Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއާރްއެމް

އެމްއާރްއެމުން އެދެނީ ވަކިވެވަޑައިގެންނެވި ބޭފުޅުން ސަރުކާރާއެކު ތިއްބެވުމަށް

އެމްއާރުއެމްއިން ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރާ ދެކޮޅުކަމަށް ވިދާޅުވެ، އެޕާޓީގެ 08 މެންބަރުން އިސްތިއުފާދެއްވާފައިވަނީ އާދިއްތަ ދުވަހު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 8 މެއި 2023 | ހޯމަ 02:53
އެމްއާރްއެމްގެ ބައްދަލުވުން

އެމްއާރްއެމްގެ ބައްދަލުވުން

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ވަކިވަޑައިގަތް ބޭފުޅުން ސަރުކާރުގެ މަގާމުތަކުން ވަކިވެވަޑައިނުގަތުމަށް އެ ޕާޓީއިން އެދިއްޖެއެވެ.

އެމްއާރްއެމްއިން އެފަދައިން ބުނީ އެ ޕާޓީން ނެރުނު ބަޔާނެއްގައެވެ. އެމްއާރްއެމްގައި އިސްކޮށް އުޅުއްވި 8 ބޭފުޅުން ވަނީ އާދިއްތަ ދުވަހު ޕާޓީން ވަކިވެވަޑައިގަންނަވާފައެވެ. އެކަމާއި ގުޅިގެން އެމްއާރްއެމުން ބުނީ އެ ބޭފުޅުން އެ ޕާޓީން ވަކިވެވަޑައިގަތުމަކީ އެ ޕާޓީއަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. އަދި އެބޭފުޅުން ޕާޓީއަށް ކޮށްދެއްވާފައި ޚިދުމަތްތަކަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.

އެމްއާރުއެމް އިން ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރާ ދެކޮޅު ކަމަށް ވިދާޅުވެ، ވަކިވެވަޑައިގެންނެވީ އެޕާޓީގެ 08 މެންބަރުންނެވެ. އިސްތިއުފާދެއްވާފައިވަނީ ޔޫއޭއީގައި ހުންނަވާ ދިވެހިރާއްޖޭގެ ޑެޕިއުޓީ ހައިކޮމިޝަނަރު މުހައްމަދު ފައިސަލް އާއި އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ރާއިދު އާއި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު އަބްދުލްހަމީދު އަހުމަދާއި އެ ޕާޓީގެ ނައިބު ރައީސް އަދި މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމާއި ޒުވާނުންގެ ކައުންސިލްގެ ރައީސް އަދި ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރު، އިބްރާހީމް ފަރުހާދާއި އެ ޕާޓީގެ ތަރުޖަމާނު އަދި ހެރިޓޭޖް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އިސްމާއީލް ނާއިލް ނަޝީދު އަދި އެކްސްކޯ މެންބަރު ހަސަން ހައްޔާން އަހުމަދެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2023

ފާރިސްވެސް ނިންމެވީ ވަކިކޮޅަކަށް ނޭރުއްވުމަށް

20 ސެޕްޓެމްބަރު 2023
ފާރިސްވެސް ނިންމެވީ ވަކިކޮޅަކަށް ނޭރުއްވުމަށް
06 އޯގަސްޓު 2023

ރިޔާސީ އިންތިޚާބުގައި ފާރިސް ވާދަ ކުރައްވަނީ އަމިއްލަގޮތުން

06 އޯގަސްޓު 2023
ރިޔާސީ އިންތިޚާބުގައި ފާރިސް ވާދަ ކުރައްވަނީ އަމިއްލަގޮތުން
19 ޖުލައި 2023

އެއް ކެންޑިޑޭޓަކު ނެރުމަށް ނިންމި ނިންމުމަށް ޕީޕީއެމް/ޕީއެންސީ އަދި އެމްއާރްއެމްއިން ރައްދުދީފި

19 ޖުލައި 2023
އެއް ކެންޑިޑޭޓަކު ނެރުމަށް ނިންމި ނިންމުމަށް ޕީޕީއެމް/ޕީއެންސީ އަދި އެމްއާރްއެމްއިން ރައްދުދީފި
25 ޖޫން 2023

އިދިކޮޅު ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނާ ދޭތެރޭ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފި

25 ޖޫން 2023
އިދިކޮޅު ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނާ ދޭތެރޭ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފި
24 ޖޫން 2023

ސިޔާސީ ހަރަކާތް ހިންގުމަށް އެއްވެސް ހުރަހެއް ނެތް: އެމްއާރްއެމް

24 ޖޫން 2023
ސިޔާސީ ހަރަކާތް ހިންގުމަށް އެއްވެސް ހުރަހެއް ނެތް: އެމްއާރްއެމް
23 ޖޫން 2023

އެމްއާރުއެމް އުވާލުން ފަސްކުރަން ނެރުނު އަމުރު ދަމަހައްޓައިފި

23 ޖޫން 2023
އެމްއާރުއެމް އުވާލުން ފަސްކުރަން ނެރުނު އަމުރު ދަމަހައްޓައިފި
25 މެއި 2023

އެމްއާރްއެމްގެ ނަމުގައި ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް އެޕާޓީން އެދިއްޖެ

25 މެއި 2023
އެމްއާރްއެމްގެ ނަމުގައި ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް އެޕާޓީން އެދިއްޖެ
25 މެއި 2023

5000 ފޯމެއް ހުށަނާޅާ، އެމްއާރުއެމް އުވާލި މައްސަލައާއި މެދު ޗެލެންޖު ކުރައްވަން ބޭނުންނަމަ އެކަން ކުރައްވާ - ހަބީބު

25 މެއި 2023
5000 ފޯމެއް ހުށަނާޅާ، އެމްއާރުއެމް އުވާލި މައްސަލައާއި މެދު ޗެލެންޖު ކުރައްވަން ބޭނުންނަމަ އެކަން ކުރައްވާ - ހަބީބު
24 މެއި 2023

އެމްއާރްއެމް އުވާލާފައިވަނީ ސިޔާސީ ނުފޫޒުން، އެނިންމުން ބަލައި ނުގަންނަން: ފާރިސް

24 މެއި 2023
އެމްއާރްއެމް އުވާލާފައިވަނީ ސިޔާސީ ނުފޫޒުން، އެނިންމުން ބަލައި ނުގަންނަން: ފާރިސް
24 މެއި 2023

3000 މެމްބަރުން ހަމަނުވާތީ އެމްއާރްއެމް އުވާލައިފި

24 މެއި 2023
3000 މެމްބަރުން ހަމަނުވާތީ އެމްއާރްއެމް އުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު