަނެކެވެ. އެގޮތުން، މި ސްޓޭޝަނުގައި ކުނި ބައިބަޔަށް ވަކިކޮށްގެން އުކާލެވޭނެ އިންތިޒާމުތައް ގާއިމް ކޮށްފައިވާއިރު އެތަނަށް ގެންދާ ކުނީގެ ބަރުދަން ބަލާލެވޭނެ ވެއި ބްރިޖް ސިސްޓަމެއް ވެސް ވަނީ ގާއިމުކޮށްފައެވެ.

ހޯމަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ނާއިބު ރައީސް ވިދާޅުވީ، ކުނި މެނޭޖްކުރުމާއި ރައްކާތެރިގޮތުގައި ކުނި ނައްތާލުމަކީ، މިސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކުރިޔަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫއުކަމަށާއި، މި މަޝްރޫއު އެއްކޮށް ނިމިގެންދާއިރު، ކުންޏަކީ އެއިން ނަފާ ހޯދޭ އަގުހުރި އެއްޗަކަށް ވެގެންދާނެ ކަމަށެވެ. އަދި މާލެ ސަރަހައްދުގައި ބޮލަކަށް އެއްކިލޯގެ ކުނި ދުވާލެއްގެ މައްޗަށް އުފެދޭއިރު އެއީ ވަރަށް ބޮޑު އަދަދެއް ކަމަށާއި ކުނީގެ މައްސަލައަށް ހައްލު ހޯދުމުގައި ކުނި އުފެދޭ މިންވަރު މަދުކުރުމާއި ކަނޑުފަޅާއި ގޮނޑުދޮށްތަކާއި އާންމު ތަންތަނަށް ކުނި ނޭޅުމުގެ މުހިއްމުކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ވެށީގެ ސާފުތާހިރުކަމަކީ ތަހުޒީބު މުޖުތަމައުތަކުން ފެންނާނެ އެންމެ މުހިންމު އެއްކަންތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ވޭސްޓް ޓްރާސްފާ ސްޓޭޝަނާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ މިހާރު ކުރިއަށް ވުރެ ފަސޭހައިން އާއްމުންނަށް ކުނި އުކާލުމުގެ ޚިދުމަތް ދިނުމަށް ވެމްކޯއަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި މި ސްޓޭޝަނަކީ ވެމްކޯއަށް ސަރުކާރުން ފޯރުކޮށްދޭ ވަރަށް މުހިންމު އެސެޓެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާލޭގައި ޤާއިމްކުރެވުނު އައު ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަކީ، 65000 އަކަފޫޓުގެ ޖާގަ ތަނަވަސް މަރުކަޒެކެވެ. އަދި މި މަރުކަޒު ފަރުމާކޮށްފައި ވަނީ، ތިމާވެއްޓާއި ރައްޓެހި އަދި ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށެވެ. މި ސެންޓަރުން ތިލަފުއްޓަށް ކުނިއުފުލާނީ ކޮންޓޭނަރުތަކުގައި ކުނި ބަންދުކޮށްގެންނެވެ.

މީގެ އިތުރުން މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގައި ހިމެނޭ އިދާރީ މަސައްކަތްތައް ހިންގާ ޢިމާރާތަކީ، ކާރިސީ އަދި މޫސުމީ ހީރާސްތަކުން ރައްކާތެރިކަން ހޯދޭނޭ ގޮތަށް ފަރުމާކޮށްފައިވާ ޢިމާރާތެކެވެ.

އެމްޑަބްލިޔުއެސްސީ ނައިބު ރައީސް, ފައިޞަލް ނަސީމްމިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްބަޑްލިއުއެސްސީގެ މުވައްޒަފުންގެ ޕޯޓަލް އަށް އިތުރު ގަޑި ނޭޅޭތާ ތިން ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެއްޖެ

އެމްބަޑްލިއުއެސްސީގެ މުވައްޒަފުންގެ ޕޯޓަލް އަށް އިތުރު ގަޑި ނޭޅޭތާ ތިން ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެއްޖެ

06 އޮކްޓޯބަރު 2025
" ރަތްމަންދޫ އާރްއޯ ޕްލާންޓުގެ ބައެއް ތަކެއްޗާއި، ބިލްޑިންގައި ހުރި ބައެއް އޭސީތައް ވަނީ ގެންގޮސްފައި."

" ރަތްމަންދޫ އާރްއޯ ޕްލާންޓުގެ ބައެއް ތަކެއްޗާއި، ބިލްޑިންގައި ހުރި ބައެއް އޭސީތައް ވަނީ ގެންގޮސްފައި."

18 ޖުލައި 2025
މުސާރަ ލިބޭގޮތަށް ސަސްޕެންޝަންގައި ހުންނެވި އެމްޑަބްލިއުއެސްސީގެ ޑިއެމްޑީ ފަޒީލް ވަކިކޮށްފި

މުސާރަ ލިބޭގޮތަށް ސަސްޕެންޝަންގައި ހުންނެވި އެމްޑަބްލިއުއެސްސީގެ ޑިއެމްޑީ ފަޒީލް ވަކިކޮށްފި

08 ޖުލައި 2025
ފެނަކައިން ހިންގަމުންދިޔަ ހުރިހާ މަޝްރޫއެއް އެމްޑަބްލިޔުއެސްސީއަށް ހަވާލުކުރަނީ

ފެނަކައިން ހިންގަމުންދިޔަ ހުރިހާ މަޝްރޫއެއް އެމްޑަބްލިޔުއެސްސީއަށް ހަވާލުކުރަނީ

04 މެއި 2024
މާލޭގެ ބައެއް ސަރަހައްދުތަކުން ފެން ކަނޑާލަނީ

މާލޭގެ ބައެއް ސަރަހައްދުތަކުން ފެން ކަނޑާލަނީ

08 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު