Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފޯޅަވަހީގެ މައްސަލަ

ޚާރިޖީ ބޮޑު މައްސަލައެއްގެ ތެރޭގައި، ޚާރިޖީ ވަޒީރުގެ ޚަބަރެއް ނެތް!

ޚާރިޖީ ބޮޑު މައްސަލައެއްގައި މިނިސްޓަރ ޝާހިދު ބަސްފުޅެއް ވިދާޅުނުވާތީ އާންމުން އެކަމާމެދު ސުވާލު އުފައްދާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 3 ނޮވެމްބަރު 2022 | ބުރާސްފަތި 11:25
އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ ކުށްވެރިކުރައްވާފައި

އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ ކުށްވެރިކުރައްވާފައި

ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާގެ މަސްއޫލިއްޔަތުތައް ވަރަށްވެސް ބޮޑެވެ. ވަކިން ޚާއްސަކޮށް ރާއްޖޭގެ ސިޔާދަތާއި ޚާރިޖީ ކަންކަމުގައި މިނިސްޓްރީގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރުގެ ދައުރުބޮޑެވެ. ރާއްޖޭގެ ސިޔާދަތާއި ޚާރިޖީ ކަންކަމުގައި ގައުމުގެ މަސްލަހަތު އިސްކުރައްވައި، ރައްޔިތުންނަށް ކަންކަން އޮޅުން ފިލުއްވައިދެއްވުމަކީ މިނިސްޓަރުގެ ޒިންމާއެކެވެ.

މިނިސްޓްރީގެ މެންޑޭޓުގައިވާ ކަންތައްތަކަށް ބަލާއިރު; ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ އެއްބަސްވުންތަކާއި މުއާހަދާތަކާއި، ރާއްޖެއާއި އެކިއެކި ގައުމުތަކާ ދެމެދު ކުރެވޭ އެގްރީމަންޓްތަކާބެހޭ ކަންތައްތައް ހިންގައި، ވިލަރެސްކޮށް، މިކަންކަމުގައި ރާއްޖެއަށް އެންމެ ފައިދާކުރާނެ ގޮތެއްގެމަތިން ހަރަކާތްތެރިވުން ހިމެނެއެވެ. މީގެ އިތުރުން ރާއްޖެއަށް އަސަރުކުރާނެ ފަދަ ބައިނަލްއަގުވާމީ ނިންމުންތަކާއި ހާދިސާތައް ދިރާސާކޮށް، އެކަންކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުންވެސް ހިމެނެއެވެ.

މީގެ އިތުރުންވެސް މުހިންމު އެތައް ކަމެއް ހިމެނެއެވެ. މިފަހަކަށް އައިސް ދެކެވޭ އެންމެ ކަންބޮޑުވާ އެއް ވާހަކައަކީ ރާއްޖޭގެ ސިޔާދަތަށް ނުރައްކާ އޮތް ވާހަކައެކެވެ. އެއީ ފޯޅަވަހީގެ މައްސަލައެވެ. ފޯޅަވަހީގެ މައްސަލައިގައި ސިޔާސީ ފަރާތްތަކުން ހަގީގަތާ ޚިލާފު ވާހަކަތައް އަންނަނީ ދައްކަމުންނެވެ. މިކަންކަން ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްދެވޭނެ މިންވަރަށް، އެކި ލެވެލްގައި އަންނަނީ ސާފުކޮށްދެމުންނެވެ.

ރާއްޖޭގެ ސިޔާދަތާއި ކަނޑުގެ ސަރަހައްދާއި، އިގްތިސާދީ ސަރަހައްދާ ގުޅުންހުރި މިފަދަ މައްސަލައެއްގައި އެކަމުގައި ކަން އޮތް ގޮތް ރައްޔިތުންނަށް އެންމެ ބޮޑަށް ތަފްސީލުކޮށްދެވޭނެ އެއްބޭފުޅަކަށް ވާނީ ފޮރިން މިނިސްޓަރެވެ. ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިކަމުގައި ބަސްފުޅެއް ވިދާޅުނުވެ ހުންނަވާތީ ބައެއް އާންމުންގެ ކަންބޮޑުވުން އެބަހުއްޓެވެ. ބައެއް ފަރާތްތަކުން ސުވާލު އުފައްދަނީ މިފަދަ ހައްސާސީ ދަނޑިވަޅެއްގައި ފޮރިން މިނިސްޓަރު އެކަމާ ވާހަކަފުޅުނުދައްކަވަނީ ކީއްވެގެންތޯއެވެ.

މިހާތަނަށް ފޮރިން މިނިސްޓްރީން ނެރުނީ ސަރުކާރުގެ ނަމުގައި ބަޔާނެކެވެ. ފޯޅަވަހީގެ މައްސަލައިގައި މިނިސްޓަރުގެ ބަސް މިކަމުގައި މުހިންމުވާނެކަން ސިޔާސީ ފަރާތްތަކުން ގަބޫލުކުރާއިރު، އާންމު ރައްޔިތުން މިނިސްޓަރުގެ ޖަވާބަކަށް އިންތިޒާރުކުރެއެވެ. މިކަމުގައި މިނިސްޓަރުގެ ސްޓޭންޑް ހުރި ގޮތެއް ހޯދަން ބޭނުންވެއެވެ.

މީގެ ކުރިންވެސް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ދިން ވޯޓާ ގުޅިގެން 2019 ވަނަ އަހަރުވެސް މިނިސްޓަރ ޝާހިދު ނޫސްތަކާ ނުރަސްމީކޮށް ބައްދަލުކުރައްވައި މައްސަލައިގެ ތަފްސީލު ދެއްވައި، އެކަން އޮތް ގޮތް އާންމުންނާ ހަމައަށް ގެނެސްދޭން މަސައްކަތްޕުޅުކުރެއްވިއެވެ. އޭރު މި މައްސަލައިގައި ވާނުވާ ނޫސްތަކުން އާންމުންނާ ހަމައަށް ގެނެސްދިނެވެ. އަދި އާންމުންނަށް ކަންކަން އޮތްގޮތް ސާފުވެގެން ދިޔައެވެ.

މިއަދުވެސް ބޭނުންވަނީ އެފަދަ ކަމެކެވެ. މިކަމުގައި މިނިސްޓަރުގެ ބަސްފުޅެއް ހޯދާލަން އެދޭ ކޮންމެ ފަހަރަކު، ސަރުކާރުން ނެރުނު ބަޔާން ހިއްސާކޮށްލުމަށްވުރެ، މިއީ ހައްސާސީ ބޮޑު މައްސަލައެކެވެ. މިކަމުގައި ސީދާ މިނިސްޓަރުގެ ސްޓޭންޑް ހުރި ގޮތާއި، މިނިސްޓަރު ޝާހިދު މިކަމުގައި ދެކެވަޑައިގަންނަވާނެ ގޮތް ހާމަކުރެއްވުން މުހިންމެވެ. ބައެއް ފަރާތްތަކުން ގަބޫލުކުރާގޮތުގައި މިނިސްޓަރު މިކަމަށް ޖަވާބެއް ނުދެއްވައި ހުންނެވުމަކީވެސް ޖަވާބެކެވެ. ސިޔާސީ މަސްރަހުގައި ކަންކަން ހިނގަމުންދާގޮތަށް ބަލާއިރު، މިނިސްޓަރުގެ ފަރާތުން ފެންނަނީ މުޅިން އެހެން މަންޒަރެއްކަމަށް އާންމުން އަންނަނީ ބުނަމުންނެވެ.

ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދުފޮރިން މިނިސްޓްރީޗާގޯސް މައްސަލަ

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

29 ނޮވެމްބަރު 2025
ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ
14 އޮކްޓޯބަރު 2025

އިންޑިއާ އަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" ފުރަން ޖެހޭ ގޮތައް ހަދައިފި

14 އޮކްޓޯބަރު 2025
އިންޑިއާ އަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" ފުރަން ޖެހޭ ގޮތައް ހަދައިފި
14 އޮކްޓޯބަރު 2025

ސްރީލަންކާ އަށް އެތެރެވުމުގެ ކުރިން "އިލެކްޓްރޯނިކް ޓްރެވަލް ހުއްދަ" ހޯދަން ޖެހޭ ގޮތަށް ހަދައިފި

14 އޮކްޓޯބަރު 2025
ސްރީލަންކާ އަށް އެތެރެވުމުގެ ކުރިން "އިލެކްޓްރޯނިކް ޓްރެވަލް ހުއްދަ" ހޯދަން ޖެހޭ ގޮތަށް ހަދައިފި
23 ސެޕްޓެމްބަރު 2025

ރައީސް ނަޝީދުގެ އޮފީހުން ފާސް ހޯދުމަށް މިނިސްޓްރީގައި ރަސްމީކޮށް އެދިފައިނުވޭ - ފޮރިން މިނިސްޓްރީ

23 ސެޕްޓެމްބަރު 2025
ރައީސް ނަޝީދުގެ އޮފީހުން ފާސް ހޯދުމަށް މިނިސްޓްރީގައި ރަސްމީކޮށް އެދިފައިނުވޭ - ފޮރިން މިނިސްޓްރީ
22 ސެޕްޓެމްބަރު 2025

ނަޝީދަށް އ.ދ ގެ މަރުކަޒަށް ވަނުމުގެ ފާސް ހޯދުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ސަރުކާރުން އިންކާރުކޮށްފި

22 ސެޕްޓެމްބަރު 2025
ނަޝީދަށް އ.ދ ގެ މަރުކަޒަށް ވަނުމުގެ ފާސް ހޯދުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ސަރުކާރުން އިންކާރުކޮށްފި
09 ސެޕްޓެމްބަރު 2025

ނޭޕާލުގައި ހަމަނުޖެހުން ހިނގާތީ އެ ގައުމަށް ނުދާން އެދިއްޖެ

09 ސެޕްޓެމްބަރު 2025
ނޭޕާލުގައި ހަމަނުޖެހުން ހިނގާތީ އެ ގައުމަށް ނުދާން އެދިއްޖެ
06 ސެޕްޓެމްބަރު 2025

ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި

06 ސެޕްޓެމްބަރު 2025
ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި
23 އޯގަސްޓު 2025

ފޮރިންމިނިސްޓްރީގެ މުވައްޒަފަކު ޖަޕާނުގައި ނިޔާވެއްޖެ

23 އޯގަސްޓު 2025
ފޮރިންމިނިސްޓްރީގެ މުވައްޒަފަކު ޖަޕާނުގައި ނިޔާވެއްޖެ
05 އޯގަސްޓު 2025

ލަންކާގައި ދިރިއުޅޭ ދިވެހީންނަށް އެއް އަހަރުގެ މެޑިކަލް ވިސާ ލިބޭގޮތަށް ހަމަޖައްސައިފި

05 އޯގަސްޓު 2025
ލަންކާގައި ދިރިއުޅޭ ދިވެހީންނަށް އެއް އަހަރުގެ މެޑިކަލް ވިސާ ލިބޭގޮތަށް ހަމަޖައްސައިފި
19 ނޮވެމްބަރު 2024

ޗާގޯސްގެ މައްސަލަގައި އދ ގައި ވޯޓު ނެގި އިރު ޔާމީންގެ ވެރިކަމުގައި އެއްފަހަރުވެސް އެތަނަކީ ރާއްޖޭގެ ތަނެކޭ ބުނެ ވާހަކަ ނުދައްކާ - ޝާހިދު

19 ނޮވެމްބަރު 2024
ޗާގޯސްގެ މައްސަލަގައި އދ ގައި ވޯޓު ނެގި އިރު ޔާމީންގެ ވެރިކަމުގައި އެއްފަހަރުވެސް އެތަނަކީ ރާއްޖޭގެ ތަނެކޭ ބުނެ ވާހަކަ ނުދައްކާ - ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު