Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިވެހި ޕްރިމިއާ ލީގު

މާޒިޔާ އަށް ކޮންމެ މުބާރާތެއް ވެސް މުހިންމު، ޔޫވީ މެޗު ސީރިއަސްކޮށް ނަގާނެ

މާޒިޔާ ބޭނުންވަނީ ރަނގަޅު ކުޅުމެއް ދައްކަން، މާޒިޔުާ އިން މެޗަށް ތައްޔާރުވީ ވެސް ވަރަށް ސީރިއަސްކަމާއެކު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 މެއި 2023 | އަންގާރަ 02:20
ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި މާޒިޔާގެ ކޯޗު އިވާން

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި މާޒިޔާގެ ކޯޗު އިވާން

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކޮންމެ މުބާރާތަކީ ވެސް މުހިންމު މުބާރާތެއް ކަމަށާއި، ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑު ވިކްޓަރީ (ޔޫވީ)އާ ދެކޮޅަށް ކުޅޭޭ މެޗު ސީރިއަސްކޮށް ނަގާނެ ކަމަށް އެ ޓީމުގެ ކޯޗު އިވާން ވެންކޯ ކޮލޭވް ބުނެފި އެވެ.

އިވާން މިހެން ބުނީ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާގެ ފުރަތަމަ މެޗުގައި ޔޫވީއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގަ އެވެ. އޭނާ ބުނީ، ޔޫވީ މެޗަކީ މާޒިޔާ އަށް ލީގުގެ ފަށުން ކަމަށެވެ. އެހެންކަމުން އެ މެޗުން މާޒިޔާ ބޭނުންވަނީ ރަނގަޅު ކުޅުމެއް ދައްކަން ކަމަަށާއި، ހަގީގަތުގައި މާޒިޔުާ އިން އެ މެޗަށް ތައްޔާރުވީ ވެސް ވަރަށް ސީރިއަސްކަމާއެކު ކަމަށެވެ. މާޒިޔާއާ ދެކޮޅަށް ނުކުންނަ ޔޫވީ އިން ސީޒަނަށް މާ ބޮޑު ތައްޔާރުވުމެއް ނެތް ކަމަށާއި، އެހެންކަމުން އެއީ ޕްރެޝަރަކަށްވާނެތޯ ސުވާލު ކުރުމުން އިވާން ބުނީ، މާޒިޔާ އިން ކޮންމެ ޓީމަކަށް ވެސް ފުރިހަަމަ އަށް އިހުތިރާމް ކުރާނެ ކަމަށެވެ. އެހެންކަމުން ޔޫވީގެ ތައްޔާރީތަކާއި، އެ ޓީމުން ޕްރެޒިޑެންޓްސް ކަޕްގައި ބައިވެރިވިތޯ ނުވަތަ ނޫންތޯ ވެސް މާޒިޔާ އިން ނުބަލާނެ ކަމަށެވެ. އިވާން ފާހަގަ ކުރި ގޮތުގައި ކޮންމެ ޓީމަކަށް ވެސް އެބައެއްގެ އަމިއްލަ ގޮތްތަކެއް އޮންނާނެ އެވެ. އެހެންކަމުން މާޒިޔާ އިން ބޭނުންވަނީ ރަނގަޅު މެޗެއް ކުޅެން ކަމަށް އިވާން ބުންޏެވެ.

މީގެ އިތުރުން އިވާން ބުނީ ޔޫވީގެ މެޗު މާޒިޔާ އަށް ފަސޭހަ ނުވާނެކަން އެނގޭ ކަމަށެވެ. ސަބަބަކީ އޭނާ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޔޫވީ ޓީމުގައި ގިނަ ޒުވާން ކުޅުންތެރިން ތިބުމުން ކަމަށެވެ. އޭނާ ބުނީ އާންމު ގޮތެއްގައި ޒުވާން ކުޅުންތެރިން ކުޅޭނީ ވަރަށް ހިތްވަރާއެކު، ވަރަށް އުންމީދުގައި ކަމަށެވެ. އެހެންކަމުން އެފަދަ ގޮތަކަށް ކުޅޭ ޒުވާން ކުޅުންތެރިންނާ ދެކޮޅަށް ކުޅުމަކީ އުނދަގޫ ކަމަކަށްވާނެ ކަމަށެވެ. މާޒިޔާ ޓީމު މިވަގުތު އޮތް ހާލަތާ ގުޅޭ ގޮތުން ސުވާލު ކުރުމުން އިވާާން ބުނީ، އެކަމަށް އެއްޗެއް ބުނަން އެނގޭނީ ޓީމުން ކުޅޭ މެޗާ، އެ މެޗުން އަންނަ ނަތީޖާ އިން ކަމަށެވެ. އޭނާ ބުނީ އެކަމަށް އެއްޗެއް ބުނަން އެނގޭނީ ކުޅުންތެރިން މެޗުގައި ދައްކާ ކުޅުމުން ކަމަށާއި، އެހެންކަމުން މެޗުގެ ކުރިން އެއްޗެއް ބުނަން އުނދަގޫ ކަމަށެވެ. އަދި މާޒިޔާ އިން މަސައްކަތް ކުރާނީ ރަނގަޅު ކުރަން ކަމަށާއި، ފަރިތަކުރުންތަކުގައި ވެސް ކުރިއަށް ދަނީ އެ މަގުން ކަމަށެވެ. އެކަމާއެކު މާޒިޔާގެ ޓާގެޓަކީ ކޮންމެ މެޗެއް ރަނގަޅު ކުރުން ކަމަށް ވެސް އިވާން ބުންޏެވެ.

މެޗުގެ ފުރަތަމަ 11 ގައި ފަށާނެ ކުޅުންތެރިންނާ ގުޅޭ ގޮތުން އިވާން ބުނީ، އެކަން ނިންމާނީ ހޯމަ ދުވަހު ކުރިއަށް ގެންދާ އެންމެ ފަހު ފަރިތަކުރުމަށް ފަހު ކަމަށެވެ. އިވާން ފާހަގަ ކުރި ގޮތުގައި މާޒިޔާގައި އަދިވެސް އަނިޔާގެ މައްސަލަތަކެއް އުޅެ އެވެ. ނަމަވެސް މެޗުގައި މާޒިޔާގެ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓޭ) އަށް ކުޅެވޭނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އިވާން ބުނީ ސަމުއްޓޭ ފަރިތަކުރަމުން އަންނަނީ ވަރަށް ސީރިއަސްކަމާއެކު ކަމަށާއި، އޭނާގެ މޫޑު ވެސް ވަރަށް ރަނގަޅު ކަމަށެވެ.

މިއަހަރު މާޒިއާ ހަވާލުވި އިވާން ވަނީ އެ ޓީމަށް ނިމުނު ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްދީފަ އެވެ. ލީގުގައި މާޒިޔާގެ ފުރަތަމަ މެޗުގައި ޔޫވީއާ ދެކޮޅަށް ނުކުންނާނީ އަންގާރަ ދުވަހުގެ ހަވީރު އެވެ.

ދިވެހި ޕްރިމިއާ ލީގު 2023އިވާން ވެންކޯވް ކޮލޭވްމާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

26 އޮކްޓޯބަރު 2025
ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

20 އޮކްޓޯބަރު 2025
ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު

ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު

01 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު