Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޗާގޯސް ހޯދުން

ޗާގޯސް ހޯދަން ހަނގުރާމައަށް ދާން ތައްޔާރު - ފައްޔާޒު

މި 5 އަހަރު ނިމޭއިރު ދިވެހިރާއްޖޭގެ އިސްތިގުލާލުގެ ތެރެއަށް ވަދެފައި އޮތް ބަޔަކަށް ޗާގޮސް ވާންޖެހޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 ޖެނުއަރީ 2024 | ހުކުރު 13:11
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް

މިހާރު އޮތް ސަރުކާރުން ބޭނުންވާނަމަ ޗާގޯސް ހޯދަން ހަނގުރާމައަށް ދާން ތައްޔާރުކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު ވިދާޅުވީ ޗާގޮސް ރާއްޖޭގެ ބަޔަކަށް ހަދަންވާނެ ކަމަށާއި، މި 5 އަހަރު ނިމޭއިރު ދިވެހިރާއްޖޭގެ އިސްތިގުލާލުގެ ތެރެއަށް ވަދެފައި އޮތް ބަޔަކަށް ޗާގޮސް ވާންޖެހޭނެ ކަމަށެވެ. ފައްޔާޒް ވިދާޅުވީ މި ސަރުކާރުން ބޭނުންވާނަމަ، އެ ހަނގުރާމައަށް ދާން އެމްޑީޕީން ނުކުންނާނެ ކަމަށެވެ.

Advertisement - newsAdvertisement

ފައްޔާޒު ވިދާޅުވީ ފައިސާ ހުރިނަމަ ބުރިޖް އަޅަން ރަނގަޅު ކަމަށެވެ. ނަމަވެސް ވިސްނުން ހުރެގެން ކުރެވޭނެ ކަންކަމާއި އެއިން ލިބޭނެ ފައިދާއާއި އެ ހުރިހާ ކަމަކަށް ވިސްނަން ޖެހޭ ކަމަށެވެ.

މީގެއިތުރުން މި ސަރުކާރުގެ ވިޝަނެއް ވެސް ގާބިލުކަމެއް ވެސް ނެތް ކަމަށް ވިދާޅުވެ ފައްޔާޒް ވިދާޅުވީ މި ސަރުކާރަށް ދައްކަން އެނގެނީ ވާހަކަ އެކަނި ކަމަށާއި، މި ސަރުކާރަކީ ރައީސް ޔާމީންގެ ސަރުކާރުގައި ހަދާފައި ހުރި އިމާރާތެއް ދައްކައިގެން އެއީ އިގްތިސާދު ކަމަށް ބުނެ އެ ވިސްނުމުގައި އައިސްފައިތިބި ބައެއް ކަމަށެވެ. އަދި 'އިންޖިނިއަރަކަށް' ވިސްނޭނީ ވެސް އެގޮތަށް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު އިނދަޖައްސާލުމަށް ޓަކައި ކުރެވޭ ކަމެއް ނޫން އިތުރު އެއްވެސް ކަމެއް މި ސަރުކާރުގެ މި ދިޔަ 50 ދުވަހުގެ ތެރޭގައި ވެސް ނުކުރެވޭ ކަމަށެވެ.

މީގެ އިތުރުން ތާކުންތާކުނުޖެހޭ މައްސަލައެއްގައި އިންޑިއާގެ ރައްޔިތުންނާއި ރާއްޖޭގެ ރައްޔިތުންނާއި ފިތުނަ އުފައްދާ، ދެ ބައިމީހުން ޖައްސުވާފައިވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ. އަދި އެކަންކުރީ ދެތިން އެކްޓިވިސްޓުން މަގާމުގައި ބޭތިއްބުމަށް ޓަކައި ކަމަށް ވެސް ފައްޔާޒު ތުހުމަތުކުރެއްވިއެވެ. އަދި އެކަން އެގޮތަށް ކޮށްފައިވަނީ އެކަމުގައި އިތުރު މަގުސަދެއް އޮވެގެން ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒު ދެއްކެވި ވާހަަކަފުޅުގައި އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ކުރިމަގު ބިރުވެރި ދިމާލަކަށް ދާ ކަމަށާއި، މިހާރު އޮތް ސަރުކާރަށް ފުރުސަތު ދީފިނަމަ، ދިވެހިންނަށް ލިބިފައިވާ ހުރިހާ މިނިވަންކަމަކާއި، ހުރިހާ ހައްގުތަކެއް ގެއްލިގެންދާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި އެމްޑީޕީން ބުނަމުންދިޔަ ކަމަށެވެ.

އެހެންނަމަވެސް ދިވެހިން އެ ފުރުސަތު ދީފައިވާ ކަމަށާއި، މިއަދު އެ ފުރުސަތު ދިން ރައްޔިތުން ވެސް ހިތާމަކުރަމުން އަންނަ ކަމަށެވެ. އަދި ދެމަސް ވެސް ނުވަނީސް ސަރުކާރެއް ދެކެ ފޫހިވި މިފަދަ ސަރުކާރެއް އަދި ނާންނަ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ޗާގޯސް މައްސަލައެމްޑީޕީގެ ޗެއާޕަރސަން، ފައްޔާޒު އިސްމާއީލްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ރ. ދުވާފަރު ގައި ފިއުލް ސްކިޑް އެއް ރައީސް ހުޅުއްވައިދެއްވައިފި

13 ޑިސެމްބަރު 2025
މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ރ. ދުވާފަރު ގައި ފިއުލް ސްކިޑް އެއް ރައީސް ހުޅުއްވައިދެއްވައިފި
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު