Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޗާގޯސް މައްސަލަ

ޗާގޯސް މައްސަލައިގައި ޕީޕީއެމްއިން ނަޝީދާ ބައްދަލުކޮށްފި

ޗާގޯސްއަކީ މޮރިޝަސްގެ ތަނެއްކަމަށް ރާއްޖެއިން ފުރަތަމަ ބަލައިގަތީ ނަޝީދުގެ ވެރިކަމުގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 މެއި 2023 | ހޯމަ 08:20
ޕީޕީއެމްއާއި ރައީސް ނަޝީދު ބައްދަލު ކުރެއްވުން

ޕީޕީއެމްއާއި ރައީސް ނަޝީދު ބައްދަލު ކުރެއްވުން

ޗާގޯސްއާއި ދިވެހިރާއްޖެއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދުގެ މައްސަލާގައި އިޓްލޮސްއިން އޭޕްރީލް 28ގައި އިއްވި ހުކުމާއި ގުޅޭގޮތުން ޕީޕީއެމް ޕީއެންސީން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާ ބައްދަލުކުރައްވައިފިއެވެ.

އެ ޙުކުމަކީ އިގްތިސާދީ ނަފާ ހޯދުމަށް ދިވެހިންނަށް ލިބެން އޮތް 200 ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދު ހޯދުމަށް އޮތް ފުރުސަތު ގެއްލުވައިލުން ކަމަށް، އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

Advertisement - newsAdvertisement

މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ބައްދަލުކޮށް މަޝްވަރާ ކޮށްފައިވާއިރު، މި ބައްދަލުވުމުގައި އެ ޕާޓީގެ އިސް ފަރާތްތަކުން ބައިވެރިވެވަޑައިގެންފައިވެއެވެ.

އިދިކޮޅު ފަރާތްތަކުން މި މައްސަލައިގައި ނަޝީދާ ބައްދަލު ކުރައްވާފައިވާއިރު، ޗާގޯސްއަކީ މޮރިޝަސްގެ ތަނެއްކަމަށް ރާއްޖެއިން ފުރަތަމަ ބަލައިގަތީ ނަޝީދުގެ ވެރިކަމުގައި 2010 ގައެވެ.

އެގޮތުން ޗާގޯސްއާއި ރާއްޖެއާ ދެމެދު ފުށުއަރާ ބައި ހަމަޔަށް ބަހަން ފުރަތަމަ އެއްބަސްވީ ރައީސް ނަޝީދުގެ ސަރުކާރުން ކަމަށް ޗާގޯސް މައްސަލައިގައި މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ބަންޑާރަ ނާއިބް އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވިއެވެ. ނަމަވެސް ރާއްޖެއިން ބޮޑުބައެއް ގެއްލުވާލީކަމަށް ވިދާޅުވެ، ސަރުކާރާއި ރައީސް ސާލިހަށް ނަޝީދު ގެންދަވަނީ ފާޑު ވިދާޅުވަމުންނެވެ.

އިޓްލޮސްއިން ނިންމި ނިންމުމުގައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފައެވެ. އިޓްލޮސްގެ ސްޕެޝަލް ޗެމްބަރުން އިއްވި ނިންމުމުގައި ވަނީ، ތިލަ ދިޔަވަރުގައި ފެންނަން އޮންނަ ފަރަކުން އިން ވަކިކުރުމަށްޓަކައި އިކުއިޑިސްޓަންސް ރޮނގު ދެމޭނެ އެއްވެސް ހަމައެއް ނެތްކަމަށެވެ. އެއާއެކު މޮރިޝަސްއާ ދެކޮޅަށް މައްސަލަ ނިމުމުން، ދެގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ 4،687 އަކަކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ކަށަވަރުވެފައެވެ.

ޗާގޯސް މައްސަލަ

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2024

ޗާގޯސްގެ މައްސަލަގައި އދ ގައި ވޯޓު ނެގި އިރު ޔާމީންގެ ވެރިކަމުގައި އެއްފަހަރުވެސް އެތަނަކީ ރާއްޖޭގެ ތަނެކޭ ބުނެ ވާހަކަ ނުދައްކާ - ޝާހިދު

19 ނޮވެމްބަރު 2024
ޗާގޯސްގެ މައްސަލަގައި އދ ގައި ވޯޓު ނެގި އިރު ޔާމީންގެ ވެރިކަމުގައި އެއްފަހަރުވެސް އެތަނަކީ ރާއްޖޭގެ ތަނެކޭ ބުނެ ވާހަކަ ނުދައްކާ - ޝާހިދު
19 ނޮވެމްބަރު 2024

އިނގިރޭސީން އަތުން ރާއްޖެ މިނިވަންވެގެންވެސް ޗާގޯސް އަކީ ރާއްޖޭގެ ބައެއްކަމަށް އޭރުވެސް ވާހަކައެއް ނުދެކެވޭ - ޝާހިދު

19 ނޮވެމްބަރު 2024
އިނގިރޭސީން އަތުން ރާއްޖެ މިނިވަންވެގެންވެސް ޗާގޯސް އަކީ ރާއްޖޭގެ ބައެއްކަމަށް އޭރުވެސް ވާހަކައެއް ނުދެކެވޭ - ޝާހިދު
08 އޮކްޓޯބަރު 2024

ޗާގޯސް ކަނޑުގެ މައްސަލައިގައި މި ސަރުކާރުން ދައްކަނީ މުނާފިގު ސިފަތަކެއް - ޔާމީން

08 އޮކްޓޯބަރު 2024
ޗާގޯސް ކަނޑުގެ މައްސަލައިގައި މި ސަރުކާރުން ދައްކަނީ މުނާފިގު ސިފަތަކެއް - ޔާމީން
12 ޖެނުއަރީ 2024

ޗާގޯސް ހޯދަން ހަނގުރާމައަށް ދާން ތައްޔާރު - ފައްޔާޒު

12 ޖެނުއަރީ 2024
ޗާގޯސް ހޯދަން ހަނގުރާމައަށް ދާން ތައްޔާރު - ފައްޔާޒު
07 ޑިސެމްބަރު 2022

ޗާގޯސް މައްސަލައާ ގުޅޭގޮތުން ފުލުހުންނަށް މައުލޫމާތު ދީފި

07 ޑިސެމްބަރު 2022
ޗާގޯސް މައްސަލައާ ގުޅޭގޮތުން ފުލުހުންނަށް މައުލޫމާތު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު