Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޗާގޮސް މައްސަލަ

ޗާގޮސްގެ މުސްތަގުބަލާއި ގުޅޭގޮތުން އިނގިރޭސިވިލާތުން މޮރިޝަސްއާއެކު ހުޅުވާލެވިފައިވާ މަޝްވަރާއަކަށް ދާން އެއްބަސްވެއްޖެ

އަންނަ އަހަރުގެ ކުރީކޮޅުގައި އެއްބަސްވުމަކަށް އާދެވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2022 | ހުކުރު 09:57
ޗާގޮސް އައިލެންޑް މައްސަލައިގައި އެތަނުގެ އިސްތިއުމާރީ ބާރު ދޫކޮށްލަން އައިސީޖޭން ވަނީ ހުކުމްކޮށްފައި

ޗާގޮސް އައިލެންޑް މައްސަލައިގައި އެތަނުގެ އިސްތިއުމާރީ ބާރު ދޫކޮށްލަން އައިސީޖޭން ވަނީ ހުކުމްކޮށްފައި

ޗާގޮސް ރަށްތަކުގެ މުސްތަގުބަލާއި ގުޅޭގޮތުން އިނގިރޭސިވިލާތުން މޮރިޝަސްއާއެކު ހުޅުވާލެވިފައިވާ މަޝްވަރާއަކަށްދާން އެއްބަސްވެއްޖެއެވެ.

ބީބީސީގައި ބުނެފައިވަނީ މި މަޝްވަރާއަކީ 1814 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައި އިރު، ޗާގޮސްއާއި ގުޅޭގޮތުން އިނގިރޭސިވިލާތުން މަޝްވަރާއަކަށްދާން އެއްބަސްވި ފުރަތަމަ ފަހަރު ކަމަށެވެ. އިނގިރޭސިވލާތުގެ ފޮރިން ސެކްރެޓަރީ ޖޭމްސް ކްލެވަރލީ ބީބީސީއަށް ވިދާޅުވެފައިވަނީ އާކިޕެލެގޯ މައްސަލައިގައި ހުރި މައްސަލަތައް ހައްލުކުރައްވަން ބޭނުންފުޅު ކަމަށެވެ.

އޭނާ ވިދާޅުވީ މަޝްވަރާ އަށް ދިޔަ ނަމަވެސް، އިނގިރޭސިވިލާތާއި އެމެރިކާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަން ޑިއޭގޯ ގާސިއާގައި ކުރިއަށްދާނެ ކަމަށެވެ. ޗާގޮސްގެ އަހުލުވެރިން އަންނަނީ 1960 އާއި 1970 އާ ދެމެދު އެތަނުން 1000ށް ވުރެ ގިނަ މީހުން ގަދަކަމުން ބޭރުކޮށްލި މައްސަލައިގައި ކެމްޕޭން ވެސް ކުރަމުންނެވެ.

ޗާގޮސް އަކިޕެލެގޯގެ 60 ރަށުގެ ތެރެއިން ޑިއޭގޯ ގާސިއާއަކީ އެންމެ ބޮޑު ރަށެވެ. އެތަނުގައި އަސްކަރީ ބޭސް އެއް ގާއިމްކުރީ 1966 ވަނަ އަހަރުއެވެ. އަދި އެ ރަށްތަކުގެ އަހުލުވެރިން ވަނީ އެތަނުން ގަދަކަމުން ބޭރުކޮށްލާފައެވެ.

1968 ވަނަ އަހަރު އިނގިރޭސީންގެ އަތްދަށުން މޮރިޝަސްއަށް މިނިވަންކަން ލިބުމާއެކު، އެގައުމުން އަންނަނީ ޗާގޮސްއަކީ އެ ގައުމުގެ ރަށްތަކެއް ކަމަށް ދައުވާކޮށް އެތަނުގެ ވަޒަންވެރިންނަށް އަނބުރާ ދެވޭނެ ގޮތްތައް ހޯދުމަށް އިނގިރޭސި ކޯޓުތަކުގައި ވަކާލާތު ވެސް ކުރަމުންނެވެ.

ދަ ހޭގްގައި ހުންނަ އދ ގެ އެންމެ މަތީ ކޯޓު ކަމުގައިވާ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ވަނީ އިނގިރޭސީންގެ ބާރުގެ ދަށުގެ ޗާގޮސް އޮތުމަކީ ގާނޫންތަކާއި ހިލާފުކަމެއް ކަމަށް ކަނޑައަޅައި އެކަން ނިމުމަށް ގެނައުމަށް އަމުރުކޮށްފައެވެ.

ނަމަވެސް މިހާތަނަށް އައި އިރުވެސް ބައިނަލްއަގުވާމީ ފިއްތުންތަކާއެކު ވެސް އިނގިރޭސިވިލާތުން އެ މައްސަލައިގައި މަޝްވަރައަށް ދިއުމަށް އެއްބަސްވެފައި ނުވެއެވެ.

ޔޫކޭގެ ފޮރިން ސެކްރެޓަރީ ކްލެވަރލީ ވަނީ އިނގިރޭސިވިލާތާއި މޮރިޝަސްއިން މަޝްވަރާއަށް އަންނަން އެއްބަސްވެފައިވާކަން ހާމަކުރައްވާފައެވެ. އަދި އަންނަ އަހަރުގެ ކުރީ ކޮޅުގައި އެއްބަސްވުމަކަށް އައުމުގެ މަގުފެންނާނެކަމަށް އުއްމީދުކުރާކަމަށް ވެސް ކްލެވަރލީ ވަނީ އިއުލާންކުރައްވާފައެވެ. އޭނާ ވިދާޅުވީ މިހާރު ހުރި މައްސަލަތައް ބައިނަލްއަގުވާމީ ގާނޫނޫ އެއްގޮތަށް ހައްލުކުރައްވަން ބޭނުންވާ ކަމަށެވެ.

މި މައްސަލައިގައި ކުރިއެރުމެއް ލިބިފައިވަނީ އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ލިސް ޓްރަސްގެ ކުރު ދައުރުގައި މޮރިޝަސްގެ ލީޑަރު ޕްރަވިންދު ޖަގްނައުތް އާއި އދ ގެ އާންމު މަޖިލީހުގައި ސެޕްޓެމްބަރު މަހު ކުރެވުނު މަޝްވަރާތަކާއެކުއެވެ.

ޗާގޮސް މައްސަލައިގައި އެންމެ ގިނައިން ވަކާލާތު ކުރި ލޭބަރ ޕާޓިގެ ކުރީގެ ލީޑަރު ޖެރެމީ ކޯރބީން ބީބީސީއަށް ވިދާޅުވީ އެއްބަސްވުމަކާ ހަމައަށް އައުމަށް ޔޫކޭއިން ދެކޮޅުހަދަމުން އައި މައްސަލައަށް ނިމުމެއް އައިސް މަޝްވަރާ އަށް ދިއުމަކީ ހިތްހަމަޖެހުން ލިބޭ ކަމެއް ކަމަށެވެ.

2017ން 2019ށް އާންމު އިންތިހާބުގައި ޖެރެމީގެ ލީޑަރޝިޕްގެ ދަށުން ލޭބަރ ޕާޓީން އެއިރު ވަނީ ޗާގޮސްގެ ރައްޔިތުން އަންބުރާ ވަޒަނަށް ދެވޭނެގޮތެއް ހޯދައިދެއްވާނެކަމުގެ ވައުދުވެވަޑައިގަންނަވާފައެވެ. މިނިވަން މެންބަރެއްގެ ގޮތުގައި ގާނޫނު ހަދާ މަޖިލީހުގައި މިހާރު މަސައްކަތް ކުރައްވަމުން އަންނަ ޖެރެމީ ވިދާޅުވީ ފޮރިން ސެކްރެޓަކީގެ އެންގެވުމަކީ ރަނގަޅު އެންގެވުމެއް ކަމަށާއި، އެއީ ކުރިއަށް އެޅުނު ރަނގަޅު ފިޔަވަޅެއް ކަމަށެވެ. އަދި މޮރިޝަސްއާއެކު ކުރެވޭ މަޝްވަރާތަކާއެކު ކުރު މުއްދަތެއްގައި އެއްބަސްވުމަކަށް އާދެވުމަކީ އުއްމީދުކުރައްވާ ކަމެއް ކަމަށެވެ.

ޗާގޯސް މައްސަލައިނގިރޭސިވިލާތްމޮރިޝަސް

ކޮމެންޓް

އިތުރަށް ކިޔާލަން

އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި

އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި

16 ނޮވެމްބަރު 2025
ޗާގޯސް މައްސަލައިގައި ނަތީޖާ ހާސިލު ކުރަން ޑރ. މުނައްވަރަށް ވުރެ ފަހި ފުރުސަތެއް ލިބުނީ ދެން ކާކަށް ހެއްޔެވެ؟

ޗާގޯސް މައްސަލައިގައި ނަތީޖާ ހާސިލު ކުރަން ޑރ. މުނައްވަރަށް ވުރެ ފަހި ފުރުސަތެއް ލިބުނީ ދެން ކާކަށް ހެއްޔެވެ؟

01 މެއި 2025
ޗާގޯސްގެ މައްސަލަގައި އދ ގައި ވޯޓު ނެގި އިރު ޔާމީންގެ ވެރިކަމުގައި އެއްފަހަރުވެސް އެތަނަކީ ރާއްޖޭގެ ތަނެކޭ ބުނެ ވާހަކަ ނުދައްކާ - ޝާހިދު

ޗާގޯސްގެ މައްސަލަގައި އދ ގައި ވޯޓު ނެގި އިރު ޔާމީންގެ ވެރިކަމުގައި އެއްފަހަރުވެސް އެތަނަކީ ރާއްޖޭގެ ތަނެކޭ ބުނެ ވާހަކަ ނުދައްކާ - ޝާހިދު

19 ނޮވެމްބަރު 2024
އިނގިރޭސީން އަތުން ރާއްޖެ މިނިވަންވެގެންވެސް ޗާގޯސް އަކީ ރާއްޖޭގެ ބައެއްކަމަށް އޭރުވެސް ވާހަކައެއް ނުދެކެވޭ - ޝާހިދު

އިނގިރޭސީން އަތުން ރާއްޖެ މިނިވަންވެގެންވެސް ޗާގޯސް އަކީ ރާއްޖޭގެ ބައެއްކަމަށް އޭރުވެސް ވާހަކައެއް ނުދެކެވޭ - ޝާހިދު

19 ނޮވެމްބަރު 2024
ޗާގޯސް ކަނޑުގެ މައްސަލައިގައި މި ސަރުކާރުން ދައްކަނީ މުނާފިގު ސިފަތަކެއް - ޔާމީން

ޗާގޯސް ކަނޑުގެ މައްސަލައިގައި މި ސަރުކާރުން ދައްކަނީ މުނާފިގު ސިފަތަކެއް - ޔާމީން

08 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު